Roadha Mihaaru
ގޫގުލް ޕިކްސެލް ފެނުއަޑީގައި، އެއްގަޑިއިރު

ގޫގުލް ޕިކްސެލް ފޯނު ފެނުއަޑީގައި، އެއްގަޑިއިރު

25 އޮކްޓޯބަރ 2016

ގޫގުލް ޕިކްސެލް ފޯނަކީ ފެން ނުވަންނަ ފޯނެއް ނޫނެވެ. މި ބުނީ އެއީ ފެން ނުވަންނަ ފޯނެއް ގޮތުގައި ގޫގުލުން ނުބުނާ ވާހަކަ އެވެ. ޕިކްސެލް ފޯނުތައް މާކެޓްކުރުމުގައި ވެސް ގޫގުލުން އެ ވާހަކައެއް ނުދައްކަ އެވެ.

އަހުމަދު ނިޔާޒް އަހުމަދު ނިޔާޒް

ގޫގުލް ޕިކްސެލް ފޯނަކީ ފެން ނުވަންނަ ފޯނެއް ނޫނެވެ. މި ބުނީ އެއީ ފެން ނުވަންނަ ފޯނެއް ގޮތުގައި ގޫގުލުން ނުބުނާ ވާހަކަ އެވެ. ޕިކްސެލް ފޯނުތައް މާކެޓްކުރުމުގައި ވެސް ގޫގުލުން އެ ވާހަކައެއް ނުދައްކަ އެވެ.

ޕިކްސެލް ފޯނަށް ދީފައިވާ "އައިޕީ" ރޭޓިން އަކީ "53" އެވެ. މާނަ އަކީ، އެއީ އެއްވެސް ހާލެއްގައި ފެން ނުވަންނަ ފޯނެއް ކަމަށް ނިންމެން ނެތުމެވެ. އެކަމަކު ވަކި ދަރަޖައަކު ބުރުއްސައިގެން އަންނަ ފެން ތިއްކަކުން ސަލާމަތް ވެދާނެ އެވެ.

ސެމްސަންގް ގެލަކްސީ އެސް7 އަށް ދީފައި ވަނީ "އައިޕީ68" އެވެ. އައިފޯން 7 އަށް "އަައިޕީ67" އެވެ. މި ދެ ފޯނު ވެސް ލިސްޓްކޮށްފައި ވަނީ ފެން ނުވަންނަ ދެ ފޯނު ގޮތުގަ އެވެ. "އައިޕީ" އަކީ "އިންގްރެސް ޕްރޮޓެކްޝަން" އެވެ. "އިންޓަނޭޝަނަލް ޕްރޮޓެކްޝަން" ގޮތުގައި ވެސް ލިޔުންތަކުގައި ބޭނުންކޮށްފައި ހުރެ އެވެ.

ސްމާޓްފޯން އުފައްދާ ކުންފުނިތަކުން އާންމު އުސޫލެއް ގޮތުގައި ވަކި ދަރަޖައަކުން ފޯނުތައް ވަޒަންކުރި ނަމަވެސް، ބައެއް ފަހަރު ފޯނުތައް އެ އަށް ވުރެ މޮޅެވެ. ބައިގަޑިއިރު ވަންދެން ފެނުތެރޭގައި، ވަކި ފުން މިނެއްގައި ދެމި އޮންނާނެ ކަމަށް ބުނި ނަމަވެސް، އެ އަށް ވުރެ ގިނައިރު ވެސް އޮވެ އެވެ.

ގޫގުލް ޕިކްސެލް ފޯނަށް ވެގެން އުޅެނީ އެ ކަހަލަ ގޮތެކެވެ. ބުރައްސައިގެން ދާ ފެން ތިކިތަކަކުން ސަލާމާތްވާނެ ކަމަށް ބުނެ ކަމަށް ދަރަޖަކުރެވުނު ނަމަވެސް، ފެން ބޯތައްޓެއްގެ ތެރޭގައި ގަޑިއެއްހާއިރު ވަންދެން ޕިކްސެލް ފޯނު ސަލާމަތުން ދެމިއޮވެއްޖެ އެވެ.

މި ވީޑިއޯ ބަލާލާށެވެ. ހަނދާނުގައި ބަހައްޓަން ނުކުތާއެއް ބުނެދޭނަމެވެ. ވީޑިއޯއިން ފެންނަނީ ފެން ބޯތައްޓެކެވެ. ބޯތައްޓެއްގައި ހުންނަ ފެނުން ފޯނަށް ކުރާނެ ޕްރެޝަރާ މެދު ވިސްނާލާށެވެ.

ޕިކްސެލް ފޯނު އެހާ ގިނައިރު ފެނުގައި ބޭއްވުމުން ސްޕީކަރުގައި މައްސަލަޖެހޭ ކަމަށް ލަފާކުރެވެ އެވެ. މާނަ އަކީ ޕިކްސެލް ފޯނު ފެނަށް ވެއްޓިއްޖެ ނަމަ އެންމެ ފުރަތަމަ ސަލާމަތްކުރެވޭތޯ ބަލަންވީ ސްޕީކަރު ކަމެވެ.