Roadha Mihaaru
ރިޒާވް އިތުރުވީ ބޭންކުތަކުގެ ޑިޕޮޒިޓް އިތުރުވުމުން

ޑޮލަރު ރިޒާވް 723.9 މިލިއަނަށް އިތުރުވީ ބޭންކުތަކުގެ ޑިޕޮޒިޓް އިތުރުވުމުން: އެމްއެމްއޭ

07 އޯގަސްޓް 2018

މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި 723.9 މިލިއަން ޑޮލަރަށް ރިޒާވް އިތުރުވީ ބޭންކުތަކުގެ ޑިޕޮޒިޓް އިތުރުވުމުން ކަމަށް އެމްއެމްއޭ އިން ބުނެފި އެވެ.

އަބްދުﷲ ޖަމީލު އަބްދުﷲ ޖަމީލު

މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި 723.9 މިލިއަން ޑޮލަރަށް ރިޒާވް އިތުރުވީ ބޭންކުތަކުގެ ޑިޕޮޒިޓް އިތުރުވުމުން ކަމަށް އެމްއެމްއޭ އިން ބުނެފި އެވެ.

މަރުކަޒީ ބޭންކުން ނެރުނު ކުއާޓަލީ އިކޮނޮމިކް ބުލެޓިންގައިވާ ގޮތުން ފުރަތަމަ ކުއާޓަރު ނިމުނުއިރު، ބޭރު ފައިސާގެ ރިޒާވްގެ ގޮތުގައި ހުރީ 723.9 މިލިއަން ޑޮލަރެވެ. އެއީ މިދިޔަ އަހަރުގެ އެ ކުއާޓަރާ އަޅާބަލާއިރު، 44 ޕަސެންޓް އިތުރު އަދަދެކެވެ. އަދި އެއީ މިދިޔަ އަހަރުގެ ކުއާޓަރާ އަޅާބަލާއިރު 24 ޕަސެންޓްގެ އިތުރުވުމެއް ކަމަށް ވެސް އެމްއެމްއޭ އިން ބުންޏެވެ.

އެ އޮތޯރިޓީން ބުނެފައި ވަނީ ބޭންކުތަކުން ބެހެއްޓި ޑިޕޮސިޓްގެ ތެރޭގަިއ ހިމެނެނީ މިނިމަމް ރިޒާވް ރިކުއާމަންޓް (އެމްއާރުއާރު)ގެ ގޮތުގައި ބެހެއްޓި ޑޮލަރާއި އެކްސެސް ރިޒާވް ކަމަށެވެ. އެމްއާރުއާރުގެ ގޮތުގައި ބަހައްޓަނީ ބޭންކުތަކުގެ ޑިޕޮސިޓްގެ 10 ޕަސެންޓެވެ. އެކްސެސް ރިޒާވަކީ އެމްއާރުއާރުގެ އިތުރުން ބާކީ ހުންނަ އަދަދެވެ.

އެމްއެމްއޭގެ ބުލެޓިންގައިވާ ގޮތުން ބޭންކުތަކުގެ ޑޮލަރު ޑިޕޮސިޓް އިތުރުވި އިރު، އަމިއްލަ ފަރާތްތަކުން ރާއްޖޭގައި ހިންގާ ޕްރޮޖެކްޓްތަކަށް ބޭނުންވާ ފައިސާ ގެނެސް ރާއްޖޭގެ ބޭންކުތަކުގައި ޖަމާކުރުމާއި ބޭރުގެ ބޭންކުތަކުން ނެގި ޑޮލަރު ލޯނު ވެސް ހިމެނެ އެވެ.

އެ އޮތޯރިޓީން ކުރިން ޔޫޒަބްލް ރިޒާވް ނުވަތަ ވަގުތުން ބޭނުން ކުރެވޭ ގޮތަށް ހުންނަ ޑޮލަރު ރިޒާވްގެ އަދަދު ހާމަކުރަމުން އައި ނަމަވެސް އެ އަދަދު އިކޮނޮމިކް ބުލެޓިންގައި ހިމަނާފައެއް ނުވެ އެވެ.