Roadha Mihaaru
އުރީދޫގެ ހިއްސާއަކަށް 3.30ރ. ބަހަން ހުށަހަޅަނީ

އުރީދޫގެ ހިއްސާއަކަށް 3.30ރ. ބަހަން ހުށަހަޅަނީ

05 ފެބުރުއަރީ 2020

އުރީދޫގެ މި އަހަރުގެ ހިއްސާގެ ފައިދާގެ ގޮތުގައި ހިއްސާ އަކަށް 3.30ރ. ބަހަން އަހަރީ އާއްމު ޖަލްސާ އަށް ހުށަހަޅަން އެ ކުންފުނީގެ ބޯޑުން މިދިޔަ ހޯމަ ދުވަހު ފާސްކޮށްފި އެވެ.

އިދުހާމް ނައީމް އިދުހާމް ނައީމް

އުރީދޫގެ މި އަހަރުގެ ހިއްސާގެ ފައިދާގެ ގޮތުގައި ހިއްސާ އަކަށް 3.30ރ. ބަހަން އަހަރީ އާއްމު ޖަލްސާ އަށް ހުށަހަޅަން އެ ކުންފުނީގެ ބޯޑުން މިދިޔަ ހޯމަ ދުވަހު ފާސްކޮށްފި އެވެ.

އެ އަދަދަށް ހިއްސާގެ ފައިސާ ބަހަން ފާސްކުރާނީ އަންނަ މާޗު މަހު ބާއްވާ އުރީދޫގެ އަހަރީ އާއްމު ޖަލްސާގައި ހިިއްސާދާރުންގެ މެދުގައި ނަގާ ވޯޓަކުންނެވެ.

އުރީދު އަށް މިދިޔަ އަހަރު ފައިދާގެ ގޮތުގައި 588 މިލިއަން ރުފިޔާ ވަނީ ލިބިފަ އެވެ. މިއީ 2018 ވަނަ އަހަރާ އަޅާބަލާއިރު 10 ޕަސެންޓުގެ ކުރިއެރުމެކެވެ. އެ ކުންފުންޏަށް 2018 ވަނަ އަހަރު ސާފު ފައިދާގެ ގޮތުގައި ލިބުނީ 525 މިލިއަން ރުފިޔާ އެވެ.

މިދިޔަ އަހަރު އުރީދޫން ވަނީ އެ ކުންފުނީގެ ފައިދާގެ 85 ޕަސެންޓް ހިއްސާދާރުންނަށް ބަހައިފަ އެވެ. އެއީ ހިއްސާއަކަށް 3.20ރ. މަގުންނެވެ. އާންމު ހިއްސާދާރުންނަށް 472 މިލިއަން ރުފިޔާ އެ ކުންފުނިން ވަނީ ބަހާފައިވެ އެވެ.

މި އަހަރު މާޗު މަހު އޮންނަ އަހަރީ އާއްމު ޖަލްސާގެ އެޖެންޑާ އާއި ޖަލްސާ އޮންނަ ތާރީހު މި މަހުގެ 16 ކުރިން އުރީދޫގެ ވެބްސައިޓުގައި އިއުލާން ކުރާނެ ކަމަށް އެ ކުންފުނިން ބުނެ އެވެ. އަދި މި އަހަރު ހިއްސާ ބަހަން ހަމަޖެހިފައި ވަނީ މި މަހުގެ 11 ވަނަ ދުވަހުގެ ކުރިން އެ ކުންފުނީގެ ހިއްސާދާރެއްގެ ގޮތުގައި ރަޖިސްޓްރީވާ މީހުންގެ މެދުގައި ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.