Roadha Mihaaru
ސިވިލްކޯޓުން އެންމެގިނަ މައްސަލަ ނިންމީ މިދިޔަ ހަ މަހު

ސިވިލް ކޯޓުން އެންމެ ގިނަ މައްސަލަ ނިންމީ އަދި އެންމެ ގިނައިން މައްސަލަ ހުށަހެޅީ މިއަހަރުގެ ފުރަތަމަ ހަ މަހު

12 ޖުލައި 2018

މިއަހަރުގެ ފުރަތަމަ ހަ މަސް ދުވަހަކީ އެންމެ ގިނަ މައްސަލަ ސިވިލް ކޯޓަށް ހުށަހެޅި އަދި އެންމެ ގިނަ މައްސަލަ ނިންމި ހަ މަސް ކަމަށް ތަފާސް ހިސާބުތަކުން ދައްކައިފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

މިއަހަރުގެ ފުރަތަމަ ހަ މަސް ދުވަހަކީ އެންމެ ގިނަ މައްސަލަ ސިވިލް ކޯޓަށް ހުށަހެޅި އަދި އެންމެ ގިނަ މައްސަލަ ނިންމި ހަ މަސް ކަމަށް ތަފާސް ހިސާބުތަކުން ދައްކައިފި އެވެ.

ސިިވިލް ކޯޓުން އާންމުކުރި މިއަހަރުގެ ފުރަތަމަ ހަ މަހުގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން މިދިޔަ ހޯމަ ދުވަހާ ހަމައަށް އެ ކޯޓަށް 3،141 މައްސަލައެއް ހުށަހެޅުނެވެ. އެއީ މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު ބޮޑުތަން އިތުރު އަދަދެކެވެ. މިދިޔަ އަހަރުގެ އެ މުއްދަތުގައި ހުށަހަޅާފައިވަނީ 1،819 މައްސަލަ އެކެވެ.

މިދިޔަ ހޯމަ ދުވަހުގެ ނިޔަލަށް އެ ކޯޓުން 2،149 މައްސަލައެއް ނިންމިއިރު، އެއީ މިދިޔަ އަހަރުގެ އެ މުއްދަތާ އަދަދާ އަޅާބަލާއިރު ގާތްގަނޑަކަށް ދެ ގުނަ އިތުރު އަދަދެކެވެ. މިދިޔަ އަހަރުގެ އެ މުއްދަތުގައި އެ ކޯޓުން ނިންމުނީ 1،278 މައްސަލައެކެވެ. އެހެންވެ، މިއަހަރުގެ ފުރަތަމަ ހަ މަސް ދުވަސް ވެގެން ދިޔައީ އެންމެ ގިނަ މައްސަލަތައް ހުށަހެޅި އަދި އެންމެ ގިނަ މައްސަލަ ނިންމި ހަ މަސް ދުވަހުގެ ގޮތުގައި ކަމަށް އެ ކޯޓުން ބުންޏެވެ.

އެ ކޯޓުން ބުނިގޮތުގައި މިއަހަރުގެ އަމާޒަކީ އެއް އަހަރަށް ވުރެ ގިނަ ދުވަސްވީ އެއްވެސް މައްސަލައެއް ނޯންނާނެ ގޮތަކަށް އަދި ހުށަހެޅޭ މައްސަލަތަކަށް ވުރެ ނިންމޭ މައްސަލަތައް އިތުރު ކުރުމަށެވެ. އެ އަމާޒަށް ވާސިލްވުމަށްޓަކައި، ރޭގަނޑު ޝަރީއަތްތައް ހިންގަންޖެހޭ މިންވަރަށް މައްސަލަތަކުގެ އަދަދު މިހާރު އިތުރުވެފައިވާ ކަމަށް ވެސް އެ ކޯޓުން ބުންޏެވެ.

ސިވިލް ކޯޓުން ކުރިން އާންމުކުރި ތަފާސް ހިސާބުތައް ދައްކާ ގޮތުން އެ ކޯޓަށް ހުށަހެޅޭ މައްސަލަތަކުގެ ދެ ބައި ކުޅަ އެއް ބައި މައްސަލަތައް ނިންމަނީ ޑިސްޕިއުޓް ރިޒޮލިއުޝަންގެ މަރުހަލާއިންނެވެ. ޑިސްޕިއުޓް މަރުހަލާއަކީ ޝަރީއަތުގެ އަޑުއެހުންތައް ފެށުމުގެ ކުރިން، ދެ ފަރާތުގެ ދެމެދުގައި ސުލްހަވެރި ހައްލެއް ލިބޭތޯ ބެލުމަށް އޮންނަ މަރުހަލާ އެކެވެ.