Roadha Mihaaru
އާދިއްތަ އަކީ ސަރުކާރު ބަންދު ދުވަހެއް

އާދިއްތަ އަކީ ސަރުކާރު ބަންދު ދުވަހެއް

27 ޖުލައި 2018

އަންނަ އާދިއްތަ ދުވަހަކީ ސަރުކާރުގެ ރަސްމީ ބަންދު ދުވަހެއްގެ ގޮތުގައި ރައީސް އަބްދުﷲ ޔާމީން މިރޭ ހަމަޖައްސަވައިފި އެވެ.

އަންނަ އާދިއްތަ ދުވަހަކީ ސަރުކާރުގެ ރަސްމީ ބަންދު ދުވަހެއްގެ ގޮތުގައި ރައީސް އަބްދުﷲ ޔާމީން މިރޭ ހަމަޖައްސަވައިފި އެވެ.

ރައީސް އޮފީހުގެ ތަރުޖަމާން އިބްރާހިމް މުއާޒް އަލީ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ރައީސް ޔާމީން އެގޮތަށް ނިންމެވީ، މި އަހަރުގެ މިނިވަން ދުވަހުގެ ކުޅިވަރުތައް މާދަމާ ރެ އަށް ފަސްކޮށްފައިވާތީ، ސަރުކާރުގެ މުވައްޒަފުންނަށާއި ސްކޫލްތަކުގެ ކުދިންނަށް ލުޔެއް ދެއްވުމުގެ ގޮތުން ކަމަށެވެ.

ގަލޮޅު ދަނޑުގައި މިރޭ ބާއްވަން ކުރިން ހަމަޖެއްސި، މިނިވަން ދުވަހުގެ ކުޅިވަރުތައް މާދަމާ ރެ އަށް ފަސްކޮށްފައިވާއިރު، އެ ހަރަކާތު ގައި ގިނަ އަދަދެއްގެ ސްކޫލް ކުދިންނާއި ސަރުކާރުގެ މުވައްޒަފުން ބައިވެރިވާކަން މުއާޒް ފާހަގަކުރެއްވި އެވެ.

"...މި ގޮތަށް ހަމަޖެއްސެވުމާ ގުޅިގެން، ސަރުކާރުގެ އޮފީސްތައް ދެން ހުޅުވޭނީ 30 ޖުލައި ވާ ހޯމަ ދުވަހު،" ތަރުޖަމާންގެ ޓުވީޓުގައި ވެ އެވެ.

އާދިއްތަ ދުވަސް ބަންދުކުރުމުން، މިނިވަން ދުވަހުގެ ބަންދުގެ ގޮތުގައި ސަރުކާރުގެ މުވައްޒަފުންނަށް ހަތަރު ދުވަސް ލިބޭޭނެ އެވެ.