Roadha Mihaaru
ޑްރަގާ ދެކޮޅު ހަނގުރާމަ އަށް ހުއްޓުމެއް ނެތް: ޑުޓާޓެ

ޑްރަގާ ދެކޮޅު ހަނގުރާމަ އަށް ހުއްޓުމެއް ނެތް: ޑުޓާޓެ

24 ޖުލައި 2018

މެނީލާ (ޖުލައި 24) - ޑްރަގާ ދެކޮޅަށް ފަށާފައިވާ ހަނގުރާމަ އަށް ދޫ ދިނުމެއް ނެތި ކުރިއަށް ގެންދަވާނެ ކަމަށް ފިލިޕީންސްގެ ރައީސް ރޮޑްރިގޯ ޑުޓާޓެ ވިދާޅުވެއްޖެ އެވެ.

ހަސަން އާމިރު ހަސަން އާމިރު

މެނީލާ (ޖުލައި 24) - ޑްރަގާ ދެކޮޅަށް ފަށާފައިވާ ހަނގުރާމަ އަށް ދޫ ދިނުމެއް ނެތި ކުރިއަށް ގެންދަވާނެ ކަމަށް ފިލިޕީންސްގެ ރައީސް ރޮޑްރިގޯ ޑުޓާޓެ ވިދާޅުވެއްޖެ އެވެ.

ޑުޓާޓެ މި އަހަރު ދެއްވި ރިޔާސީ ބަޔާނުގައި ވިދާޅުވީ ޑްރަގު ވިޔަފާރިއާ ދެކޮޅަށް ފަށާފައިވާ ހަނގުރާމައިގެ ނިމުމެއް އަދި ފެންނަން ނެތް ކަމަށާއި އެކަން އޮތީ ފެށި ދުވަހު އޮތް ހާލަތުގައި ކަމަށެވެ.

ޑްރަގާ ދެކޮޅު ހަނގުރާމަ ޑުޓާޓެ ފެއްޓެވީ ޖޫން 2016 ގައި ވެރިކަމަށް ވަޑައިގެންނެވިތާ މާގިނަ ދުވަހެއް ނުވަހީނެވެ. އޭގެ ފަހުން އެ ހަނގުރާމައިގައި 4،354 މީހުން މަރާފައިވާ ކަމަށްވެ އެވެ. އިންސާނީ ހައްގުތަކަށް މަސައްކަތް ކުރާ ޖަމާއަތްތަކުން ބުނަނީ އެ އަދަދު ތިން ގުނަ އިތުރުވާނެ ކަމަށެވެ. އަދި އެއީ އިންސާނިއްޔަތާ ޚިލާފުު ޖަރީމާއެއް ކަމަށް ބުނެ ޑުޓާޓެ އަށް ދަނީ ފާޑުކިޔުންތައް އަމާޒުވަމުންނެވެ.

ޑުޓާޓެ ވިދާޅުވީ އޭނާ ފަށާފައިވާ ޑްރަގާ ދެކޮޅު ހަނގުރާމަ މުޒާހަރާކޮށްގެންނާއި ފާޑުކިޔައިގެން ނުހުއްޓުވޭނެ ކަމަށެވެ.

"ތިޔަ ބޭފުޅުންގެ ކަންބޮޑުވުމަކީ އިންސާނީ ހައްގުތައް. އަޅުގަނޑުގެ ކަންބޮޑުވުމަކީ އިންސާނީ ފުރާނަ،" ޑުޓާޓެ ވިދާޅުވި އެވެ.