Roadha Mihaaru
ކޯލިޝަން ސަރުކާރަކަށް ފުރުސަތު ދީފިނަމަ ގައުމު ހުއްޓޭނެ

ކޯލިޝަން ސަރުކާރަކީ ހުމާ އުޅޭ މީހަކު ޕެނެޑޯލް ގުޅައެއް ކައިލުން ކަހަަލަ ކަމެއް: ޑރ. ޝަހީމް

11 އޯގަސްޓް 2018

ކޯލިޝަން ސަރުކާރަކަށް ދިވެހިން ދެން ފުރުސަތު ދީފި ނަމަ، ގައުމު ހުއްޓޭނެ ކަމަށާއި އެއީ ހުން އައިސްގެން އުޅޭ މީހަކު ޕެނެޑޯލް ގުޅައެއް ކާލުން ފަދަ ކަމެއް ކަމަށް ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް ރައީސް އަބްދުﷲ ޔާމީންގެ ރަނިންމޭޓް ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ރޭ ވިދާޅުވެއްޖެ އެވެ.

ކޯލިޝަން ސަރުކާރަކަށް ދިވެހިން ދެން ފުރުސަތު ދީފި ނަމަ، ގައުމު ހުއްޓޭނެ ކަމަށާއި އެއީ ހުން އައިސްގެން އުޅޭ މީހަކު ޕެނެޑޯލް ގުޅައެއް ކާލުން ފަދަ ކަމެއް ކަމަށް ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް ރައީސް އަބްދުﷲ ޔާމީންގެ ރަނިންމޭޓް ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ރޭ ވިދާޅުވެއްޖެ އެވެ.

އަންނަ މަހުގެ 23 ގައި ބާއްވާ މި އަހަރުގެ ރިޔާސީ އިންތިޚާބުގެ ކެމްޕެއިނަށް ފުރަތަމަ ފަހަރަށް ފުވައްމުލަކަށް ވަޑައިގެން، އެ ސިޓީގައި ޕީޕީއެމްގެ ރަސްމީ އޮފީހެއް ހުޅުވުމަށް ބޭއްވި ޖަލްސާގައި، ކޯލިޝަން ސަރުކާރުތަކުގެ ތަޖުރިބާގެ އަލީގައި ޝަހީމް ވިދާޅުވީ އެފަދަ ސަރުކާރުތަކަކީ ދާއިމީ ހައްލެއް ނޫން ކަމަށެވެ.

"އެއީ ހުމާ އުޅޭ މީހަކު ޕެނެޑޯލް ގުޅައެއް ކާލުން ކަހަލަ ކަމެއް. ހަމަ އަނެއްކާ ހުން އަންނާނެ. އެއީ އިރުވަރު ފިލައި ދިޔައީމާ،" އެމްޑީޕީ އާއި ޖުމްހޫރީ ޕާޓީ އާއި އަދާލަތު ޕާޓީ އަދި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ހިމެނޭ ކޯލިޝަނެއް ގުޅިގެން މި އަހަރުގެ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރުމަށް ކުރާ މަސައްކަތަށް އިޝާރާތް ކުރައްވަމުން ޝަހީމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، ކޯލިޝަން ސަރުކާރުތަކުގައި އެކި ޕާޓީތަކަށް އެކި މިނިސްޓްރީތަކުން ބައި އަޅާއިރު، އެ ތަންތަނުގައި އޮންނާނީ ތަފާތު ސަރުކާރުތައް ކަމަށެވެ. އެގޮތުން އެ މިނިސްޓްރީއެއްގައި އެހެން ޕާޓީއަކަށް ނިސްބަތްވާ މިނިސްޓަރަކު ހުންނަވާއިރު، ސްޓޭޓް މިނިސްޓަރަކަށް އަނެއް ޕާޓީއެއްގެ މިނިސްޓަރަކު ހުންނެވުމުން މައްސަލަތައް ދިމާވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ފުވައްމުލަކުގައި ޕީޕީއެމްގެ އޮފީހެއް ހުޅުވުމަށް ރޭ ބޭއްވި ޖަލްސާގައި ޝަހީމް ވާހަކަ ދައްކަވަނީ.

ފުވައްމުލަކުގައި ޕީޕީއެމްގެ އޮފީހެއް ހުޅުވުމަށް ރޭ ބޭއްވި ޖަލްސާގައި ޝަހީމް ވާހަކަ ދައްކަވަނީ.

