ރާއްޖޭގެ ބޮޑު ބަޔަކަށް މިހާރު ކުރަމުންދާ ވިއްސާރާގައި ރަށްރަށަށް އުދަ އަރާފާނެ ކަމަށް ލަފާކުރެވޭތީ އެކަމަށް ސަމާލުވާން މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސެންޓަރު (މެޓް) އިން މިއަދު އިލްތިމާސްކޮށްފި އެވެ.
23 ޖުލައި 2018
ރާއްޖޭގެ ބޮޑު ބަޔަކަށް މިހާރު ކުރަމުންދާ ވިއްސާރާގައި ރަށްރަށަށް އުދަ އަރާފާނެ ކަމަށް ލަފާކުރެވޭތީ އެކަމަށް ސަމާލުވާން މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސެންޓަރު (މެޓް) އިން މިއަދު އިލްތިމާސްކޮށްފި އެވެ.
މިދިޔަ ހަފްތާއިން ފެށިގެން ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަކޮށް ކަނޑު ވަނީ ގަދަވެފަ އެވެ.
މެޓް އޮފީހުގެ އޮފިޝަލަކު ވިދާޅުވީ ރާއްޖެއަށް މިހާރު ކުރަމުން މިދަނީ "ޖޫންޖުލައި" ގެ ވިއްސާރަ ކަމަށެވެ. ހުޅަނގު މޫސުމުގެ ގަދަ ވިއްސާރަ އާންމުކޮށް ރާއްޖެއަށް ލައްވާލަނީ ޖޫންޖުލައިގައި ކަމަށް އޮންނަނީ މަޝްހޫރުވެފަ އެވެ.
އޭނާ ވިދާޅުވި ގޮތުގައި ވައި ގަދަވުމުގެ ސަބަބުން ދިޔަވަރު ބޮޑުވާ ވަގުތުތަކުގައި ރާއްޖޭގެ ހުރިހާ ހިސާބެއްގެ ރަށްރަށަށް ވެސް އުދައިގެ އަސަރު ކުރުމުގެ ފުރުސަތު ބޮޑެވެ.
ރާއްޖޭގެ ދެކުނުގެ އަތޮޅުތަކަށް މިއަދު ދިޔަވަރު ބޮޑުވާނީ 11:18 ގަ އެވެ. އުތުރުގެ އަތޮޅުތަކަށް މިރޭ 7:36 ގައި އަދި މެދުރާއްޖެ ތެރެއަށް 9:40 ގައި ދިޔަވަރު ބޮޑުވާނެ އެވެ.
މެދު ރާއްޖެތެރެ އާއި އުތުރުގެ އަތޮޅުތަކަށް 13 މޭލާއި 23 މޭލާ ދެމެދު ބާރު މިނެއްގައި ވައި ޖެހޭނެ ކަމަށް މެޓުން ލަފާކުރެ އެވެ. ދެކުނުގެ އަތޮޅުތަކަށް ވައި ޖެހޭނެ ކަމަށް ލަފާކުރަނީ ހަތް މޭލާއި 15 މޭލާ ދެމެދުގެ ބާރު މިނެއްގަ އެވެ. ވިލާގަނޑުގައި ވައިގަދަވެ ކަނޑު ވެސް ގަދަވާނެ ކަމަށް މެޓުން ބުނެ އެވެ.
"ދަތުރު ނުކުރެވޭ ވަރަށް އަދި ކަނޑުތައް ގަދައެއް ނޫން. ރައްކާތެރިކަމުގެ ފިޔަވަޅުތަކާ އެކު މޫސުމަށް ބަލައިގެން ދަތުރުތައް ކުރެވޭނެ،" މެޓްގެ އޮފިޝަލް ވިދާޅުވި އެވެ.
ކުރިއަށް އޮތް 24 ގަޑިއިރު ތެރޭގައި ވެސް ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަ ކުރާނެ ކަމަށް މެޓުން ލަފާކުރެ އެވެ. އަދި ރ. އަތޮޅާއި ގދ. އަތޮޅާ ދެމެދަށް ވަނީ ވައިޓް އެލާޓް ވެސް ނެރެފަ އެވެ.
"ހުއްޓުމެއް ނެތި ވާރޭ ނުވެހިދާނެ. އެކަމަކު ވެހޭއިރު ބޯކޮށް ވެހޭނެ ކަމަށް ލަފާކުރެވެނީ،" އޮފިޝަލް ވިދާޅުވި އެވެ.
މެޓުން ބުނީ މި ވިއްސާރަ އަލިވެ މޫސުން ރަނގަޅުވާނެ ކަމަށް ލަފާކުރެވެނީ އަންނަ ބުރާސްފަތި ދުވަހު ކަމަށެވެ. އެދުވަހުން ފެށިގެން މުޅި ރާއްޖެއަށް މޫސުން ރަނގަޅުވާނެ ކަމަށް ވެސް ލަފައެއް ނުކުރެވެ އެވެ.
ރާއްޖޭގެ ބޮޑު ބަޔަކަށް އުދަ އަރާނެ ކަމަށް ލަފާކޮށްފި
މާލެއަށް ދިޔަވަރު ބޮޑުވާނީ މެންދުރުފަހު ތިނެއްގެ ފަހުން
އަދިވެސް އުދަ އަރާނެ، ބޮޑަށް އަރާނީ އުތުރާއި މެދަށް
ހުރިހާ ސަރަހައްދަކަށް ވެސް އުދައަރާފާނެ، ސަމާލުވޭ!
އައްޑު އަށް ވަރަށް ބޮޑަށް އުދައަރަނީ
އުދަ އަރައިފާނެތީ ސަމާލުވާން އަންގައިފި
ދިޔަވަރު ބޮޑުވާ ވަގުތުގައި އުދަ އަރާފާނެ: މެޓް
ގިނައިން ވާރޭ ވެހުނު ކަމުގެ ރެކޯޑު ދިއްފުއްޓަށް
ފެން ހިންދާ ޕަމްޕް 72 ރަށަކަށް ފޮނުވައިފި
މާލޭގެ ގޭގޭގައި ނަޖިސް ލީކުވެ ދިރިއުޅުމަށް ދަތިވެއްޖެ