ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ހުޅުވައިލި "ހިޔާ" މަޝްރޫއުގައި ސިވިލް ސާވަންޓުންނަށް ޚާއްސަކުރި 1،000 ފްލެޓުގެ ވަގުތީ ލިސްޓު މިއަދު އާއްމުކޮށްފި އެވެ.
28 ޑިސެމްބަރ 2020
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ހުޅުވައިލި "ހިޔާ" މަޝްރޫއުގައި ސިވިލް ސާވަންޓުންނަށް ޚާއްސަކުރި 1،000 ފްލެޓުގެ ވަގުތީ ލިސްޓު މިއަދު އާއްމުކޮށްފި އެވެ.
ފްލެޓް ކޮމިޓީން ބުނީ ސިވިލް ސާވިސް އިން ފްލެޓަށް ކުރިމަތިލީ މީހުންނަށް ޕޮއިންޓް ދީފައި ވާނީ ޔާމީންގެ ސަރުކާރުން އިއުލާން ކޮށްފައިވާ ޝަރުތުތަކާއި މިންގަނޑުތަކަށް ކަމަށެވެ. ވަގުތީ ލިސްޓާއެކު، އެ މިންގަނޑު ވެސް ވަނީ ގެޒެޓްކޮށްފަ އެވެ.
މި ކެޓަގަރީގައި ޕޮއިންޓް ދީފައި ވަނީ ޖެނުއަރީ، 15، 2018 ގެ ނިޔަލަށް ޚިދުމަތް ކޮށްފައިވާ މުއްދަތާއި ތައުލީމީ ސެޓްފިކެޓްތަކަށެވެ. މި ކެޓަގަރީ އަށް ފޯމު ހުށަހަޅައި ފްލެޓްގެ ތަޅުދަނޑި ލިބުމުގެ ކުރިން، ވަޒީފާ އިން ވަކިވެފައިވާ ނަމަ އެ މީހެއްގެ ފޯމު ބާތިލްވާނެ އެވެ. ފްލެޓަށް ދެމަފިރިން ޝަރުތުހަމަވެ ހޮވިއްޖެ ނަމަ، ހަވާލު ކުރާނީ އެކަކާ ކަމަށް އޭރު ހައުސިން މިނިސްޓްރީން ވަނީ ނިންމައިފަ އެވެ.
"ހިޔާ" މަޝްރޫޢުގެ ސިވިލް ސަރވިސް މުވައްޒަފުންނަށް ޚާއްސަ ކެޓަގަރީގެ ވަގުތީ ލިސްޓު "ފްލެޓުތަކުގެ މައްސަލަބަލާ ކޮމިޓީ" އިން އިޢުލާނުކުރައްވައިފި https://t.co/0qSIK7UZf6
— The President's Office (@presidencymv) December 28, 2020
ސިވިލް ސާވަންޓުންގެ ތެރެއިން ފްލެޓް ލިބޭ ވަގުތީ ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު އަންނަ މަހުގެ 3 ވަނަ ދުވަހާ ހަމައަށް ވަނީ ހުޅުވާލައިފަ އެވެ.
ހުޅުމާލޭގައި، ހިޔާ މަޝްރޫއުގައި ފުރަތަމަ ޕްލޭންކުރި 7،000 ފްލެޓަށް 12 ކެޓަގަރީއަކުން ކުރިމަތިލާން ހުޅުވާލުމުން ގާތްގަނޑަކަށް 25،000 ފޯމު ހުށަހެޅި އެވެ. މީގެ ތެރެއިން ފްލެޓު ލިބުނު މީހުން ކަނޑައެޅި ގޮތާ މެދު ބޮޑެތި ތުހުމަތުތަކެއް ކުރީގެ ސަރުކާރަށް ކުރި އެވެ. މި ސަރުކާރުން ފްލެޓް ކޮމިޓީއެއް ހަދައި ފޯމުތައް އަލުން އިވެލުއޭޓްކުރަން ނިންމީ އެ ޝަކުވާތަކާ ހެދި އެވެ.
ސިވިލް ސާވިސްގެ މުވައްޒަފުންނަށް ޚާއްސަކުރި ފްލެޓްތަކުގެ ވަގުތީ ލިސްޓު އާއްމުކުރުމާ އެކު ހުރިހާ ކެޓަގަރީއެއްގެ ވަގުތީ ލިސްޓު ނެރެ ނިމުނީ އެވެ. ފައިނަލް ލިސްޓުތައް މި މަހުގެތެރޭގައި ނެރޭނެ ކަމަށް ފްލެޓް ކޮމިޓީން ކުރިން އޮތީ ބުނެފަ އެވެ.
ސަރުކާރުގެ އޮފީސްތައް އާދީއްތަ ދުވަހު ހުޅުވާނެ
މާދަމާ އާއި ބުރާސްފަތީގައި އޮފީސްތައް ނުހުޅުވާނެ
އާދިއްތަ އަކީ ސަރުކާރު ބަންދު ދުވަހެއް
ސަރުކާރު މުވައްޒަފުންނަށް 400 ފްލެޓް އަޅަން އަމީނަށް
ސަރުކާރުގެ ޕްރޮފެޝަނަލް ބޭފުޅުންނަށް ހައުސިން ޔުނިޓް
ފަހު 10ގައި ވަޒީފާއަށް ނުކުންނަ މީހުންނަށް އިނާޔަތެއް
ރޯދަމަހުގެ ފަހު 10 ގައި ސަރުކާރު ބަންދު
ސަރުކާރު އޮފީސްތަކުގައި ކުދިން ބެލޭނެ ތަނެއް ހަދަނީ
ސިވިލް ސާވިސްގެ ވަގުތު އަށް ގަޑިއިރަށް ބަދަލުކުރަނީ
"ސިޔާސީ ހަރަކާތްތަކުގެ މާއްދާއަށް ގެނައީ ހެޔޮބަދަލެއް"