Roadha Mihaaru
ކަލިނިޗް ވިއްކާލައި މިލާނުގެ އަމާޒު ހިގައިން އަށް

ކަލިނިޗް ވިއްކާލައި މިލާނުގެ އަމާޒު ހިގައިން އަށް

23 ޖުލައި 2018

މިލާން (ޖުލައި 23) – ކްރިސްޓިއާނޯ ރޮނާލްޑޯ އައުމުން ޔުވެންޓަސް ދޫކޮށްލާނެ ކަމަށް ބެލެވިފައިވާ އާޖެންޓީނާ ފޯވާޑް ގޮންޒާލޯ ހިގައިން ވާދަވެރި އޭސީ މިލާނަށް ގެންދިއުމުގެ ވާހަކަތައް ފަށާފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

މިލާން (ޖުލައި 23) – ކްރިސްޓިއާނޯ ރޮނާލްޑޯ އައުމުން ޔުވެންޓަސް ދޫކޮށްލާނެ ކަމަށް ބެލެވިފައިވާ އާޖެންޓީނާ ފޯވާޑް ގޮންޒާލޯ ހިގައިން ވާދަވެރި އޭސީ މިލާނަށް ގެންދިއުމުގެ ވާހަކަތައް ފަށާފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

ހިގައިން ގެންދިއުމަށް ޗެލްސީއާ ކޯޗު މައުރީޒިއޯ ސާރީ ވެސް ބޭނުންވާ ކަމަށްވެ އެވެ. ހިގައިން ވަނީ ސާރީގެ ކޯޗުކަމުގެ ދަށުން ނަޕޯލީގައި މޮޅު ކުޅުމެއް ދައްކައިފަ އެވެ. އެކަމަކު މިހާރު ރިޕޯޓްތައް ބުނާ ގޮތުގައި މިލާނާ އަލަށް ހަވާލުވާ ޓެކްނިކަލް ޑިރެކްޓަރު ލެއޮނާޑޯ އާއި ޔުވެންޓަސްގެ ޖެނެރަލް މެނޭޖަރު ޖިސެއްޕޭ މަރޮއްޓާ ވަނީ އެ ވާހަކަތައް ދައްކައިފަ އެވެ. އަދި ހިގައިންގެ އޭޖެންޓުގެ ދައުރު އަދާކުރާ އޭނާގެ ބޭބެއާ އެކު ވެސް ވާހަކަތައް ދެކެވިފައިވާ ކަމަށްވެ އެވެ.

މިލާނަށް ފޯވާޑުންގެ މައްސަލަ ދިމާވެފައިވާއިރު ޗެލްސީގެ ފޯވާޑް އަލްވާރޯ މޮރާޓާ އާއި ލާޒިއޯގެ ފޯވާޑް ޗީރޯ އިމޮބިލޭއާ އެ ކްލަބާ ގުޅުވައިގެން ވެސް ވާހަކަތައް ދެކެވެ އެވެ. މިލާނުގައި މިހާރު ތިބި ދެ ފޯވާޑުން ކަމަށްވާ ކްރޮއޭޝިއާގެ ނިކޮލާ ކަލިނިޗާއި ޕޯޗުގަލްގެ އަންދްރޭ ސިލްވާ އަށް އެކަށީގެންވާ ކުޅުމެއް ނުދެއްކޭއިރު މީގެ ތެރެއިން ކަލިނިޗް ވިއްކާލާނެކަން ޔަގީނެވެ.

ކަލިނިޗްގެ އޭޖެންޓް ބުނީ ސްޕެއިނުގެ އެތުލެޓިކޯ މެޑްރިޑާއި ސެވިއްޔާ އިން ޝައުގުވެރިވާ ކަމަށާއި އެކަމަކު ގޮތް ނިންމާނީ މިލާނުން ކަމަށެވެ. ފިއޮރެންޓީނާ އިން މިލާނަށް ބަދަލުވި ފަހުން ކަލިނިޗުގެ އަހުލާގީ މައްސަލަތަކެއް ސީޒަން ތެރޭ ދިމާވި އެވެ. ވޯލްޑް ކަޕުގެ ފައިނަލުގައި ވާދަކުރި ކްރޮއޭޝިއާ ގައުމީ ޓީމުން އޭނާ ބޭރުކުރީ ވެސް އަހުލާގީ މައްސަލައަކާ ގުޅިގެންނެވެ.

އެމެރިކާގެ އެލިއޮޓް މެނޭޖްމަންޓުން މިލާނާ ހަވާލުވެ އެ ކްލަބަށް އާ ހަތަރު ނުވަތަ ފަސް ކުޅުންތެރިން ގެންނާނެ ކަމަށް ރިޕޯޓްތައް ބުނެ އެވެ. އަމާޒަކީ ޗެމްޕިއަންސް ލީގުން ޖާގައެއް ހޯދުމެވެ.