11 އޯގަސްޓް 2018
ކަރަން ޖޯހަރް ޕްރޮޑިއުސްކޮށް 2008 ވަނަ އަހަރު ގެނެސް ދިން ކާމިޔާބު ފިލްމް "ދޯސްތާނާ" ގެ ދެވަނަ ބައެއް ގެނެސްދޭ ވާހަކަ ދެކެވޭތާ ދުވަސްތަކެއް ވެއްޖެ އެވެ.
ކަރަން ޖޯހަރް ޕްރޮޑިއުސްކޮށް 2008 ވަނަ އަހަރު ގެނެސް ދިން ކާމިޔާބު ފިލްމް "ދޯސްތާނާ" ގެ ދެވަނަ ބައެއް ގެނެސްދޭ ވާހަކަ ދެކެވޭތާ ދުވަސްތަކެއް ވެއްޖެ އެވެ.
ރިޕޯޓްތައް ބުނާ ގޮތުން މީގެ މަސައްކަތް ނުފެށި ލަސްވެފައި ވަނީ ފުރަތަމަ ބައި ލިޔެ، ޑައިރެކްޓް ކުރި ތަރުން މަންސުކާނީ ކަރަން އަށް ހުށަހެޅި ދެވަނަ ބައިގެ ސްކްރީންޕްލޭއާ މެދު އޭނާ އެހާ ހިތްހަމަނުޖެހޭތީ އެވެ.
އެކަމަކު ބޮލީވުޑްގެ އެންމެ ފަހުގެ ހަބަރުތައް މިހާރު ބުނާ ގޮތުން "ދޯސްތާނާ 2" ގެ ސްކްރިޕްޓް މިހާރު ނިންމައި، ފިލްމް ކާސްޓުން ނެގުމުގެ މަސައްކަތް ފަށަން އަންނަނީ ތައްޔާރުވަމުންނެވެ.
ފުރަތަމަ ބައިގައި ލީޑް ރޯލް ކުޅުނީ ޖޯން އަބްރަހަމް އާއި ޕްރިޔަންކާ ޗޯޕްޅާގެ އިތުރުން އަބީޝެކް ބައްޗަން އެވެ.
އެކަމަކު ދެވަނަ ބައި ގެނެސް ދޭން ކަރަން ނިންމާފައި ވަނީ އޭ ލިސްޓް އެހެން އެކްޓަރުންތަކަކާ އެކު ކަމަށް ބޮލީވުޑް ހަންގާމާ އިން ބުންޏެވެ. އެ ނޫހުން ބުނި ގޮތުގައި ދެވަނަ ބައި ޑައިރެކްޓް ކުރާނީ ވެސް މި ފަހަރު އެހެން މީހެކެވެ.
ކަރަން ވަރަށް އަވަހަށް ފިލްމް ރަސްމީކޮށް އިއުލާން ކުރާނެ ކަމަށް ވެސް ނޫސްތަކުން ބުންޏެވެ.
"ދޯސްތާނާ" ގެ ދެވަނަ ބަޔާ ބެހޭ ގޮތުން ޖޯން ބުނީ އެ ފިލްމުން އޭނާ އަށް ފުރުސަތު ނުލިބުމީ ހިތާމައެއް ކަމަށެވެ.
މި ފިލްމްގައި ބޮލީވުޑްގެ އެންމެ ލޫޅާފަތި ބަތަލާ ޝިލްޕާ ޝެޓީގެ ފަރި ނެށުންތައް ފެނިގެންދާ ލަވައެއް ވެސް ހިމެނެ އެވެ. "ދޯސްތާނާ" ގެ ގިނަ ލަވަތަކަކީ އާންމުންގެ މެދުގައި ވަރަށް މަގުބޫލުވި ލަވަތަކެކެވެ. އޭގެ ތެރޭގައި "ޝަޓް އަޕް އެންޑް ބައުސް" އާއި "ދޭސީ ގާލް" ވަކިން ފާހަގަކޮށްލެވެ އެވެ.
"ދޯސްތާނާ"ގެ ޑައިރެކްޓަރު ތަރުން މިހާރު އަންނަނީ "ޑްރައިވް" ކިޔާ ފިލްމެއް ކަރަންގެ ދަރްމާ އަށް ޑައިރެކްޓްކޮށް ދެމުންނެވެ. އެ ފިލްމްގެ ތަރިންނަކީ ސުޝާންތު ސިންގް ރާޖްޕޫތާއި ޖެކްލިން ފެނަންޑޭޒެވެ.
އަންނަ މަހުގެ 7 ގައި "ޑްރައިވް" ރިލީޒް ކުރާނެ ކަމަށް ކަރަން އިއުލާންކޮށްފައި ވިޔަސް، އޭނާގެ އެހެން ފިލްމްތަކަކާ ހިލާފަށް މި ފިލްމްގެ އެއްވެސް ޕްރޮމޯޝަން ހަރަކާތެއް މިހާތަނަކަށް ނުހިންގަ އެވެ.
ކަރަން އެންމެ ފަހުން ގެނެސް ދިނީ މިދިޔަ މަހުގެ 20 ގައި ރިލީޒް ކުރި "ދަޅަކް" އެވެ.
ކާތިކްގެ ބަދަލުގައި "ދޯސްތާނާ 2" އަށް ކާކު؟
"ދޯސްތާނާ 2" ގެ ޝޫޓިން އަށް އަލުން ތައްޔާރުވަނީ
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް
ދޯސްތާނާ 2 ގައި ޖާންވީ އާއި ކާތިކް އަކީ ދެބެއިން؟
"ދޯސްތާނާ 2" ގައި ޖާންވީ އާއި ކާތިކް
ގައުމުން ބޭރުގައި ގެތައް ހުންނަ ބޮލީވުޑްގެ ތަރިން
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް
"ކަލް ހޯ ނާ ހޯ" ލިޔަން އަނޫރާގަށް ލިބުނު
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް