ރާއްޖޭގެ އެކި ސަރަހައްދުތަކުގައި މި ދުވަސްވަރު ބޭރަށް ހިންގުން އިތުރުވަމުން ދާތީ، އެކަމަށް ސަމާލު ވުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިއަދު އިލްތިމާސްކޮށްފި އެވެ.
17 ޖުލައި 2018
ރާއްޖޭގެ އެކި ސަރަހައްދުތަކުގައި މި ދުވަސްވަރު ބޭރަށް ހިންގުން އިތުރުވަމުން ދާތީ، އެކަމަށް ސަމާލު ވުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިއަދު އިލްތިމާސްކޮށްފި އެވެ.
އެ އެޖެންސީން ނެރުނު ބަޔާނުގައި ބުނިގޮތުގައި އެހެން އަހަރުތަކުގައި ވެސް މިދުވަސްވަރު ބޭރަށް ހިންގުމާއި ހޮނޑުލުން އިތުރުވެ އެވެ.
ބޭރަށް ހިންގުމާއި ހޮޑުލުން ފެތުރެން އާންމުކޮށް މެދުވެރިވަނީ ކާބޯތަކެތީގެ ޒަރީއާއިން ނުވަތަ ބަލިޖެހިފައިވާ މީހެއްގެ ފަރާތުންނެވެ. މިއީ ކާބޯތަކެއްޗާއި ފެނުގެ ޒަރީއާ އިން ފެތުރޭ ބައްޔަކަށް ވާތީ ސާފުތާހިރުކަމަށާއި ކާބޯތަކެތީގެ ރައްކާތެރި ކަމަށް ހާއްސަ ސަމާލުކަމެއް ދޭން ވެސް އެޗްޕީއޭން ވަނީ އެދިފަ އެވެ. އެޗްޕީއޭން ބުނީ އާދަޔާހިލާފަށް ކަރު ހިއްކުމާއި ކުޑަކަމުދާ މިންވަރު މަދުވުމާއި މާ ބޮޑަށް ވަރުދެރަވުމާއި އާދަޔާ ހިލާފަށް ބަނޑުގައި ރިއްސުމުގެ އިތުރުން ހޮޑުލެވުމާއި ބޮޑުކަމު ދާއިރު ލޭގެ އަސަރު ހުރުން ފަދަ އަލާމާތްތައް ފާހަގަ ކުރެވޭ ނަމަ، ވީހާ ވެސް އަވަހަކަށް ޑޮކްޓަރަށް ދައްކަން ސަމާލުކަން ދޭނެ ޖެހޭނެ ކަމަށެވެ.
މާލެ އާއި ހދ. އަދި ލ. ގައި ބޭރަށްހިންގުން އިތުރު
މިދިޔަ މަހު ރޯގާގެ 40،000 އަށްވުރެ ގިނަ ކޭސް
މިދިޔަ ދެ މަހު، ރޯގާގެ 60،000 ކޭސް ރިޕޯޓުކުރި
ޑެންގޫ ހުން ޖެހިގެން ފުރަތަމަ ހަތަރު ދުވަހު 40 ކޭސް
ނޯރޯވައިރަސް: ކޮންކަހަލަ ކިހާ ނުރައްކާ އެއްޗެއް؟
ބޭރަށް ހިންގާތީ އިއްޔެ 1،000 މީހުން ހޮސްޕިޓަލަށް
މިއީ ނޯރޯވައިރަސް އިން ޖެހޭ ރޯގާއެއް: އެޗްޕީއޭ
ބަލި ފެތުރުނީ ކާއެއްޗެއްގެ ސަބަބަކުން ނޫން: އެޗްޕީއޭ
ރޯގާ ފެތުރޭތީ ކާނިވާ ހުޅުވުން ފަސްކޮށްފި
ކޮވިޑާއެކު، ޑެންގީ އާއި ރޯގާ ވެސް އިތުރުވަނީ!