Roadha Mihaaru
ދަރިފަނީގެ ބާރު ދަށްވާ އާންމު ސަބަބެއް ހޯދިއްޖެ

ދަރިފަނީގެ ބާރު ދަށްވާ އާންމު ސަބަބެއް ހޯދިއްޖެ

10 އޯގަސްޓް 2018

ބާރު ޖަނގިޔާ ކަހަލަ އެއްޗެހި ލައިގެން އުޅުމުން ފިރިހެނުންގެ ދަރިފަނީގެ ކޮލިޓީ އާއި އެއާ ގުޅުން ހުރި ހޯމޯންތަކަށް ވެސް ނޭދެވޭ އަސަރުކުރާ ކަމަށް އެމެރިކާގައި ކުރި ދިރާސާއެއްގައި ލަފާކޮށްފި އެވެ.

ބާރު ޖަނގިޔާ ކަހަލަ އެއްޗެހި ލައިގެން އުޅުމުން ފިރިހެނުންގެ ދަރިފަނީގެ ކޮލިޓީ އާއި އެއާ ގުޅުން ހުރި ހޯމޯންތަކަށް ވެސް ނޭދެވޭ އަސަރުކުރާ ކަމަށް އެމެރިކާގައި ކުރި ދިރާސާއެއްގައި ލަފާކޮށްފި އެވެ.

ހާވަޑް ޓީއެޗް ޗާން ސްކޫލް އޮފް ޕަބްލިކް ހެލްތުން ކުރި ދިރާސާއަށް ފަހު ބުނީ ބާރު އެއްޗެހި ލުމުގެ ބަދަލުގައި ބޮކްސާ ލުމުން ދަރިފަނީގެ ބާރު ގަދަވާނެ ކަމަށެވެ.

މިގޮތަށް ބުނެފައި ވަނީ 656 ފިރިހެނުން ބައިވެރިކޮށްގެން ކުރި ދިރާސާއަކަށް ފަހުގަ އެވެ. މި ދިރާސާއިން އެނގުނު ގޮތުގައި ބޮކްސާ ލާ މީހުންގެ ދަރިފަނީގެ ކޮލިޓީ، ޖަނގިޔާ ލާ މީހުންނާ އަޅާބަލާއިރު 25 ޕަސެންޓް އިތުރެވެ.

މިގޮތަށް މެދުވެރިވަނީ ބޮކްސާ ލުމުން، ހޫނު މަޑުވާތީ ކަމަށް ދިރާސާގައި ލަފާކޮށްފައިވެ އެވެ. އެހެންވެ ދިރިއުޅުމުގެ ކުޑަކުޑަ އާދަޔަކަށް ގެންނަ ބަދަލަކުން، ދަރިފަނީގެ ކޮލިޓީ ރަނގަޅުކުރެވިދާނެ ކަމަށް ބުނެފައިވެ އެވެ.

މިހާތަނަށް އެނގިފައިވާ ގޮތުގައި، ފިނިހޫނުމިން 34 ޑިގްރީ ސެލްސިއަސްއަށް ވުރެ މަތިވާ ނަމަ ދަރިފަނި އުފެދުމަށް ހުރަސްއެޅެ އެވެ. ފިރިހެނުންގެ ހަށިގަނޑު ގުދުރަތީ ގޮތުން އުފެދިފައި ވަނީ ވެސް، ދަރިފަނި އުފެދޭ ނިޒާމު ހިމެނޭ ހިސާބަށް ހޫނުވުން ކުޑަވާ ގޮތަށް ކަމަށާއި އެކަމަކު ޖަނގިޔާ ނުވަތަ އެގޮތަށް ހުންނަ އެއްޗެހި ލުމުން، ފިތި ބާރުވުމުގެ ސަބަބުން ހޫނުގަދަވެ ދަރިފަނީގެ ކޮލިޓީއަށް ނޭދެވޭ އަސަރު ކުރެ އެވެ.

ނަމަވެސް، ކޮންމެ އެއްޗެއް ލިޔަސް، ދަރިފަނީގެ ބައްޓަމަށް އަދި ޑީއެންއޭ ކޮލިޓީއަށް ބަދަލެއް އަންނަ ކަމެއް ދިރާސާގައި ފާހަގައެއް ނުވި އެވެ.

މި ދިރާސާ، ޖާނަލް ހިއުމަން ރިޕްރޮޑަކްޝަންގައި ވަނީ ޝާއިއުކޮށްފަ އެވެ. -- ބީބީސީ