"އެހެންވީމާ އެއް ވުޒާރާއެއްގެ ތެރޭގައި ވެސް އޮންނާނީ ތަފާތު ސަރުކާރެއް. މުޅި ސަރުކާރުގެ ތެރޭގައި ތިބޭނީ ތަފާތު ވެރިން. އެކަކު ދަމާނީ މިކޮޅަށް އަނެކަކު ދަމާނީ އަނެއް ކޮޅަށް. އެހެންވީމާ ހަލުވި ކަމާ އެކު މިދާ ތަރައްގީ އަށް ވަރަށް ބޮޑު ހުއްޓުމެއް އަންނާނެ،" މީގެ ކުރިން ކޯލިޝަން ސަރުކާރުތަކުގައި މަސައްކަތް ކުރައްވާފައިވާ ޝަހީމް ވިދާޅުވި އެވެ.

"މިއީ އެއްވެސް ބަޔަކަށް މަލާމާތް ކޮށް ބުނާ އެއްޗެއް ނޫން. މިކަން ދާނެ ގޮތް މިއީ. ގައުމު ހުއްޓޭނެ. ވުޒާރާތަކުގެ ވެރިން އެކަކު އަނެކަކަށް ތަޅާފޮޅާނެ. ސިޔާސަތުތައް އެއް އަމާޒަކަށް ދަތުރެއް ނުކުރާނެ. އެހެންވީމާ ގައުމު ވަރަށް ބޮޑު ހުއްޓުމެއްގެ ތެރެއަށް އަންނާނެ. އެހެންވީމާ އަޅުގަނޑުމެން ބޭނުމެއް ނުވޭ، ދިވެހި ރައްޔިތުން ބޭނުން ވެގެން ވެސް ނުވާނެ އެގޮތަށް ފަހަތަށް ފިޔަވަޅު އަޅާކަށް."

ޝަހީމް ވިދާޅުވި ގޮތުގައި، ރާއްޖޭގެ ތަރައްގީގެ ކަންކަން ހުއްޓުމެއް ނެތި ކުރިއަށް ގެންދެވޭނެ ދާއިމީ ފަރުވާ އަކީ ރައީސް ޔާމީނެވެ. އެހެންވެ، އެމްޑީޕީ އާއި ޖުމްހޫރީ ޕާޓީ އާއި އަދާލަތު ޕާޓީގެ މެމްބަރުން ވެސް ޕީޕީއެމާ ގުޅިގެން ރައީސް ޔާމީނަށް ވޯޓު ދިނުމަށް ޝަހީމް ވަނީ ތަކުރާރުކޮށް އެދިވަޑައިގެންފަ އެވެ. އަދި ވިދާޅުވީ، ރާއްޖޭގައި މަދަނީ ތަރައްގީ ހުއްޓުމެއް ނެތި ގާއިމް ކޮށްދެއްވޭނެ ހަމައެކަނި ބޭފުޅަކީ ރައީސް ޔާމީން ކަމަށެވެ.

ޝަހީމަށް މަރުހަބާ ކިޔުމަށް ފުވައްމުލަކު އެއާޕޯޓަށް ރޭ ދިޔަ، ޚާއްސަ އެހީއަށް ބޭނުންވާ މީހަކާ ޝަހީމް ސަލާމް ކުރައްވައި ބޮލަށް ބޮސް ދެއްވަނީ.

ޝަހީމަށް މަރުހަބާ ކިޔުމަށް ފުވައްމުލަކު އެއާޕޯޓަށް ރޭ ދިޔަ، ޚާއްސަ އެހީއަށް ބޭނުންވާ މީހަކާ ޝަހީމް ސަލާމް ކުރައްވައި ބޮލަށް ބޮސް ދެއްވަނީ.

"ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަކީ ދިވެހި ރައީސެއް. އެއީ ބޭރުން އިމްޕޯޓް ކޮށްފައި ހުރި ރައީސެއް ނޫން. އަޅުގަނޑުމެން ބޭނުންވަނީ ދިވެހިރާއްޖޭގައި ދިވެހި ވަންތަ، މުސްތަގިއްލު ރައީސެއް ހުރުން. އަޅުގަނޑުމެން ބޭނުންވަނީ ދިވެހިރާއްޖޭގައި އަމިއްލަ ވަންތަ ނިންމުންތަކެއް ނިންމުމުގައި ގާބިލްކަން ހުރި ރައީސެއް ހުންނަން،" ޕީޕީއެމްގެ އޮފީހެއް ފުވައްމުލަކުގައި ހުޅުވުމަށް ބޭއްވި ރަސްމިއްޔާތަށް ދިޔަ ގިނަ އަދަދެއްގެ ބަޔަކާ ވާހަކަ ދައްކަވަމުން ޝަހީމް ވިދާޅުވި އެވެ.

