ވޮޝިންޓަން (ޖުލައި 16) - އީރާނާ ދެކޮޅަށް އަޅާ ދަތިކުރުމުގެ ފިޔަވަޅުތަކުގައި ޔޫރަޕުގެ ކުންފުނިތަކަށް ލުޔެއް ދިނުމަށް އީޔޫ އިން ހުށަހެޅި ހުށަހެޅުމަށް އެމެރިކާ އިން ދެކޮޅު ހަދައިފި އެވެ.
16 ޖުލައި 2018
ވޮޝިންޓަން (ޖުލައި 16) - އީރާނާ ދެކޮޅަށް އަޅާ ދަތިކުރުމުގެ ފިޔަވަޅުތަކުގައި ޔޫރަޕުގެ ކުންފުނިތަކަށް ލުޔެއް ދިނުމަށް އީޔޫ އިން ހުށަހެޅި ހުށަހެޅުމަށް އެމެރިކާ އިން ދެކޮޅު ހަދައިފި އެވެ.
އެމެރިކާގެ ޚާރިޖީ ވަޒީރު މައިކް ޕޮމްޕެއޯ ވިދާޅުވީ ބޭނުން ވަނީ އީރާނަށް ދެވެން އޮތް އެންމެ ވަރުގަދައަކަށް ޕްރެޝަރު ދޭން ކަމަށެވެ.
ދުނިޔޭގެ ބޮޑެތި ބާރުތަކާ އެކު އީރާނުން 2015 ވަނަ އަހަރު ސޮއިކުރި އެއްބަސްވުމުން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މެއި މަހު ވަނީ ވަކިވެފަ އެވެ. އަދި އީރާނަށް ދަތި ކުރުމުގެ ގޮތުން އެ ގައުމުގައި ވިޔަފާރި ކުރާ ކުންފުނިތަކަށް ފިޔަވަޅު އެޅުމަށް އެމެރިކާ އިން ދަނީ މަސައްކަތް ކުރަމުންނެވެ. އެމެރިކާގެ އިންޒާރަށް ފަހު، އީރާނުގައި މަސައްކަތް ކުރާ ޔޫރަޕުގެ ގިނަ ކުންފުނިތަކުގެ އޮޕަރޭޝަންތައް މިހާރު ވަނީ މަދުކޮށްފަ އެވެ.
އީރާނާ ދެކޮޅަށް އެމެރިކާ އިން އަޅާ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ފުރަތަމަ ބަޔަށް އަންނަ މަހު 6 ގައި އަމަލު ކުރަން ފަށާނެ އެވެ. ފުރަތަމަ ޓާގެޓްކޮށްފައި ވަނީ އޮޓޮމޯޓިވް ސެކްޓަރާއި ރަނާއި ދަގަނޑުގެ ވިޔަފާރިއަށެވެ. ދަތިކުރުމުގެ ފިޔަވަޅުތަކުގެ ދެ ވަނަ ބަޔަށް އަމަލު ކުރާނީ ނޮވެމްބަރު 6 އިން ފެށިގެންނެވެ. ދެ ވަނަ ބައިގެ ދަތިކުރުމުގެ ފިޔަވަޅުތައް އަމާޒުކޮށްފައި ވަނީ އީރާނުގެ ހަކަތައާ ބެހޭ އިންޑަސްޓްރީ އާއިި އެ ގައުމުގެ މަރުކަޒީ ބޭންކަށެވެ.
އީޔޫގެ ގައުމުތަކުން މިދިޔަ އަހަރު ވަނީ އީރާނަށް 10.8 ބިލިއަން ޔޫރޯ (12.9 ބިލިއަން ޑޮލަރު) ގެ މުދާ އެކްސްޕޯޓްކޮށްފަ އެވެ. އަދި އީރާނުން އީޔޫ އަށް އިމްޕޯޓް ކުރި މުދަލުގެ އަގު 10.1 ބިލިއަން ޔޫރޯ އަށް އަރަ އެވެ.
ސީރިއަސްވުމަކީ ދަތިކުރުމުގެ ފިޔަވަޅުތައް އުވާލުން
ފިޔަވަޅުތަކާ ރާއްޖޭން ދެކޮޅުހަދަން އީރާނުން އެދިއްޖެ
21 ދުވަހުން އީރާން ނިއުކްލިއާ ބޮން އުފައްދާނެ
ނިއުކްލިއާ މުއާހަދާ އަށް އެމެރިކާ ދިން ޖަވާބު އީރާނަށް
ނިއުކްލިއާ މުއާހަދާ އަށް މާ ގިނަ ދުވަހެއް ނެތް
އީރާނާއި އެމެރިކާ އިން ނިއުކްލިއާ މުއާހަދާ ދިރާސާކުރަނީ
އެމެރިކާ އިން އީރާނަށް ދަތިކުރުމުގެ އާ ފިޔަވަޅުތަކެއް
އީރާންގެ ނިއުކްލިއާ މަޝްވަރާތައް ނަތީޖާއަކާ ހަމައަށް
އީރާންގެ އަމާޒަކީ ދަތިކުރުމުގެ ފިޔަވަޅުތައް އުވައިލުން
އީރާންގެ ނިއުކްލިއާ ކާރުހާނާގައި ސީސީޓީވީ ހަރުކުރަނީ