Roadha Mihaaru
ކުޑަކުދިންގެ ހިޔާގެ ކުދިން ރަންގަލީގައި ތަމްރީންކުރަނީ

ރަންގަލި ރިސޯޓުން ކުޑަކުދިންގެ ހިޔާގެ ކުދިންނަށް އިންޓާންޝިޕްގެ ފުރުސަތު ދީފި

25 ޖުލައި 2018

ކުޑަކުދިންގެ ހިޔާގައި ދައުލަތުން ބަލަހައްޓަމުން އަންނަ ކުދިންނަށް ކޮންރަޑް މޯލްޑިވްސް ރަންގަލި އައިލެންޑް ރިސޯޓުން އިންޓާންޝިޕް ފުރުސަތު ދޭން ހަމަޖައްސައި އެކަމުގެ އެއްބަސްވުމުގައި އިއްޔެ ސޮއިކޮށްފި އެވެ.

ނަސްވާ ހަސަން ނަސްވާ ހަސަން

ކުޑަކުދިންގެ ހިޔާގައި ދައުލަތުން ބަލަހައްޓަމުން އަންނަ ކުދިންނަށް ކޮންރަޑް މޯލްޑިވްސް ރަންގަލި އައިލެންޑް ރިސޯޓުން އިންޓާންޝިޕް ފުރުސަތު ދޭން ހަމަޖައްސައި އެކަމުގެ އެއްބަސްވުމުގައި އިއްޔެ ސޮއިކޮށްފި އެވެ.

ރަންގަލި އައިލެންޑް ރިސޯޓުގައި ހުންނަ މޫދު އަޑީގެ މަޝްހޫރު ރެސްޓޯރެންޓްގައި އޮތް ހަފުލާއެއްގައި މިނިސްޓްރީ އޮފް ޖެންޑާ އެންޑް ފެމިލީގެ ފަރާތުން ސޮއިކުރެއްވީ އަލަށް ފަށާ ޕްރޮގްރާމްގެ މެނޭޖަރު ޖަލާ ޒުހުރީ އެވެ. ކޮންރެޑްގެ ފަރާތުން ސޮއިކުރެއްވީ ޖެނެރަލް މެނޭޖަރު ސްޓެފަނޯ ރޫޒާ އެވެ.

ރާއްޖޭގެ އެންމެ މަޝްހޫރު އެއް ރިސޯޓްގައި މި ޕްރޮގްރާމްގެ ދަށުން ތަމްރީންކުރުމުގެ ފުރުސަތު ދެނީ ކުޑަކުދިންގެ ހިޔާގައި ތިބި 16 އަހަރާއި 18 އަހަރާ ދެމެދުގެ ކުދިންނަށެވެ. އެގޮތުން އެ ރިސޯޓްގައި އަހަރެއް ވަންދެން އެ ކުދިން ތަމްރީންކޮށް، ޓޫރިޒަމްގެ ދާއިރާއިން ކުރިއަށް ދެވޭނެ ފުރުސަތު ހުޅުވޭނެ އެވެ.

ކުޑަކުދިންގެ ހިޔާގައި މިވަގުތު 130 ކުދިން އެބަ ތިއްބެވެ. އެކަމަކު އޭގެ ތެރޭގައި 16 އަހަރާއި 18 އަހަރާ ދެމެދުގެ ތިބީ ކިތައް ކުދިންކަމެއް، މިނިސްޓްރީން ބުނެފައެއް ނުވެ އެވެ.

އިއްޔެގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަ އޮފް ޖެންޑާ އެންޑް ފެމިލީ އައިމިނަތު ޒެނީޝާ ވިދާޅުވީ ދައުލަތުގެ ބެލުމުގެ ދަށުގައި ތިބި ކުދިންނަށް ރައްކާތެރިކަން ދިނުމުގެ އިތުރުން ވަޒީފާގެ މާހައުލަށް ނުކުތުމަށް ބޭނުންވާ އިލްމާއި ހުނަރު ތަރައްގީކުރުމަކީ ވެސް މިނިސްޓްރީގެ އަމާޒެއް ކަމަށެވެ.