Roadha Mihaaru
ރައީސް ޔާމީން މިރޭ ގައުމާ މުހާތަބްކުރައްވާނެ

ރައީސް ޔާމީން މިރޭ ގައުމާ މުހާތަބްކުރައްވާނެ

25 ޖުލައި 2016

މާދަމާ ފާހަގަކުރާ މި އަހަރުގެ މިނިވަން ދުވަހުގެ މުނާސަބަތުގައި ރައީސް އަބްދުﷲ ޔާމީން މިރޭ ގައުމާ މުހާތަބްކުރައްވާނެ ކަމަށް ރައީސް އޮފީހުން މިއަދު ބުނެފި އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

މާދަމާ ފާހަގަކުރާ މި އަހަރުގެ މިނިވަން ދުވަހުގެ މުނާސަބަތުގައި ރައީސް އަބްދުﷲ ޔާމީން މިރޭ ގައުމާ މުހާތަބްކުރައްވާނެ ކަމަށް ރައީސް އޮފީހުން މިއަދު ބުނެފި އެވެ.

ރައީސް އޮފީހުގެ ތަރުޖަމާން އިބްރާހިމް މުއާޒް އަލީ ވިދާޅުވީ ރައީސް ގައުމާ މުހާތަބްކުރައްވާނީ ޖުމްހޫރީ މައިދާނުގައި މިރޭ 11:50 ގައި އޮންނަ ގައުމީ ދިދަ ނެގުމުގެ ރަސްމިއްޔާތަށް ފަހު ކަމަށެވެ. އެ ރަސްމިއްޔާތުގައި ދައުލަތުގެ އިސްވެރިން ބައިވެރިވެވަޑައިގަންނަވާނެ އެވެ.

މިނިވަން ދުވަހު ރައީސް ޔާމީންގެ ރަސްމީ ބައްދަލުކުރެއްވުން ބާއްވަން އޮތީ މާދަމާ ރޭ އިސްލާމީ މަރުކަޒު ސަރަހައްދުގަ އެވެ. މިފަހަރުގެ ބައްދަލުކުރެއްވުމަށް 4،000 މީހުންނަށް ދައުވަތު ދީފައިވެ އެވެ. މިއީ، މުއާޒް ވިދާޅުވި ގޮތުގައި، 2007 ވަނަ އަހަރަށް ފަހު އެންމެ ގިނަ މީހުންނަށް އެއް ފަހަރާ ރައީސް ދައުވަތު ދެއްވި ފަހަރެވެ.

މިނިވަން ދުވަހުގެ ރަސްމީ ހަރަކާތްތަކާ ގުޅޭގޮތުން މުއާޒް މިއަދު ނޫސްވެރިންނާ ވާހަކަ ދައްކަވަނީ. --ފޮޓޯ: މުހައްމަދު ޝަރުހާން

މިނިވަން ދުވަހުގެ ރަސްމީ ހަރަކާތްތަކާ ގުޅޭގޮތުން މުއާޒް މިއަދު ނޫސްވެރިންނާ ވާހަކަ ދައްކަވަނީ. --ފޮޓޯ: މުހައްމަދު ޝަރުހާން

މިނިވަން ދުވަހުގެ ރަސްމިއްޔާތަށް ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމާއި ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދަށް ވަނީ ދައުވަތު އަރުވައިފަ އެވެ.

މިފަހަރުގެ ރަސްމީ ޖަލްސާގައި އެއްވެސް ގައުމެއްގެ އިސްވެރިއަކު ބައިވެރިވެވަޑައެއް ނުގަންނަވަ އެވެ.

ޖަލްސާ ޝަރަފްވެރިކޮށްދޭން ޕާކިސްތާނުގެ ބޮޑުވަޒީރު ނަވާޒް ޝަރީފަށް ދައުވަތު އެރުވި ނަމަވެސް އެމަނިކުފާނު އާލާސްކަންފުޅާ އުޅުއްވާތީ ދަތުރުފުޅު ކެންސަލްކުރައްވާފައިވާ ކަމަށް މުއާޒް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގެ އިންތިޒާމްތައް މި އަހަރު ފުރިހަމަވާނެ އެވެ. އެކަމަށް ހާއްސަ ޓީމުތަކެއް އެކުލަވާލާފައިވާ ކަން ވެސް މުއާޒް ފާހަގަކުރެއްވި އެވެ.