Roadha Mihaaru
ބަނޑޮހުގެ މި ކާމިޔާބީ ލޯންގޭ އަށްް ހާއްސަ

ބަނޑޮހުގެ މި ކާމިޔާބީ ލޯންގޭ އަށްް ހާއްސަ

23 ޖުލައި 2018

އިންޓަ ރިސޯޓް ވޮލީބޯޅަ މުބާރާތުގެ އެންމެ ކާމިޔާބު އެއް ޓީމަކީ ބަނޑޮސް މޯލްޑިވްސް އެވެ. އެ ޓީމުގެ ކާމިޔާބީގައި އެންމެ ފާހަގަކުރެވޭނެ އެއް ނަމަކަށްވާނީ ކޯޗު ކުރިން އެ ޓީމަށް ކުޅުނު އަދި މި ފަހަރުގެ ކޯޗު މުހައްމަދު ސާޖިދު (ކާއްޓޭ) އެވެ. މި ފަހަރުގެ އިންޓަ ރިސޯޓް މުބާރާތުގެ ޒޯން ތަށްޓާއި ޒޯން ޗެމްޕިއަންސް ލީގު ތަށި ހޯދަން ކާއްޓޭ ޓާގެޓް ކުރިއިރު، އޭނާ އެންމެ ފުރަތަމަ ބޭނުންވި ކުޅުންތެރިއަކީ ގައުމީ ޓީމުގެ ކެޕްޓަން އަހުމަދު އަބްދުލް ކަރީމް (ލޯންގޭ) އެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

އިއްޔެ ބަނޑޮހުގައި ކުޅުނު ޒޯން ޗެމްޕިއަންސް ލީގުގެ ފައިނަލް މެޗުން ސީދާ ތިން ސެޓުން ބަނޑޮސް މޮޅުވިއިރު، ފައިނަލް މެޗުގައި ލޯންގޭ ވަނީ މޮޅު ކުޅުމެއް ދައްކައިފަ އެވެ. އޭނާ ފޮނުވާލި ބާރު ޝޮޓްތައް ހުއްޓުވަން ގްރޭންޑްޕާކުން ކުރި ގިނަ މަސައްކަތްތަކެއް ކުރި ނަމަވެސް ވަނީ ނާކާމިޔާބުވެފަ އެވެ. އަދި މެޗުގެ ދެ ވަނަ ސެޓުގައި ދެ ޓީމުގެ ފަރާތުން އެންމެ ވާދަވެރިކުޅުމެއް ފެނުނު ވަގުތުގައި ބަނޑޮހަށް ހިތްވަރު ލިބުނީ ލޯންގޭގެ މޮޅު ޖަމްޕް ސާވިސްތަކުންނެވެ.

ސިފައިންގެ ވަޒީފާގައި އުޅޭތީ ކުރިން ލޯންގޭ އަށް އިންޓަ ރިސޯޓް މުބާރާތުގައި ނުކުޅެވެ އެވެ. އެކަމަކު މިދިޔަ އަހަރު މުބާރާތުގެ ގަވައިދަށް ގެނެވުނު ބަދަލުތަކާ އެކު ކުޅެވޭގޮތްވި އެވެ. އިންޓަ ރިސޯޓުގައި ލޯންގޭ ފުރަތަމަ ފަހަރަށް މިދިޔަ އަހަރު ކުޅުނުއިރު، އޭނާ ފެނުނީ ޝެރަޓަން މޯލްޑިވްސް އިންނެވެ. ގައުމީ ޓީމުގެ ކެޕްޓަންގެ މަގާމުގައި ހުރި ލޯންގޭ މި ފަހަރު ބަނޑޮހަށް ކުޅެން ނިންމީ ކޯޗު ކާއްޓޭގެ އެދުމުގެ މަތިންނެވެ.

އިއްޔެގެ މެޗަށް ފަހު ކުޑަކާއްޓެ (ކ) އާއި ލޯންގޭ (ވ). -- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

އިއްޔެގެ މެޗަށް ފަހު ކުޑަކާއްޓެ (ކ) އާއި ލޯންގޭ (ވ). -- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

"މި މުބާރާތުގައި މި ކަން (ޗެމްޕިއަންކަން) ހާސިލްވީ ރަނގަޅު ޓީމެއް އެކުލަވާލެވިގެން ގައުމީ ޓީމުގެ ކެޕްޓަން (ލޯންގޭ) ވެސް ޓީމަށް ގެނެސް އެހެން ކުޅުންތެރިން ވެސް ތިބީމަ،" އިއްޔެގެ ފައިނަލް މެޗަށް ފަހު ކާއްޓޭ ބުންޏެވެ.

ލޯންގޭ ބުނީ މިއީ އިންޓަ ރިސޯޓުގައި ކުރެވުނު ރަނގަޅު ތަޖުރިބާއެއް ކަމަށާއި މިއީ މުޅި ޓީމުގެ މަސައްކަތް ކަމަށެވެ.

"ކޯޗު (ކާއްޓޭ)ގެ އެދުނީމަ މި ޓީމަށް އައީ. ހަގީގަތުގައި މިއީ ރަނގަޅު ތަޖުރިބާއެއް. ބަނޑޮހުގައި އޮތީ ރަނގަޅު ޓީމެއް. ދެން ޝާހު (ކުޑަކާއްޓެ)އާ އެއް ޓީމަކަށް ވެސް ކުޅެވުމަކީ ވަރަށް ރަނގަޅަށް ދިޔަ ކަމެއް." އުމުރުން 31 އަހަރުގެ ލޯންގޭ ބުންޏެވެ.

މުބާރާތުގެ ޑްރީމްޓީމުގައި ވެސް ލޯންގޭ ހިމެނުނުއިރު، މި ފަހަރު ބަނޑޮހާ އެކު އޭނާ މި ހޯދި ކާމިޔާބީ އަކީ އޭނާގެ ވޮލީ ކެރިއަރަށް އިތުރުވި ފުރިހަމަ ކަމެކެވެ.