Roadha Mihaaru
އައްޑު އަށް ވަރަށް ބޮޑަށް އުދައަރަނީ

އައްޑު އަށް ވަރަށް ބޮޑަށް އުދައަރަނީ

10 ޖުލައި 2020

އައްޑު އަށް މިއަދު ހެނދުނުން ފެށިގެން ވަރަށް ބޮޑަށް އުދަ އަރަން ފަށައިފި އެވެ.

އަހުމަދު ސާއިލް އަލީ އަހުމަދު ސާއިލް އަލީ

އައްޑު އަށް މިއަދު ހެނދުނުން ފެށިގެން ވަރަށް ބޮޑަށް އުދަ އަރަން ފަށައިފި އެވެ.

ސޯޝަލް މީޑިއާގައި ދައުރުވާ ވީޑިއޯއިން ފެންނަ ގޮތުގައި އައްޑޫ މަރަދޫ، ލިންކު ރޯޑާ ދިމާލު މޫދުން މިއަދު ހެނދުނުން ފެށިގެން ވަރަށް ބޮޑަށް ދަނީ އުދައަރަމުންނެވެ. އުދައިގެ ސަބަބުން މުޅި އެ މަގުގައި ފެން ބޮޑުވެ ދަތުރު ކުރަން ވެސް ވަނީ އުނދަގޫ ވެފަ އެވެ.

އައްޑޫ ސިޓީ މަރަދޫއަށް އުދަ އަރަނީ

އުދައިގެ ސަބަބުން އާންމުންގެ ގެދޮރަށް ގެއްލުން ލިބިދާނެތީ އަވަސް ފިޔަވަޅުތަކެއް އަޅައި ދިނުމަށް ކަމާބެހޭ ފަރާތްތަކަށް އެ ސިޓީގެ ރައްޔިތުން އަންނަނީ އެދެމުންނެވެ.

މިހަފުތާގެ ކުރީކޮޅުން ފެށިގެން ދެކުނާއި މެދުރާއްޖެތެރޭގެ ބައެއް ރަށްތަކަށް ދަނީ ވަރަށް ބޮޑަށް އުދަ އަރަމުންނެވެ.

ކުރިއަށް އޮތް ތިން ދުވަހު ވެސް އުދަ އަރާނެ

މެޓުން މިއަދު ބުނީ ރާއްޖެއާ ދުރުން، ދެކުނު އިންޑިއާ ކަނޑުގައި އުފެދިފައިވާ ދިގު ބާނިތަކެއް ރާއްޖެއާ ހަމައަށް ފޯރާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ. އެހެން ކަމުން ކުރިއަށް އޮތް ތިން ދުވަހު ދެކުނާއި މެދު ރާއްޖެތެރޭގެ ބައެއް ރަށްތަކަށް ރާޅު އެރުމުގެ ފުރުސަތު ބޮޑުކަމަށް މެޓުން ބުންޏެވެ.

"ހާއްސަކޮށް ދިޔަވަރު ބޮޑުވާ ގަޑިތަކުގައި މިކަމުގެ އަސަރު ބޮޑު ވެގެންދާނެ ކަމަށް ބެލެވޭ،" މެޓުން ނެރުނު އިއުލާނެއްގައި ބުންޏެވެ.

އައްޑޫއަށް އުދައަރާތީ ގެއްލުން ކުޑަ ކުރުމަށް ފިޔަވަޅު އަޅައިދިނުމަށް އެދި އެ ސިޓީގެ މޭޔަރު ކަމަށް އެމްޑީޕީން ވާދަކުރާ އަލީ ނިޒާރު އެދި ކުރެއްވި ޓްވީޓް

މި ދުވަސްވަރު ރާއްޖެ އަށް އެންމެ ދިޔަ ވަރު ބޮޑުވާނެ ކަމަށް ލަފާ ކުރެވެނީ ހަވީރު އެވެ. އެހެންކަމުން ހަވީރު ވަގުތު އުދައެރުމުގެ ފުރުސަތު ބޮޑު ކަމަށް މެޓުން ބުނެ އެވެ.

"ހާއްސަކޮށް ގޮނޑުދޮށާ ކައިރި ހިސާބުތަކުގައި ދިރިއުޅުއްވާ ފަރާތްތަކާއި މޫދަށް އެރި އުޅުއްވުމުގައި ހާއްސަ ސަމާލުކަމެއް ދެއްވުން އެދެން. އަދި ފަޅުތެރޭގައި އަޅައިފައި ހުންނަ އުޅަނދު ފަހަރުގެ ރައްކާތެރިކަމަށް ވެސް ވިސްނެވުން އެދެން،" މެޓުން ބުންޏެވެ.

Baeh rahrah lonuganduge adiyah! Adhives udha araane!

Baeh rahrah lonuganduge adiyah! Adhives udha araane!

The most trusted news source in the Maldives

Mihaaru

މިހަފްތާ ކުރީކޮޅުގައި ބައެއް ރަށްރަށަށް އުދަ އެރުން

މިދިޔަ އަންގާރަ ދުވަހު ވަނީ ގދ. ތިނަދު އަށާއި ކ. އަތޮޅުގެ ބައެއް ރަށްތަކަށް ވަރަށް ބޮޑަށް އުދަ އަރައިފަ އެވެ. އުދަ އެރި ގިނަ ރަށްރަށުން ބުނީ ރަށް ގިރުމަކީ މިހާރު ކުރިމަތިވެފައި އޮތް އެންމެ ބޮޑު މައްސަލަ ކަމަށެވެ. އަދި ބޮޑަށް އުދަ އަރަނީ ވެސް ގިރަމުން ދާ ސަރަހައްދުތަކުން ކަމަށް އެ ރަށްރަށުގެ ކައުންސިިލްތަކުން ބުނެ އެވެ.