22 ޖުލައި 2018
ނޫސް މަޖައްލާތަކުގެ އެޑިޓަރަކަށް ވުމުގެ ޝަރުތު ހޯމް މިނިސްޓްރީން މަތިކުރުމުން ނޫސްވެރިން ކަންބޮޑުވުން ފާޅުކޮށްފައި ވަނިކޮށް އެ ޝަތުރުތައް ލުއިކޮށް، ގަވާއިދު އިސްލާހުކޮށްފި އެވެ.
ނޫސް މަޖައްލާތަކުގެ އެޑިޓަރަކަށް ވުމުގެ ޝަރުތު ހޯމް މިނިސްޓްރީން މަތިކުރުމުން ނޫސްވެރިން ކަންބޮޑުވުން ފާޅުކޮށްފައި ވަނިކޮށް އެ ޝަތުރުތައް ލުއިކޮށް، ގަވާއިދު އިސްލާހުކޮށްފި އެވެ.
ނޫސް މަޖައްލާތަކުގެ ގަވާއިދަށް މިދިޔަ ޖެނުއަރީ މަހު އަމަލު ކުރަން ފެށިއިރު، އެ ގަވާއިދު އޮތް ގޮތުން ނޫސް މަޖައްލާތަކުގެ އެޑިޓަރަކަށް ވުމުގައި ނޫސްވެރިކަމުގެ ދާއިރާއިން ނުވަތަ ކަމާ ގުޅޭ ދާއިރާއަކުން ޑިގްރީއެއް އޮތުމާ އެކު ފަސް އަހަރުގެ ތަޖްރިބާ ވެސް ލާޒިމްވެ އެވެ. އަދި ޖާނަލްތަކުގެ އެޑިޓަރުން ވެސް އެ ޖާނަލެއް ނެރޭ ދާއިރާއަކުން ޑިގްރީއެއް ހާސިލްކޮށްފައި އޮތުމާ އެކު ފަސް އަހަރުގެ ތަޖްރިބާ ހުރުން ލާޒިމެވެ.
އެ ގަވާއިދަށް މިއަދު އިސްލާހު ގެނައީ އެޑިޓަރަކަށް ވުމުގައި ޑިގްރީ އޮތުން ނުވަތަ ހަތް އަހަރުގެ ތަޖްރިބާ ޝަރުތެއްގެ ގޮތުގައި ހިމަނައިފަ އެވެ. އެހެންވުމުން ނޫސްވެރިކަމުގެ ދާއިރާއިން ޑިގްރީއެއް ނެތަސް، ހަތް އަހަރުގެ ތަޖްރިބާ ލިބިފައިވާ ނަމަ ނޫހެއްގެ އެޑިޓަރަކަށް ވެވޭނެ އެވެ.
މީގެ އިތުރުން ޖާނަލްތަކުގެ އެޑިޓަރުން ވެސް ޑިގްރީ އޮތުން ލާޒިމްނުވާ ގޮތަށް ވަނީ އިސްލާހު ގެނެސްފަ އެވެ. ނޫސްތަކެކޭ އެއްގޮތަށް ޖާނަލްތަކުގެ އެޑިޓަރުންގެ ވެސް ޝަރުތަކީ ޑިގްރީ އޮތުން ނުވަތަ ހަތް އަހަރުގެ ތަޖްރިބާ ހުރުން، ދެ ގޮތުން ކުރެ ގޮތެކެވެ.
ކޮމިކް އެޑިޓަރަކަށް ވުމުގެ ޝަރުތު ވެސް ވަނީ ބަދަލުކޮށްފަ އެވެ. ކޮމިކް އެޑިޓަރަކަށް ވުމުގައި ކުރިން އޮތް ޝަރުތަކީ ގްރެފިކްސް ނުވަތަ ޕްރޮޑިއުސިން ދާއިރާއިން ފަސް އަހަރުގެ ތަޖްރިބާ އޮތުން ކަމަށް ވިޔަސް، މިއަދު ގެނައި އިސްލާހުގައި ވަނީ ހަތް އަހަރުގެ ތަޖްރިބާ އޮންނަން ޖެހޭ ގޮތަށް ބަދަލުކޮށްފަ އެވެ.
ނޫސްތަކުގެ އެޑިޓަރުންގެ ޝަރުތާ މެދު ނޫސްވެރިން ފާޅުކުރި ކަންބޮޑުވުމަކީ ޑިގްރީއެއް އޮތުން ލާޒިމްކުރުމެވެ. ނޫސްވެރިކަމުގެ ދާއިރާއިން ދިގު މުއްދަތުގެ ތަޖުރިބާ ހުރި ނޫސްވެރިން ތިބި އިރު ޑިގްރީއާ އެކު އެހާ ގިނަ ދުވަހު މަސައްކަތްކޮށްފައިވާ ނޫސްވެރިން ރާއްޖޭގައި ވަރަށް މަދުކަން، މީޑިއާތަކުން ފާހަގަކުރި އެވެ. އެހެންވެ، މީޑިއާތަކުން އެދުނީ ޑިގްރީ އޮތުން ނުވަތަ ވަކި މުއްދަތެއްގެ ތަޖްރިބާ އޮތުން، މި ދެ ގޮތުން ކުރެ ގޮތެއް ޝަރުތަކަށް ކަނޑައެޅުމަށެވެ.
އެ މައްސަލާގައި މީޑިއާ ކައުންސިލުން ވެސް ހޯމް މިނިސްޓްރީއާ ބައްދަލުކުރި އެވެ. ކަންބޮޑުވުންތަކާ ގުޅިގެން ނޫސްތަކުގެ އެޑިޓަރުން ގަވާއިދާ އެއްގޮތަށް ބަދަލުކުރަން ދިން މުއްދަތު ހޯމް މިނިސްޓްރީން އިތުރުކޮށްދިނެވެ.
އެމްއެމްސީގެ މެމްބަރުކަމަށް ކުރިމަތިލާން ހުޅުވާލައިފި
ނޫސްވެރިން ފާރަވެރިވެ ކަންކަން ސަމާލުކަމަށް ގެންނަންޖެހޭ
ނޫސްވެރިކަމުގެ ލައިފްޓައިމް އެޗީވްމެންޓް އެވޯޑް ސޯދިގަށް
އެޑިޓަރުންގެ ޝަރުތު ބާތިލު ކުރަން ހޯމް މިނިސްޓްރީއަށް
"ނޫސްވެރިކަމުގެ މިނިވަންކަން ފުޅާދާއިރާއެއްގައި ލިބޭ"
އާޒިފް ނަން ނެގުމުން ހަމްދޫން އެމްއެމްސީއަށް ހޮވިއްޖެ
ބިލަކީ މިނިވަން ނޫސްވެރިކަމަށް ނުރައްކަލެއް:އެމްޖޭއޭ
"މީޑިއާ ކޮމިޝަން ބިލް އެންޑޯޒް ކުރާނީ ދިރާސާކޮށްފައި"
އެމްއެމްސީ އާއި ބްރޯޑްކޮމް އެއްކޮށްލާ ބިލް މަޖިލީހަށް
ނޫސްވެރިކަމުގެ އިނާމުގެ މާކްސްތައް އާންމުކޮށްފި