31 ޖުލައި 2018
ރާއްޖޭގައި ހަދާ ފުރަތަމަ ވެބް ސީރީޒް "ހުވާ" ގެ ޝޫޓިން ނިންމާލައިފި އެވެ.
ރާއްޖޭގައި ހަދާ ފުރަތަމަ ވެބް ސީރީޒް "ހުވާ" ގެ ޝޫޓިން ނިންމާލައިފި އެވެ.
ފާތުމަތު ނަހުލާގެ ސްކްރީންޕްލޭއަކަށް، އޭނާގެ ބެލުމުގެ ދަށުން ހަދާ މި ވެބް ސީރީޒްގެ މަސައްކަތް ފެށީ މިދިޔަ ފެބުރުއަރީ މަހުގެ ތެރޭގަ އެވެ.
ކާމިޔާބު އެތައް ފިލްމަކާއި ޑްރާމާ ސިލްސިލާތަކެއް ގެނެސްދީފައިވާ ނަހުލާ ބުނި ގޮތުގައި "ހުވާ" ގެ ޝޫޓިން އެއްކޮށް ނިމި މިހާރު ކުރިއަށް ދަނީ ޕޯސްޓް ޕްރޮޑަކްޝަން މަސައްކަތެވެ. މީގެ ޑައިރެކްޝަން ހަދާފައި ވަނީ ސީދާ އޭނާގެ އިރުޝާދުގެ ދަށުން މުހައްމަދު ފައިސަލާއި ޔޫސުފް (ޔޫއްޕެ) ޝަފީއު އެވެ.
"ހުވާ" ގެ ކާސްޓުންގެ ތެރޭގައި ވެސް އެ ދެ ތަރިން ހިމެނެ އެވެ.
"ހުވާ" ގެ ބައެއް ކާސްޓުންނާ އެކު ނަހުލާ.
އިތުރު ކާސްޓުންގެ ތެރޭގައި ރަވީ ފާރޫގް، މަރިޔަމް އައްޒަ، ޝީލާ ނަޖީބް، އިބްރާހީމް (ޖިމީ) ޖިހާދު، އައިމިނަތު ރިޝްފާ، އަލީ (ދޮންއައްޔަ) އާޒިމް، ޖާދުﷲ (ޖާދު) އިސްމާއީލް އަދި އާރިފާ އިބްރާހީމް ފަދަ ތަރިން ހިމެނެ އެވެ.
"ހުވާ" ޝޫޓްކޮށްފައި ވަނީ މާލެ/ވިލިމާލެ އަދި ކ. ގުރައިދޫގަ އެވެ.
ނަހުލާ ބުނި ގޮތުގައި "ހުވާ" ބެލުންރިންނާ ހަމައަށް އަންނަން އަދި ގާތްގަނޑަަކަށް ދެ މަހެއްހާ ދުވަސް ނަގާނެ އެވެ. އޭނާ ބުނީ މިއީ މަސްތަތަކަށް ދިގުދެމިގެން ދާނެ ވަރަށް ވެސް އިބުރަތްތެރި ހާދިސާތަކެއް ފެނިގެން ދާނެ ވެބް ސީރީޒެއް ކަމަށެވެ.
ނަހުލާ އާއި ފައިސަލް "ހުވާ" ގެ ޝޫޓިންގައި.
"މީގެ ސްޓޯރީ ވަރަށް ފުޅާ ވާނެ. އާއިލީ އިޖުތިމާއީ ވަރަށް ގިނަ އިޝޫސްތަކަކަށް މީގެ އެޕިސޯޑްތައް ބޭސްވެފައި ހުންނާނެ. ކުރުކޮށް ބުނަންޏާ މި އެއްޗަކީ މަސާލާ އެއްޗެއް،" ނަހުލާ ބުންޏެވެ.
އޭނާ އެންމެ ފަހުން ބެލުންތެރިންނަށް ގެނެސް ދިނީ މިދިޔަ އަހަރު އެޅުވި ލޯބީގެ ފިލްމް "ބޮސް" އެވެ.
"ހުވާ" ގެ ކާސްޓާ ރަވީ ވެސް ގުޅިއްޖެ
"ހުވާ 2" ގެ ޓީޒާ ދައްކާލައިފި
"ހުވާ 2" މި މަހުގެ 30 ގައި
މި އަހަރަށް ކިތައް ދިވެހި ފިލްމު؟
ނަހުލާގެ "ހުވާ" ދެން މާ ލަހެއް ނުވާނެ
"ހުވާ" ގެ ކާސްޓަށް ޔޫއްޕެ އާއި އައްޒަ
ސިނަމާއިން ބަލައިލަން އެދޭ އާ ޖޯޑުތަކަކީ ކޮބާ؟
"ހުވާކޮށްފާ ބުނަން" އަންނާނީ ބައިސްކޯފަށް
އެންމެ ބިރުވެރި ދިވެހި ފިލްމަކީ ކޮބާ؟
ނަހުލާގެ "ސޮރީ" ގެ ލަވަތައް ނިންމާލައިފި