Roadha Mihaaru
"ރިމޭކްސް"ގެ އުފެއްދުންތައް މާލޭގައި ވިއްކަން ފަށައިފި

"ރިމޭކްސް"ގެ އުފެއްދުންތައް މާލޭގައި ވިއްކަން ފަށައިފި

16 ޖުލައި 2018

ހޮންކޮންގްގެ މަޝްހޫރު ބްރޭންޑެއް ކަމަށްވާ "ރިމޭކްސް"ގެ އެކި ވައްތަރުގެ އުފެއްދުންތައް މާލެ އަށް ތައާރަފުކޮށް ހޯލްސޭލާއި ރީޓެއިލްކޮށް ވިއްކާ ޝޯރޫމެއް ހުޅުވައިފި އެވެ.

ލަމްޔާ އަބްދުﷲ ލަމްޔާ އަބްދުﷲ

ހޮންކޮންގްގެ މަޝްހޫރު ބްރޭންޑެއް ކަމަށްވާ "ރިމޭކްސް"ގެ އެކި ވައްތަރުގެ އުފެއްދުންތައް މާލެ އަށް ތައާރަފުކޮށް ހޯލްސޭލާއި ރީޓެއިލްކޮށް ވިއްކާ ޝޯރޫމެއް ހުޅުވައިފި އެވެ.

ނިކަގަސްމަގުގައި ހަދާފައިވާ މި ޝޯ ރޫމްގައި "ރިމޭކްސް" ބްރޭންޑުގެ ތަފާތު ބާވަތްތައް ހިމެނެ އެވެ. މި ބްރޭންޑަކީ ހޮންގްކޮންގުގެ ބްރޭންޑެއް ނަމަވެސް، އެ ފިހާރައިގެ ވެރިޔާ މުހައްމަދު ޝަމީޒް ވިދާޅުވި ގޮތުގައި، މިއީ މިހާރު ދުނިޔޭގެ އެކި ހިސާބުގައި މަޝްހޫރު ވަމުން އަންނަ ކޮލިޓީ ބްރޭންޑެކެވެ.

އެތައް ހާސް ވައްތަރެއްގެ އުފެއްދުންތައް ހިމެނޭ މި ބްރޭންޑްގެ އެއްޗެހީގެ ތެރެއިން ރާއްޖޭގައި ވިއްކަން ފުރަތަމަ ފަށާފައި ވަނީ މިއުޒިކާއި ލަވަ އަދި ފޯނުތަކާ ގުޅޭ ސާމާނެވެ. އޭގެ އިތުރުން އެ ފިހާރައިގައި ގޭތެރެއަށް ބޭނުންވާ ބައެއް ގެޖެޓްސް ވެސް ހިމެނެ އެވެ.

ޝަމީޒް ވިދާޅުވި ގޮތުގައި މި ބްރޭންޑްގެ ސާމާނު އޭނާ މީގެ ކުރިން ވެސް ރާއްޖެ ގެނެސް މަދުމަދުން ނަމަވެސް ވިއްކަމުން ގެންދިޔަ އެވެ. ފިހާރައެއް ހުޅުވީ ލިބުނު ސަޕޯޓް ބޮޑުވެގެން ކަމަށް ޝަމީޒް ވިދާޅުވި އެވެ.

"މިއީ، މީގެ ޕެކިން އަށް އެކަނި ބަލާލިޔަސް ވަރަށް ކޮލިޓީ އެއްޗެހިކަން އެނގޭނެ. މިސާލަކަށް ސްޕީކަރެއް ކަހަލަ އެއްޗެއް ބަލާލިޔަސް އޭގެ ޑިޒައިން އާއި އަޑަށް ބަލާލިޔަސް ކޮލިޓީ އެނގޭނެ،" އޭނާ ވިދާޅުވި އެވެ.

"ފިހާރަ އަދި ކިރިޔާ މި ހުޅުވީ. އެހެންވެ މި ދުވަސްކޮޅު އަޅުގަނޑުމެން މި އެއްޗެހި މި ވިއްކަނީ ވެސް ވަރަށް އަގުހެޔޮކޮށް. އަޅުގަނޑުމެން ބޭނުންވަނީ މި ކޮލިޓީގެ އެއްޗެހި ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ތައާރަފުކުރަން. ރިމޭކްސް ބްރޭންޑްގެ އެއްޗިއްސާ މެދު އެއްވެސް މީހެއް ޝަކުވާއެއް އައިސްފައެއް ނުވޭ."

ޔޫރަޕް އަދި އެމެރިކާގެ މަޝްހޫރު އެ ބްރޭންޑްގެ ތަފާތު އެއްޗެތި މި ޝޯރޫމުގައި ހޯލްސޭލްކޮށް އަދި ރީޓެއިލްކޮށް ވެސް ލިބެން ހުންނާނެއެވެ. ގޭގެ ބަދިގޭގައި ބޭނުން ކުރާ މިކްސަރުން ފެށިގެން، ހޯމް ތިއޭޓާ ސިސްޓަމާއި، ފޯނު ކަވަރާއި، އެކި އެކި އިތުރު ފޯނު އެސަސަރީތައް ވެސް ހިމެނެއެވެ. ރިމޭކްސް ބްރޭންޑުން ފާހަގަ ކޮށްލެވޭ މަޝްހޫރު ތަކެތީގެ ތެރޭގައި އެކި ބާވަތުގެ އިލެކްޓްރޯނިކްސްގެ ތެރެއިން ތެރެއިން ވާގަނޑު ނުލާ ހުންނަ ޗާޖަރާއި، ހެޑްސެޓް ފަދަ ތަކެތި ހިމެނެ އެވެ. އަދި މިއީ މިޔުޒިކީ ފަންނާނުންގެ މެދުގައި ވެސް އެހާމެ މަޝްހޫރު ބްރޭންޑެއް ކަމަށް އޭނާ ބުންޏެވެ.