މޮސްކޯ (ޖުލައި 14) - ބެލްޖިއަމްގެ ކެޕްޓަން އަދި ޗެލްސީގެ އެޑެެން ހަޒާޑްގެ ސޮއި ހޯދަން ސްޕެއިނުގެ ގަދަ ދެ ބާރު ކަމަށްވާ ރެއާލް މެޑްރިޑާއި ބާސެލޯނާ ގަދަ ހިފުމަކަށް ދާން ޖެހިއްޖެ އެވެ.
14 ޖުލައި 2018
މޮސްކޯ (ޖުލައި 14) - ބެލްޖިއަމްގެ ކެޕްޓަން އަދި ޗެލްސީގެ އެޑެެން ހަޒާޑްގެ ސޮއި ހޯދަން ސްޕެއިނުގެ ގަދަ ދެ ބާރު ކަމަށްވާ ރެއާލް މެޑްރިޑާއި ބާސެލޯނާ ގަދަ ހިފުމަކަށް ދާން ޖެހިއްޖެ އެވެ.
ބާސެލޯނާ އިން ހަޒާޑް ގެންދަން ޝައުގުވެރިކަން ފާޅުކުރަން ފެށީ އެ ޓީމުން އެތުލެޓިކޯ މެޑްރިޑަށް ކުޅޭ ފްރާންސްގެ ފޯވާޑް އެންޓޮއިން ގްރީޒްމަން ގެންނަން ކުރި މަސައްކަތް ކާމިޔާބު ނުވުމުންނެވެ. ގްރީޒްމަން އެންމެ ފަހު ވަގުތު ނިންމީ އެތުލެޓިކޯގައި މަޑުކުރާށެވެ.
ޔުވެންޓަސް އިން ކްރިސްޓިއާނޯ ރޮނާލްޑޯ ގަތުމުން ރެއާލުން ވަނީ ފެންވަރު ރަނގަޅު ކުޅުންތެރިންތަކެއް ގެންނަން ނިންމައިފަ އެވެ. އޭގެތެރެއިން އެއް ކުޅުންތެރިއަކީ ހަޒާޑް އެވެ. މީގެ ކުރިން ހަޒާޑް ވަނީ ރެއާލުގައި ކުރިން ހުރި ކޯޗު ޒިނެދިން ޒިދާންގެ ކޯޗުކަމުގައި އެ ޓީމަށް ކުޅެން ބޭނުންވާ ކަމަށް ބުނެފަ އެވެ. ޒިދާން އެ ޓީމުން ވަކިވި ނަމަވެސް ހަޒާޑް އަދި ވެސް ރެއާލަށް ކުޅުމުގެ އުއްމީދު ދޫކޮށެއްނުލަ އެވެ.
އުމުރުން 27 އަހަރުގެ ހަޒާޑް، ޗެލްސީއާ އެކު ހަދާފައިވާ އެއްބަސްވުމުގައި ބާކީ ދެ އަހަރު އެބައޮތެވެ. ފާއިތުވި ސީޒަނުގައި ޗެލްސީ ދެ ފަހަރެއްގެ މަތިން ހަޒާޑާ އެކު ހަދާފައިވާ އެއްބަސްވުން އާ ކުރަން މަސައްކަތްކުރި އެވެ. ބޮޑު މުސާރައާ އެކު ހުށަހެޅި ދެ އެއްބަސްވުމަށް ވެސް ހަޒާޑް ވަނީ ނޫނެކޭ ބުނެފަ އެވެ.
މީޑިއާ ރިޕޯޓްތައް ބުނާގޮތުން ރެއާލުން ވަނީ ހަޒާޑް ގަންނަން 190 މިލިއަން ޑޮލަރު ހުށަހަޅަން ތައްޔާރުވެފަ އެވެ. އަދި ރަސްމީ ސިފައެއްގައި ހަޒާޑް ގަންނަން ކުރާ މަސައްކަތް ވަރުގަދަކުރާނީ މި ފަހަރުގެ ވޯލްޑް ކަޕަށް ފަހު ކަމަށް މީޑިއާ ރިޕޯޓްތައް ބުނެ އެވެ.
މި ފަހަރުގެ ވޯލްޑް ކަޕްގެ ތެރެއިން ހަޒާޑްގެ މުސްތަގުބަލާ ގުޅޭގޮތުން ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެމުން ހަޒާޑް ވަނީ ޗެލްސީ ދޫކޮށްލަން އުޅޭ ކަމުގެ އިޝާރާތެއް ދީފަ އެވެ. ހަޒާޑް ބުނީ މި ވަގުތު އޭނާ ޗެލްސީގެ ކޮންޓްރެކްޓުގައި ހުރި ނަމަވެސް އަދި އޭނާ އަށް ވެސް ޓީމަކުން ބިޑެއް ހުށަނާޅާތީ އަދި ވަކި އެއްޗެއް ބުނަން ނޭނގޭ ކަމަށެވެ. އަދި ކުރިއަށް އޮތް ދުވަސްތަކުގައި ގިނަ ކަންތައްތަކެއް ބަދަލުވުމުގެ ފުރުސަތު އެބައޮތް ކަމަށް ބުންޏެވެ.
ދާދި ފަހުން ބާސެލޯނާގެ ޓެކްނިކަލް ސެކްރެޓަރީ އަދި ކުރީގެ ޑިފެންޑަރު އެރިކް އަބިދާލް ވަނީ ހަޒާޑްގެ އޭޖެންޓާ މަޝްވަރާކޮށްފަ އެވެ. އަދި އެ ބައްދަލުވުމުގައި ނިމުނު ގޮތަކާ މެދު މީޑިއާގައި ވާހަކަ ދެކެވިފައިނުވި ނަމަވެސް ބާސެލޯނާ އިން ވޯލްޑް ކަޕަށް ފަހު ހަޒާޑަށް ބިޑްކުރާނެ ކަމަށް ބެލެވެ އެވެ.
ރެއާލް، ބާސާއިން ޗެލްސީގެ ދިފާއީ ތަނބުތައް އުފުރާލަނީ
ފާޑުކިޔުން އަމާޒުވުމުން ހަޒާޑް މާފަށް އެދިއްޖެ
ހަޒާޑް މެޑްރިޑަށް، ހާއްސަ ޝަރަފެއް ލިބިދާނެ!
ރެއާލަށް ހަޒާޑް ވިއްކާލަން ޗެލްސީން އެއްބަސްވެއްޖެ
އަންނަ ހަފްތާގައި ހަޒާޑް ރެއާލަށް ބަދަލުވާނެ: ރިޕޯޓް
ހަޒާޑް މެޑްރިޑަށް ބަދަލުވުމާ ދާދި ގާތުގައި
"މެޑްރިޑަށް ބަދަލުވާން ހަޒާޑް ނިންމައިފި"
ހަޒާޑްގެ ބަދަލުގައި ރެއާލުން ދެ ކުޅުންތެރިން ދެނީ
ރެއާލަށް ކުޅުމަކީ އަބަދުވެސް ދެކޭ ހުވަފެނެއް: ހަޒާޑް
ހަޒާޑްގެ ހިތް އޮތީ މެޑްރިޑުގައި