Roadha Mihaaru
"ދޯސްތާނާ 2" ގެ ޝޫޓިން އަށް އަލުން ތައްޔާރުވަނީ

"ދޯސްތާނާ 2" ގެ ޝޫޓިން އަށް އަލުން ތައްޔާރުވަނީ

23 ޖެނުއަރީ 2021

ދެހާސް ނަވާރަ ވަނަ އަހަރުގެ ތެރޭގައި ޝޫޓިން ފަށާފައި އޮތް ކަރަން ޖޯހަރްގެ ދަރުމާ ޕްރޮޑަކްޝަން ރޮމޭންޓިކް ކޮމެޑީ "ދޯސްތާނާ 2" ގެ ޝޫޓިން އަލުން ފެށުމަށް ތައްޔާރުވާން ފަށައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ދެހާސް ނަވާރަ ވަނަ އަހަރުގެ ތެރޭގައި ޝޫޓިން ފަށާފައި އޮތް ކަރަން ޖޯހަރްގެ ދަރުމާ ޕްރޮޑަކްޝަން ރޮމޭންޓިކް ކޮމެޑީ "ދޯސްތާނާ 2" ގެ ޝޫޓިން އަލުން ފެށުމަށް ތައްޔާރުވާން ފަށައިފި އެވެ.

މި ފިލްމާ ބެހޭ އެއްވެސް ވާހަކައެއް ނުދެކެވޭތާ ގިނަ ދުވަސްތަކެއް ފަހުން މީޑިއާތަކުން ބުނީ ފިލްމުގެ ބައެއް މަންޒަރުތައް އުތުރު އިންޑިއާގެ އަމިރުތުސާގެ އެކި ހިސާބުތަކުގައި ކުރިން ޝޫޓްކޮށްފައިވާ އިރު، ދެވަނަ ޝެޑިއުލް ރާވާފައި އޮތީ އިނގިރޭސިވިލާތުގައި ޝޫޓްކުރާ ގޮތަށް ކަމަށެވެ.

ނަމަވެސް ކޮވިޑްގެ އާ ވޭރިއަންޓެއް އެ ގައުމުގައި ފެތުރެން ފެށުމުން ލޮކްޑައުންއަކަށް ގޮސްފައިވާތީ "ދޯސްތާނާ 2" އިނގިރޭސިވިލާތް ނޫން ތަނެއްގައި ޝޫޓްކުރަން ނިންމައި، އެކަމުގެ މަޝްވަރާތައް މިހާރު ކުރަމުން އަންނަ ކަމަށް މީޑިއާތަކުން ބުންޏެވެ.

ކޮލިން ޑި ކަންހާ ޑައިރެކްޓްކުރާ ފިލްމުގެ ލީޑް ތަރިންނަކީ ކާތިކް އާރިޔަނާއި ޖާންވީ ކަޕޫރްގެ އިތުރުން އަލަށް ތައާރަފުކުރާ ލަކްޝް ލަލްވާނީ އެވެ.

"ދޯސްތާނާ 2" އަކީ 2008 ގައި ކަރަންގެ ދަރުމާ ޕްރޮޑަކްޝަނުން ގެނެސްދިން "ދޯސްތާނާ" ގެ ސީކްއެލް އެވެ. ތަރުން މަންސުޚާނީ ޑައިރެކްޓްކުރި އެ ފިލްމުގެ ތަރިންނަކީ ޖޯން އަބްރަހަމާއި ޕްރިޔަންކާ ޗޯޕްޅާ އާއި އަބީޝެކް ބައްޗަންގެ އިތުރުން ބޮބީ ޑިއޯލް އެވެ.

"ދޯސްތާނާ" އަކީ ބެލުންތެރިންގެ މެދުގައި ވަރަށް މަގުބޫލުވި އަދި ވަރަށް ރީތި ލަވަތަކެއް ވެސް ހިމެނުނު ފިލްމެވެ. އޭގެ ތެރޭގައި "ދޭސީ ގާލް" އާއި ޝިލްޕާ ޝެޓީ ހާއްސަ ފެނިލުމަކުން ފެނުނު ލަވަ "ޝަޓަޕް އެންޑް ބައުންސް" ފާހަގަކޮށްލެވެ އެވެ.