Roadha Mihaaru
މެލޭޝިއާއިން އޮންލައިންކޮށް ވިޔަފާރިކުރެވޭ ގޮތް ހަދައިފި

މެލޭޝިޔާގެ ފިހާރަތަކުން އޮންލައިންކޮށް ވިޔަފާރިކުރެވޭ ގޮތް ލެކިއުޓުން ހަދައިފި

30 ޖުލައި 2018

މެލޭޝިއާގެ ފިހާރަތަކުން އޮންލައިންކޮށް ވިޔަފާރިކުރުމުގެ ފުރުސަތު ލެކިއުޓުން ހުޅުވާލައިފި އެވެ.

ފަރާ އަހުމަދު ފަރާ އަހުމަދު

މެލޭޝިއާގެ ފިހާރަތަކުން އޮންލައިންކޮށް ވިޔަފާރިކުރުމުގެ ފުރުސަތު ލެކިއުޓުން ހުޅުވާލައިފި އެވެ.

"ކޭއެލް ޑައިރެކްޓް" ގެ ނަމުގައި ލެކިއުޓުން ތައާރަފްކުރި ހިދުމަތް މެދުވެރިކޮށް، މެލޭޝިއާގެ ބައެއް އޮންލައިން ފިހާރަތަކުން ތަކެތި ގޭގައި ހުރެގެން ފަސޭހަކަމާއެކު ގަތުމުގެ ފުރުސަތު ކަސްޓަމަރުންނަށް ލިބޭނެ އެވެ.

ލެކިއުޓުން ބުނީ، ދިވެހިންގެ މެދުގައި ވިޔަފާރިކުރަން މަގުބޫލު، މެލޭޝިއާގެ މަޝްހޫރު އޮންލައިން ޝޮޕިން ވެބްސައިޓުތައް ކަމަށްވާ "ލަޒާޑާ ޑޮޓްކޮމް ޑޮޓް އެމްވައި" އާއި 'ޕޮޕްލުކް ޑޮޓްކޮމް" އަދި "ޒަލޯރާ ޑޮޓްކޮމް ޑޮޓް އެމްވައި" ފަދަ ވެބްސައިޓްތަކުގެ އިތުރުން މެލޭޝިއާ ގައި ހުންނަ އިންޓަނޭޝަނަލް ބްރޭންޑްތައް ކަމަށްވާ "މެންގޯ" އަދި "ވަޓްސަންސް" ފަދަ ތަންތަނުން ވެސް ކަސްޓަމަރުންނަށް އެއްޗެހި އޯޑާ ކުރެވޭނެ ކަމަށެވެ.

"ކޭއެލް ޑައިރެކްޓް"ގެ ހިދުމަތް ހޯދަން ބޭނުންވާ ފަރާތްތަކުން، މެލޭޝިއާގެ އޮންލައިން ޝޮޕިން ސައިޓްތަކަށް ވަދެ، ބޭނުންވާ އެއްޗެއްގެ ލިންކް ފޮނުވުމުން، ޕްރީ- އޯޑާގެ ދަށުން އެތަކެތި ރާއްޖެއަށް ގެނެސްދޭނެ އެވެ. ކަސްޓަމަރުން ބޭނުންވާ ޕްރޮޑަކްޓެއްގެ ލިންކް ނުވަތަ ފޮޓޯ ވައިބަ، ވަޓްސްއެޕް، ފޭސްބުކް، އިންސްޓަގްރާމް އަދި ޓުވިޓާއިން ލެކިއުޓަށް ފޮނުވޭނެ ގޮތް ވެސް ހަމަޖައްސާފައިވެ އެވެ. މީގެ އިތުރުން ލެކިއުޓްގެ ކަސްޓަމާ ސާވިސަސް ހޮޓްލައިން 7696699 އަށް ފޮނުވުމުން ވެސް އޯޑަރު ބަލައިގަނެވޭނެ އެވެ.

ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ސެންޓާއި ކޮސްމެޓިކްސްގެ ވިޔަފާރިކުރާ ކުންފުނިން ބުނީ ޕްރީ- އޯޑާގެ މި ހިދުމަތް މެދުވެރިކޮށް ގަންނަ ތަކެތި ދޭއް ނުވަތަ ހަތަރު ހަފުތާ ތެރޭގައި ކަސްޓަމަރުންނަށް ގެނެސްދެވޭނެ ކަމަށެވެ. އަދި ފައިސާ ދައްކާނީ އެ ތަކެއްޗާ ހަވާލުވުމަށްފަހު، ލެކިއުޓަށް އޮންލައިންކޮށް، ނުވަތަ އޮންލައިން ބޭންކިން މެދުވެރިކޮށް، ނުވަތަ ނަގުދު ފައިސާއިން ނެވެ. އަދި ބޮޑެތި އޯޑަރުތަކަށް އިންސްޓޯލްމަންޓަށް ވެސް ފައިސާ ދެއްކޭނެ ކަމަށް ލެކިއުޓުން ބުންޏެވެ.

އެ ކުންފުނިން ވަނީ ފައިސާ ދެއްކުމުގައި ވެސް ކަސްޓަމަރުންނަށް ރައްކާތެރިކަން ޔަގީންކޮށްދީފަ އެވެ.

ލެކިއުޓުން ބުނެފައި ވަނީ "ކޭއެލް ޑައިރެކްޓް" މެދުވެރިކޮށް ދިވެހިން ބޭނުންވާ ވަރަށް ގިނަ ތަކެތި ލިބޭނެ ކަމަށެވެ. އެގޮތުން ގޭތެރެއަށް ބޭނުންވާ ސާމާނާއި ރީތިވާ ތަކެއްޗާއި ސެންޓު، ހެދުން އަދި ބޭނުންވާ ކޮންމެ ކެޓެގަރީއެއްގެ އުފެއްދުންތައް ފަސޭހަކަމާއެކު ގެނެވޭނެ ކަމަށެވެ.

އެ ކުންފުނިން ބުނީ އުއްމީދަކީ އެ އާ ހިދުމަތަކީ ވެސް ރާއްޖެއަށް ބޭނުންތެރި އަދި ކަސްޓަމަރުން ބަލައިގަންނާނެ ހިދުމަތަކަށްވެ، ރާއްޖޭގައި ހުރެގެން ފަސޭހަކަމާ އެކު ކޮލިޓީ ތަކެތި ކަސްޓަމަރުންނަށް ފޯރުކޮށްދިނުން ކަމަށް ވެސް ލެކިއުޓުން ބުނެފައިވެ އެވެ.