Roadha Mihaaru
85 ޕަސަންޓު ރައްޔިތުން އެދެނީ ބަދަލަކަށް: ފައިސަލް

85 ޕަސަންޓު ރައްޔިތުން އެދެނީ ބަދަލަކަށް: ފައިސަލް

16 އޯގަސްޓް 2018

ގައުމުގެ 85 ޕަސަންޓު ރައްޔިތުން ތާއީދު ކުރަނީ ބަދަލަކަށް ކަމަށް އިދިކޮޅު ކޯލިޝަންގެ ރަނިންމޭޓު، ރައްޔިތުންގެ މަޖިލިހުގެ ކާށިދޫ ދާއިރާގެ ޖުމްހޫރީ ޕާޓީގެ މެމްބަރު ފައިސަލް ނަސީމް މިއަދު ވިދާޅުވެއްޖެ އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

ގައުމުގެ 85 ޕަސަންޓު ރައްޔިތުން ތާއީދު ކުރަނީ ބަދަލަކަށް ކަމަށް އިދިކޮޅު ކޯލިޝަންގެ ރަނިންމޭޓު، ރައްޔިތުންގެ މަޖިލިހުގެ ކާށިދޫ ދާއިރާގެ ޖުމްހޫރީ ޕާޓީގެ މެމްބަރު ފައިސަލް ނަސީމް މިއަދު ވިދާޅުވެއްޖެ އެވެ.

އަންނަ މަހުގެ 23 ގައި އޮންނަ ރިޔާސީ އިންތިޚާބުގެ ކެމްޕޭނަށް އއ. އަތޮޅަށް ފެއްޓެވި ދަތުރުފުޅުގައި އެ އަތޮޅު މާޅޮހު ރައްޔިތުންނާ ބައްދަލު ކުރައްވައި، ފައިސަލް ވިދާޅުވީ ބަދަލަކަށް ބޭނުންވާ މަންޒަރު މާޅޮހުން އޭނާ އަށް ދެންނެވި މަރުހަބާ އިން ވެސް އެނގިވަޑައިގެންފި ކަމަށެވެ. މާޅޮހުގެ އިތުރުން، ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ދިރިއުޅޭ ރައްޔިތުން ތިބީ ބަދަލަކަށް ބޭނުންވެފައި ކަމަށް އޭނާ ވިދާޅުވި އެވެ.

"ތިޔަބޭފުޅުން ވޯޓުލާންވީ. އެއީ ސިއްރު ވޯޓެއް. ތިޔަބޭފުޅުން ތި ބޭނުންވާ ބަދަލު ގެނައުމަށް ވޯޓުލުމަކުން ތިޔަބޭފުޅުންނަށް ދިމާވާނެ އެއްވެސް ދަތި އުނދަގޫކަމެއް ނޯންނާނެ،" ---ފައިސަލް
ފައިސަލް މިއަދު މާޅޮހު ރައްޔިތުންނާ ބައްދަލު ކުރައްވައި ވާހަކަ ދައްކަވަނީ. - ފޮޓޯ: އެމްޑީޕީ

ފައިސަލް މިއަދު މާޅޮހު ރައްޔިތުންނާ ބައްދަލު ކުރައްވައި ވާހަކަ ދައްކަވަނީ. - ފޮޓޯ: އެމްޑީޕީ

ފައިސަލް ވިދާޅުވި ގޮތުގައި ހެޔޮ ނިޔަތެއްގައި، އިސްރާފު ކުރުމެއް ނެތި، ހަމަހަމަކަމާއި އިންސާފުގެ މަގުން ރާއްޖެ ތަރައްގީ ކުރެވޭނީ ރައްޔިތުންގެ އިހްސާސްތައް ގާތުން އެނގިގެންނެވެ.

"އަޅުގަނޑުމެން ބަލާނީ މި ދެންނެވި ގޮތަށް ރައްޔިތުންނަށް އެންމެ ބޭނުންވަނީ ކޮން ކަމެއްތޯ،" ރައްޔިތުންގެ އިހްސާސްތަކާ އެއްގޮތަށް މަސައްކަތް ކުރައްވާނެ ކަމުގެ ޔަގީންކަން ދެއްވާ ފައިސަލް ވިދާޅުވި އެވެ.

"ދިވެހި ރައްޔިތުން ބޭނުންވާ ގޮތަށް ކޮންމެ ކަމެއް އަޅުގަނޑުމެން ކުރާނީ،" ---ފައިސަލް

ފައިސަލްގެ ދެއްކެވި ވާހަކައިގެ ޚުލާސާއެއް:

- އަދުލުއިންސާފު ނުލިބިގެން ނުރޯ އާއިލާއެއް ގައުމަކު ނެތް.

