Roadha Mihaaru
"ހުވާ 2" މި މަހުގެ 30 ގައި

"ހުވާ" ސީޒަން 2 ސްޓްރީމްކުރުން މި މަހުގެ 30 ގައި

19 ޖެނުއަރީ 2020

ބައިސްކޯފާ ގުޅިގެން ފާތުމަތު ނަހުލާ ގެނެސްދޭ ވެބް ސީރީޒް "ހުވާ" ގެ ދެ ވަނަ ސީޒަން މި މަހުގެ 30 ވަނަ ދުވަހު ސްޓްރީމްކުރަން ނިންމައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ބައިސްކޯފާ ގުޅިގެން ފާތުމަތު ނަހުލާ ގެނެސްދޭ ވެބް ސީރީޒް "ހުވާ" ގެ ދެ ވަނަ ސީޒަން މި މަހުގެ 30 ވަނަ ދުވަހު ސްޓްރީމްކުރަން ނިންމައިފި އެވެ.

ނަހުލާ ބުނީ ޓްރެއިލާ ވެސް ވަރަށް އަވަހަށް ބެލުންތެރިންނަށް ދައްކައިލަން ތައްޔާރުވަމުން އަންނަ ކަމަށެވެ. "ހުވާ" އަކީ މިދިޔަ އަހަރު ލޯންޗްކޮށް، މިހާރު ވަރަށް ބޮޑު މަގުބޫލުކަމެއް ހޯދާފައިވާ މޮބައިލް އެޕް ބައިސްކޯފަށް އައި ރާއްޖޭގެ ފުރަތަމަ ވެބް ސީރީޒެވެ.

ފުރަތަމަ ސީޒަނުގެ ބޮޑު ކާމިޔާބީ އަށް ފަހު "ހުވާ" ގެ ދެ ވަނަ ސީޒަން ގެނެސްދޭން ތައްޔާރުވަމުން އަންނަ އިރު، މިއީ ނަހުލާގެ އަސަރުގަދަ ވާހަކައަކަށް ގެނެސްދޭ އެއްޗެކެވެ. ބޮޑު ކާސްޓެއް ވެސް ހިމެނޭ ސީރީޒްގެ ދެވަނަ ސީޒަނުން މި ފަހަރު ފެންނާނެ އެންމެ ބޮޑު ތަފާތަކީ ކުރިން ރަވީ ފާރޫގް ފެނިގެން ދިޔަ ކެރެކްޓާ އިން އަބްދުﷲ މުއާޒް (މުއާ) ފެނިގެން ދިއުމެވެ.

އޭނާގެ އިތުރުން "ހުވާ 2" ގެ ކާސްޓާ ގުޅުނު ތަރިންގެ ތެރޭގައި އަހުމަދު އަޒްމީލްގެ އިތުރުން އާ އެކްޓަރެއް ވެސް ހިމެނެ އެވެ.

ފުރަތަމަ ސީޒަނުގައި މުހިއްމު ރޯލެއް ކުޅުނު ޔޫސުފް ޝަފީއު (ޔޫއްޕެ) ބައެއް އެޕިސޯޑްތައް ޑައިރެކްޓްކުރި "ހުވާ 2" ގެ ކާސްޓުންގެ ތެރޭގައި ޝީލާ ނަޖީބާއި މުހައްމަދު ފައިސަލާއި މަރިޔަމް އައްޒަ އާއި އައިމިނަތު ރިޝްފާ އާއި އަލީ އާޒިމް (ދޮން އައްޔަ) އާއި އިރުފާނާ އިބްރާހީމާއި އިބްރާހީމް ޖިހާދު (ޖިމީ) އާއި އަބްދުﷲ ޝާފިއު (ފުބޫ) ގެ އިތުރުން އަހުމަދު އީސަ (އާނަންދު) ހިމެނެ އެވެ.

"ހުވާ 2" ގައި 70 ވަރަކަށް އެޕިސޯޑް ހިމެނޭ އިރު، ކޮންމެ އެޕިސޯޑެއްގެ ދިގުމިނަކީ 20 މިނިޓެވެ.

މި ސީރީޒްގެ އިތުރުން ނަހުލާ ވަނީ ބައިސްކޯފާ ގުޅިގެން "ދަޅަ" ގެ ނަމުގައި ވެސް އިތުރު ސީރީޒެއް ގެނެސްދޭން ނިންމައިފަ އެވެ. އޭގެ ސްކްރީންޕްލޭ ހަވާލުކޮށްފައި ވަނީ މަޝްހޫރު ވާހަކަ ލިޔުންތެރިޔާ ބިންމާ އިބްރާހީމް ވަހީދާ އެވެ.