"އަޅުގަނޑުމެން ބޭނުމެއް ނުވޭ ދިވެހިރާއްޖޭގައި ގޮނޑި ކޮއްކޮ ސަރުކާރެއް އޮންނާކަށް. އަޅުގަނޑުމެން ބޭނުންވަނީ ދިވެހި ވަންތަ ވެރިކަމެއް. އަޅުގަނޑުމެން ބޭނުންވަނީ ވަރުގަދަ ޒައީމެއް އަޅުގަނޑުމެންގެ ރައީސަކަށް."

ޝަހީމަށް މަރުހަބާ ކިޔުމަށް ފުވައްމުލަކު އެއާޕޯޓަށް ދިޔަ މީހުންގެ އަދަދު ގިނަކަމުން އެކަމާ އުފާކުރައްވަމުން އޭނާ ވިދާޅުވީ ސިޔާސީ ހަޔާތުގައި، ދޮޅު ގަޑިއިރު ވަންދެން އެއްވެސް ބަޔަކާ މިހާތަނަށް ސަލާމް ކުރައްވާފައި ނުވާ ކަމަށެވެ. ޝަހީމް ވިދާޅުވި ގޮތުގައި، އެހާ ގިނަ ބަޔަކު އޭނާ އަށް މަރުހަބާ ކިޔުމަށް ދިއުމުން ވަރަށް ބޮޑު ހިތްވަރެއް ލިބިވަޑައިގެންނެވި އެވެ.

ޝަހީމަށް މަރުހަބާ ކިޔުމަށް ފުވައްމުލަކު އެއާޕޯޓަށް ރޭ ދިޔަ ބައެއް މީހުން ސަފަކަށް އެތުރިލައިގެން: ޝަހީމް ވިދާޅުވީ، އޭނާގެ ސިޔާސީ ހަޔާތުގައި ދޮޅުގަޑިއިރު ވަންދެން ހުއްޓާނުލައި ރޭ ނޫނީ ބަޔަކާ ސަލާމް ނުކުރައްވާ ކަމަށް.

ޝަހީމަށް މަރުހަބާ ކިޔުމަށް ފުވައްމުލަކު އެއާޕޯޓަށް ރޭ ދިޔަ ބައެއް މީހުން ސަފަކަށް އެތުރިލައިގެން: ޝަހީމް ވިދާޅުވީ، އޭނާގެ ސިޔާސީ ހަޔާތުގައި ދޮޅުގަޑިއިރު ވަންދެން ހުއްޓާނުލައި ރޭ ނޫނީ ބަޔަކާ ސަލާމް ނުކުރައްވާ ކަމަށް.

ޝަހީމް ވިދާޅުވީ، މިއީ އެންމެން އެކަތިގަނޑަކަށް ވެ، އެކުވެރިވެ، ގައުމަށްޓަކައި ފިޔަވަޅު އަޅަން ޖެހޭ ވަގުތު ކަމަށާއި އެ ފިޔަވަޅަކީ ރައީސް ޔާމީންގެ ފަހަތްޕުޅަށް ހުރިހާ ޕާޓީއެއްގެ މެމްބަރުން އެރުން ކަމަށެވެ.

"ކުރިއަށް މިދާ މަދަނީ ތަރައްގީ އާއި ހަޟާއީ އެކިއެކި މަޝްރޫއުތައް ނިންމުމަށް ފުރުސަތު ދޭން އެބަޖެހޭ. މި މަޝްރޫއުަތައް ނިމި ދިވެހި ރައްޔިތުންނަށް މި މަޝްރޫއުތަކުގެ މަންފާ ލިބޭ ދުވަހަކީ ދިވެހިން ޒަމާންތަކެއް ވަންދެން އުފުލަމުން ދިޔަ ދަތިތަކުގެ، އެ ތަހައްމަލުތަކަށް ލުޔެއް ލިބިގެންދާނެ ދުވަހެއް،" ޝަހީމް ވިދާޅުވި އެވެ.