Roadha Mihaaru
ލޫކަސްގެ ބަންދުގެ މުއްދަތު އިސްތިއުނާފުކޮށްފި

ލޫކަސްގެ ބަންދު އިތުރުކުރި މައްސަލަ ހައި ކޯޓުގައި އިސްތިއުނާފުކޮށްފި

03 އޯގަސްޓް 2016

ފުލުހުންނާއި ސިފައިންނާ މެދު ނަފުރަތު އުފައްދައި ހަމަނުޖެހުން އުފައްދަން އުޅުނު ކަމުގެ ތުހުމަތުގައި މިދިޔަ ހުކުރު ދުވަހުގެ ރޭ ފުލުހުން ހައްޔަރުކުރި ސޯޝަލް މީޑިއާ އެކްޓިވިސްޓެއް ކަމަށްވާ ޝަމްއޫން ޖަލީލް (ލޫކަސް ޖަލީލް) ގެ ބަންދުގެ މުއްދަތު ކްރިމިނަލް ކޯޓުން އިތުރުކޮށްދިނުމުން އެ ނިންމުން މިއަދު ހައި ކޯޓުގައި އިސްތިއުނާފުކޮށްފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ޝަމްއޫނުގެ ބަންދުގެ މުއްދަތާ މެދު ގޮތެއް ނިންމަން ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން މިދިޔަ ހޮނިހިރު ދުވަހު ވަނީ 15 ދުވަސް އިތުރުކޮށްދީފަ އެވެ.

ފޭސްބުކާއި ޓްވިޓާގައި ރައީސް އަބްދުﷲ ޔާމިނަށާއި ސަރުކާރުގެ އިސްވެރިންނަށް ފާޅުގައި ފާޑުކިޔަމުން އަންނަ ޝަމްއޫން ހައްޔަރުކުރީ ފުލުހުންގެ ތަރުޖަމާނަކު ވިދާޅުވި ގޮތުގައި އޭނާ އާއި އިތުރު ބަޔަކު ބައިވެރިވެގެން ރާއްޖޭގެ ދިފާއީ ބާރުތަކާ މެދު ރައްޔިތުންގެ ހިތްތަކުގައި ނަފުރަތު އުފެދޭ ގޮތަށް ވާހަކަ ދައްކައި މުޖުތަމައުގައި ހަމަނުޖެހުން އުފައްދަން އުޅޭ ކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގަ އެވެ.

ޝަމްއޫން ހައްޔަރުކުރި އިރު ކުރި ޓްވީޓަކާ ގުޅިގެން ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސެއިން ވެސް ފުލުސް އޮފީހަށް ހާޒިރުކޮށް ބަޔާން ނަގާފައިވެ އެވެ. އަދި ސަރުކާރާ ދެކޮޅަށް މަސައްކަތް ކުރަން އުފައްދާފައިވާ އިއްތިހާދު، މޯލްޑިވްސް ޔުނައިޓެޑް އޮފޮޒިޝަންގައި ހިމެނިވަޑައިގަންނަވާ ތިން ބޭފުޅަކާއި އަދާލަތު ޕާޓީގެ އިލްމުވެރިންގެ މަޖިލީހުގެ ނައިބު ރައީސް ޑރ. މުހައްމަދު އިޔާޒު އަބްދުލް ލަތީފު ވެސް ފުލުސް އޮފީހަށް ހާޒިރުކޮށްފައި ވެ އެވެ.