މެޑްރިޑް (އޭޕްރިލް 6) – ޗެލްސީގެ އެޑެން ހަޒާޑް ރެއާލް މެޑްރިޑަށް ބަދަލުވުމާ ގުޅޭގޮތުން އެއްބަސްވުމެއް ހެދުމާ ވަރަށް ގާތަށް އަތުވެއްޖެ ކަމަށް ސްޕެއިނުގެ މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.
06 އެޕްރީލް 2019
މެޑްރިޑް (އޭޕްރިލް 6) – ޗެލްސީގެ އެޑެން ހަޒާޑް ރެއާލް މެޑްރިޑަށް ބަދަލުވުމާ ގުޅޭގޮތުން އެއްބަސްވުމެއް ހެދުމާ ވަރަށް ގާތަށް އަތުވެއްޖެ ކަމަށް ސްޕެއިނުގެ މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.
ހަޒާޑް އަކީ ރެއާލް މެޑްރިޑުގެ ކޯޗު ޒައިނުއްދީން ޒިދާން އެންމެ ބޭނުންވާ އެއް ކުޅުންތެރިޔާ އެވެ. ރެއާލް މެޑްރިޑަށް ކުޅެން ބޭނުންވާ ކަމަށާއި އަދި ކެރިއަރާ މެދު ގޮތެއް ނިންމާފައިވާ ކަމަށް ހަޒާޑް ވެސް ބުނެފައިވެ އެވެ.
މިދިޔަ އަހަރުގެ ޖޫން ޓްރާންސްފާ މާކެޓްގައި ރެއާލުން ހަޒާޑް ހޯދަން ގިނަ މަސައްކަތްތަކެއް ކުރި އެވެ. އެކަމަކު އޭރު ޗެލްސީން ކިޔާ އަގުބޮޑުވުމުން ރެއާލުން ވެސް ގަންނަން ބޭނުންނުވި އެވެ. އަނެއްކޮޅުން ޗެލްސީގެ ކޯޗުކަމާ މަައުރީޒިއޯ ސާރީ ހަވާލުވިއިރު، އޭނާ އޮތީ މި ފަހަރުގެ ޓްރާންސްފާ މާކެޓްގައި ހަޒާޑާއި ވިލިއަން ވިއްކާނުލަން ޝަރުތުކޮށްފަ އެވެ. އެއީ އެ ދެ ކުޅުންތެރިންނަކީ އޭނާގެ ޕްލޭނުގެ މުހިއްމު ކުޅުންތެރިން ކަމަށްވާތީ އެވެ. އެކަމަކު އޭނާގެ ކޮންޓްރެކްޓް އަންނަ ސީޒަނަށް ފަހު ހަމަވާނެތީ މި ސީޒަނަށް ފަހު އޭނާ ވިއްކާލުން ނޫން ގޮތެއް ޗެލްސީ އަށް ނެތެވެ. އެއީ ކޮންޓްރެކްޓް އާކުރުމުގެ ވިސްނުމެއް ހަޒާޑް ނުގެންއުޅޭތީ އެވެ.
ސްޕެއިނުގެ މީޑިއާތަކުން ބުނާ ގޮތުގައި ހަޒާޑް ވިއްކާލުމާ ގުޅޭގޮތުން ރެއާލް މެޑްރިޑާއި ޗެލްސީ މިހާރު އޮތީ އެއްބަސްވުމަކަށް އައުމާ ވަރަށް ގާތުގަ އެވެ. އެއާ އެކު އޭނާ މެޑްރިޑާ އެކު ހަ އަހަރުގެ ކޮންޓްރެކްޓެއްގައި ސޮއިކުރާނެ އެވެ.
ޗެލްސީ އަށް އޮތް އެންމެ ބޮޑު ގެއްލުމަކީ ފީފާ އިން ދީފައިވާ އަދަބަކާ ގުޅިގެން ކުރިއަށް އޮތް ދެ ޓްރާންސްފާ ބާޒާރުގައި ކުޅުންތެރިން ގެނެވޭނެ ގޮތެއް ނެތުމެވެ. އެހެންވެ ހަޒާޑުގެ ބަދަލުގައި ކުޅުންތެރިޔަކު ގެނެވޭނެ މަގެއް ނޯންނާނެ އެވެ.
ފާޑުކިޔުން އަމާޒުވުމުން ހަޒާޑް މާފަށް އެދިއްޖެ
ހަޒާޑް މެޑްރިޑަށް، ހާއްސަ ޝަރަފެއް ލިބިދާނެ!
ރެއާލަށް ހަޒާޑް ވިއްކާލަން ޗެލްސީން އެއްބަސްވެއްޖެ
އަންނަ ހަފްތާގައި ހަޒާޑް ރެއާލަށް ބަދަލުވާނެ: ރިޕޯޓް
"މެޑްރިޑަށް ބަދަލުވާން ހަޒާޑް ނިންމައިފި"
ހަޒާޑްގެ ބަދަލުގައި ރެއާލުން ދެ ކުޅުންތެރިން ދެނީ
ރެއާލަށް ކުޅުމަކީ އަބަދުވެސް ދެކޭ ހުވަފެނެއް: ހަޒާޑް
ހަޒާޑް ހޯދަން ރެއާލާއި ބާސެލޯނާ ގަދަހިފުމަކަށް
ހަޒާޑްގެ ހިތް އޮތީ މެޑްރިޑުގައި
"ރެއާލަށް ދާހިތްވޭ، ޗެލްސީ އަށް ދެރައެއް ނުދޭނަން"