Roadha Mihaaru
މަރިޔާދުގޭގައި ރޯކުރި މައްސަލާގައި މީހަކު ހައްޔަރުކޮށްފި

ގައްދޫގައި ހެދި މަރިޔާދުގޭގައި ހުޅުޖެހި ކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފި

21 އޯގަސްޓް 2018

ރައީސް އަބްދުﷲ ޔާމީން މި މަހު ގދ. ގައްދު އަށް ވަޑައިގެންނެވިއިރު، އެމަނިކުފާނަށް މަރުހަބާ ދެންނެވުމުގެ ރަސްމިއްޔާތަށް ތައްޔާރުކުރި މަރިޔާދުގޭގައި ރޭ ހުޅުޖެހި މައްސަލައިގެ ތުހުމަތަށް މީހަކު ހައްޔަރުކޮށްފި އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

ރައީސް އަބްދުﷲ ޔާމީން މި މަހު ގދ. ގައްދު އަށް ވަޑައިގެންނެވިއިރު، އެމަނިކުފާނަށް މަރުހަބާ ދެންނެވުމުގެ ރަސްމިއްޔާތަށް ތައްޔާރުކުރި މަރިޔާދުގޭގައި ރޭ ހުޅުޖެހި މައްސަލައިގެ ތުހުމަތަށް މީހަކު ހައްޔަރުކޮށްފި އެވެ.

އެނގިފައިވާ ގޮތުގައި، މި މައްސަލައިގައި ރޭ ހައްޔަރު ކުރީ އުމުރުން ގާތްގަނޑަކަށް 40 އަހަރުގެ ފިރިހެނެކެވެ. ނަމަވެސް މިކަމާ ގުޅިގެން ފުލުހުންގެ ބަހެއް އަދި ވަނީ ލިބޭ ގޮތް ނުވެފަ އެވެ.

ލަކުޑި އާއި ފަނުން، އުނދޯއްޔަކާ އެކު ޕީޕީއެމްގެ ސަޕޯޓަރުން ހަދާފައިވާ މަރިޔާދުގޭގައި ރޯވެފައި ހުއްޓައި ފެނުނީ ރޭ 10:30 ހާއިރު އެވެ.

ޕީޕީއެމުން ތުހުމަތު ކުރަނީ މަރިޔާދުގޭގައި ބަޔަކު ހުޅުޖެހީ ކަމަށެވެ. މި ހާދިސާގައި، 13 ފޫޓު ދިގު އަދި ފުޅާ މިނުގައި އަށް ފޫޓް ހުރި މަރިޔާދުގެ ވަނީ އަޅިއަށް ވެފަ އެވެ.

އާބާދީގައި 3،150 އުޅޭ ގައްދު އަށް ރައީސް ޔާމީން ވަޑައިގަތީ މި މަހުގެ ހަ ވަނަ ދުވަހު އެވެ.