- ތަފާތުކުރުން ވަނީ އިންތިހާ އަށް ގޮސްފައި.

- ތަރައްގީގެ މަޝްރޫއުތައް ކުރިއަށް ގެންދިއުމުގައި ވަނީ ތަފާތުކޮށްފައި.

- އިދިކޮޅު ވެރިކަމެއްގައި ދައުލަތުގެ ފައިސާ ވާނީ ރައްޔިތުންގެ އެއްޗަކަށް.

ފައިސަލް މިއަދު މާޅޮހަށް ވަޑައިގެން، ކުޑަ ކުއްޖަކާ ސަލާމް ކުރައްވަނީ. - ފޮޓޯ: އެމްޑީޕީ

ފައިސަލް މިއަދު މާޅޮހަށް ވަޑައިގެން، ކުޑަ ކުއްޖަކާ ސަލާމް ކުރައްވަނީ. - ފޮޓޯ: އެމްޑީޕީ

ޖަޒީރާވަންތަ ރާއްޖެއެއްގައި ރައްޔިތުން ހިތްހަމަޖެހިގެން އުޅެވޭނެ މާހައުލެއް ގާއިމުކުރަން ޖެހޭ ކަމަށާއި އިދިކޮޅު ވެރިކަމެއްގައި އިސްރާފުން ނުވަތަ ނާޖައިޒުން އެއްވެސް ކަމެއް ކުރުމުގެ ފުރުސަތު ނުދޭނެ ކަމަށް، އިދިކޮޅު ބައެއް ބޭފުޅުން ބައިވެރިވެވަޑައިގެންނެވި ޖަލްސާގައި ފައިސަލް ވިދާޅުވި އެވެ.

"ދިވެހި ރައްޔިތުން ބޭނުންވާ ގޮތަށް ކޮންމެ ކަމެއް އަޅުގަނޑުމެން ކުރާނީ،" ފައިސަލް ވިދާޅުވި އެވެ.

ރައްޔިތުން ވޯޓަށް ކެތް މަދުވެފައި ތިބި ކަން ފާހަގަ ކުރައްވައި، ފައިސަލް ވިދާޅުވީ ދައުލަތުގެ މުވައްޒަފުން މަޖުބޫރީ ހާލަތުގައި "ހޮޅިދަނޑި ޖެހުމާއި" "ބެނާ ހަރުކުރުމުގެ" މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އެކަމަކު، މި ވަގުތަކީ ރައްޔިތުން، އަމިއްލަ ވިސްނުމާއިގެން ނުކުންނަންވީ ވަގުތު ކަމަށް އޭނާ ވިދާޅުވި އެވެ.

ފައިސަލް ނަސީމް މިއަދު އއ. މާޅޮހަށް ވަޑައިގެން، އެ ރަށުގައި ދިރިއުޅޭ މީހަކާ ސަލާމް ކުރައްވަނީ. - ފޮޓޯ: އެމްޑީޕީ

ފައިސަލް ނަސީމް މިއަދު އއ. މާޅޮހަށް ވަޑައިގެން، އެ ރަށުގައި ދިރިއުޅޭ މީހަކާ ސަލާމް ކުރައްވަނީ. - ފޮޓޯ: އެމްޑީޕީ

"ތިޔަބޭފުޅުން ވޯޓުލާންވީ. އެއީ ސިއްރު ވޯޓެއް. ތިޔަބޭފުޅުން ތި ބޭނުންވާ ބަދަލު ގެނައުމަށް ވޯޓުލުމަކުން ތިޔަބޭފުޅުންނަށް ދިމާވާނެ އެއްވެސް ދަތި އުނދަގޫކަމެއް ނޯންނާނެ،" ފައިސަލް ވިދާޅުވި އެވެ.

ފައިސަލް ވަނީ، ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ނުހައްގުން ވަޒީފާ އިން "ބާކީކޮށްލި" މީހުންނަށް އިދިކޮޅު ވެރިކަމެއްގައި ވަޒީފާ އާއި ހައްގު ހޯދައިދޭނެ ކަމަށް ވައުދުވެވަޑައިގެންފަ އެވެ. އަދި ގާނޫނުއަސާސީ އާއި ގާނޫނުތަކުން ކަށަވަރުކޮށްދޭ ހައްގުތައް އަލުން އިއާދަކޮށްދޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.