Roadha Mihaaru
މޯދީ އަށް ރާހުލް ދިން ހަގު: އެތައް ބަޔަކަށް ހައިރާންކަން

މޯދީ އަށް ރާހުލް ދެއްވި "ހަގު": އެތައް ބަޔަކަށް ހައިރާންކަން

21 ޖުލައި 2018

ނިއު ދިއްލީ (ޖުލައި 21) - ބޮޑު ވަޒީރު ނަރެންދުރަ މޯދީގެ ސަރުކާރުގެ އިތުބާރު ނެތްކަމަށް ޕާލަމެންޓުގައި އިއްޔެ ނެގި ވޯޓުގެ ކުރިން ހިނގައި ދިޔަ 12 ގަޑިއިރުގެ ވަރުގަދަ ބަހުސްގައި ކޮންގްރެސް ޕާޓީގެ ލީޑަރު ރާހުލް ގާނދީ ފެނުނީ ސަރުކާރަށް ވަރުގަދަ އަށް ބަހުގެ ހަމަލާ ދެއްވި މަންޒަރެވެ. ރާހުލްގެ ތަގްރީރު ނިންމާލެވީ އޭނާ ބީޖޭޕީ ދެކެ ރުޅި ނާންނަ ކަމަށް ވިދާޅުވަމުންނެވެ. ގަޑިއެއްހާ އިރުގެ ތަގްރީރަށް ފަހު ރާހުލް ދެން ވަޑައިގެންނެވީ ކުރީ ބެންޗުގައި އިންނެވި ބޮޑު ވަޒީރު ނަރެންދުރަ މޯދީގެ އަރިހަށެވެ. މޯދީއާ ސަލާމް ކުރެއްވުމަށް ފަހު ކުއްލި އަކަށް މޯދީގެ ގައިކޮޅުގައި ބައްދާލެއްވުމުން އެތައް ބަޔަކަށް ހައިރާންކަން ގެނުވި އެވެ.

ހަސަން އާމިރު ހަސަން އާމިރު

"އަޅުގަނޑަށް މަލާމަތް ވެސް ކުރެވިދާނެ. ފާޑުފާޑުގެ ނަން ނަމުން ވެސް މުޚާތަބް ކުރެވިދާނެ. އެކަމަކު އަޅުގަނޑުގެ ހިތުގައި އެއްވެސް ދެކޮޅު ވެރިކަމެއް ނެތް،" މޯދީ އަރިހަށް ވަޑައިގަތުމުގެ ކުރިން ރާހުލް ވިދާޅުވި އެވެ.

އޭގެ ފަހުން ނެގި އިތުބާރު ނެތްކަމުގެ ވޯޓު ބީޖޭޕީ ވަނީ ބޮޑު ތަނުން ކާމިޔާބުކޮށްފަ އެވެ. ސަރުކާރާ އެއްކޮޅަށް 325 ވޯޓު ލިބުނު އިރު އިދިކޮޅަށް ލިބިފައި ވަނީ 126 ވޯޓެވެ.

މޯދީ ފަހުން ވަނީ "ކުޑަ ކުއްޖެއްގެ ގޮތަށް' ރާހުލް އުޅުއްވުމުން އޮޅުން އެރި ކަމަށް ވިދާޅުވެފަ އެވެ.

މިއީ ކުރީގެ ބޮޑު ވަޒީރު އަތަލް ބިހާރީ ވަޖުޕާއީގެ ކޯލިޝަން ސަރުކާރާ ދެކޮޅަށް 2003 ވަނަ އަހަރު އިތުބާރު ނެތްކަމުގެ ވޯޓެއް ނެގި ފަހުން، ވޭތުވެދިޔަ 15 އަހަރު ދުވަހު ތެރޭ ނެގި އިތުބާރު ނެތްކަމުގެ ފުރަތަމަ ވޯޓެވެ. ޕާލަމެންޓުގެ ދަށު ގޭގެ 535 މެންބަރުންގެ ތެރޭން އެ ފަހަރު ބީޖޭޕީ ވަނީ 312 ވޯޓުން ސަލާމަތްވެފަ އެވެ.