20 އޯގަސްޓް 2018
މެންޗެސްޓާ (އޮގަސްޓް 20) - މިދިޔަ ސީޒަނުގައި މެންޗެސްޓާ ސިޓީން ރެކޯޑްތަކެއް މުގުރާލުމަށް ފަހު އިނގިރޭސި ޕްރިމިއާ ލީގު ކާމިޔާބުކުރި ގޮތް ދައްކުވައިދޭ ޑޮކިއުމަންޓްރީ ސީރީސްގައި ދައްކާފައިވާ މަންޒަރުތަކާ ބެހޭގޮތުން މެންޗެސްޓާ ޔުނައިޓެޑްގެ ކޯޗު ހޯސޭ މޮރީނިއޯ ދެއްކި ވާހަކަތަކަށް ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ޖަވާބު ދީފި އެވެ.
މެންޗެސްޓާ (އޮގަސްޓް 20) - މިދިޔަ ސީޒަނުގައި މެންޗެސްޓާ ސިޓީން ރެކޯޑްތަކެއް މުގުރާލުމަށް ފަހު އިނގިރޭސި ޕްރިމިއާ ލީގު ކާމިޔާބުކުރި ގޮތް ދައްކުވައިދޭ ޑޮކިއުމަންޓްރީ ސީރީސްގައި ދައްކާފައިވާ މަންޒަރުތަކާ ބެހޭގޮތުން މެންޗެސްޓާ ޔުނައިޓެޑްގެ ކޯޗު ހޯސޭ މޮރީނިއޯ ދެއްކި ވާހަކަތަކަށް ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ޖަވާބު ދީފި އެވެ.
އެމޭޒަން ޕްރައިމް އިން 10 މިލިއަން ޕައުންޑް ހަރަދުކޮށްގެން ހެދި އެ ޑޮކިއުމެންޓްރީގައި، މޮރީނިއޯ ކުޅުވަނީ ބަސް ޕާކް ކޮށްގެން ކަމަށް ބުނެ ޖޯކް ޖަހާފައިވާ ވީޑިއޯތަކެއް ވެސް ދައްކަ އެވެ. ސްކައިސްޕޯޓްސް އަށް ދާދި ފަހުން ދިން އިންޓަވިއުއެއްގައި މޮރީނިއޯ ބުނީ ޑޮކިއުމެންޓްރީގައި އޭނާގެ ނަން ހިމަނައިގެން އިހުތިރާމް ކުޑަ ވާހަކަތަކެއް ދެއްކި ކަމަށާއި މުއްސަނދި ކްލަބަކަށްވާތީ އަގުބޮޑު ކުޅުންތެރިން ގަނެގެން ގިނަ ތަށިތަކެއް ހޯދިޔަސް އަދި މަތީ ފަންތިއަށް އެ ކްލަބް ނާރާ ކަމަށެވެ.
ޕްރިމިއާ ލީގުގައި ރޭ ހަޑްސްފީލްޑް ޓައުން އަތުން 6-1 އިން ސިޓީ މޮޅުވި މެޗަށް ފަހު ނޫސްވެރިންގެ ސުވާލުތަކަށް ޖަވާބު ދެމުން ގާޑިއޯލާ ބުނީ ޑޮކިއުމެންޓްރީ ހެދީ ބަޔަކަށް އިހުތިރާމް ނުކުރާތީ ނޫން ކަމަށެވެ.
"އަހަރެމެން ކެމެރާތައް ކުރިމަތީގައި ހޭދަކުރީ ވަރަށް ރަނގަޅު ވަގުތުތަކެއް. އަހަރެމެން އެކަން ކުރީ ކެމެރާ އަށް އަރުވާކަށް ނޫން. އެއީ އަަހަރެމެންނަށްޓަަކައި ކުރިކަމެއް. އިހުތިރާމް ނުކުރާ ކަމަށް ބުނެ މޮރީނިއޯ ދެއްކި ވާހަަކަތައް އަހަރެން ގަބޫލެއް ނުކުރަން. އެއީ އަހަރެމެން އިހުތިރާމް ނުކުރާތީ ކުރި ކަމެއް ނޫން،" ގާޑިއޯލާ ބުންޏެވެ.
އޭނާ ބުނީ ސިޓީ އަކީ ތަށިތަކެއް ހޯދައިގެން ކާމިޔާބީ ތަކުރާރުކޮށް ރަނގަޅު ހިސާބަކަށްދާން މަސައްކަތްކުރާ ކްލަބެއް ކަމަށެވެ.
"މޮރީނިއޯގެ އެއް ވާހަކަ އަށް އަހަރެން އެއްބަސްވަން. ވަރުގަދަކަމަކީ ގަނެވޭނެ އެއްޗެއް ނޫން. ޑޮކިއުމެންޓްރީ އަހަރެމެން ހެދީ ސަޕޯޓަރުންނަށްޓަކައި. އަހަރެމެންގެ ކްލަބަކީ ކުރިއަރަން މަސައްކަތް ކުރާ ބަޔެއްކަން ދައްކުވައިދޭން. އެއް ބަޔަކަށް މި ޑޮކިއުމެންޓްރީ ކަމު ނުގޮސްފާނެ. އެއީ މައްސަލައެއް ނޫން. އެކަމަކު މި ޑޮކިއުމެންޓްރީ ރަނގަޅު ކަމަށް ބުނާ މީހުން ވެސް މަދެއް ނުވާނެ،" ގާޑިއޯލާ ބުންޏެވެ.
އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ޔުނައިޓެޑް ކުޅުނު މެޗުން ވަނީ 3-2 އިން ބްރައިޓަން އަތުން ބަލިވެފަ އެވެ. ޔުނައިޓެޑްގެ ވައިސް ޗެއާމަން އެޑް ވުޑްވާޑާއި މޮރީނިއޯއާ ދެމެދު މައްސަލަތަކެއް ޖެހިފައިވާ ކަމަށް މީޑިއާގައި އަޑުފެތުރިފައިވާއިރު، ރިޕޯޓްތައް ބުނާގޮތުން ކުރިއަށް ދެ ދުވަހުގެ ތެރޭގައި މޮރީނިއޯ އާއި ވުޑްވާޑާ ބައްދަލުކުރަން ޔުނައިޓެޑްގެ ބޯޑުން ވަނީ ނިންމައިފަ އެވެ.
ޔުނައިޓެޑް ބަލިވުމުން ލީގު ޗެމްޕިއަންކަން ސިޓީ އަށް
ސިޓީ ތަށި އުފުލާލާ މަންޒަރު ބަލަން ކެރޭނެ: މޮރީނިއޯ
މޮރީނިއޯ ފާޑުކީއިރު، ގާޑިއޯލާ މައާފަށް އެދެފި
ގާޑިއޯލާ އަށް އުފަލެއް، މޮރީނިއޯ ކުރީ ޝަކުވާ!
ދެ ކޯޗުންނަށް ހާއްސަ ބޮޑު ދެ ކްލަބުގެ ކުރިމަތިލުމެއް
ގާޑިއޯލާ އަށް ހާއްސަ ސަމާލުކަމެއް ނުދޭނަން: މޮރީނިއޯ
"ފޮޑެން އަކީ ޕްރިމިއާ ލީގުގެ އެންމެމޮޅު ކުޅުންތެރިޔާ"
މެޗު ހަމަކޮށްގެން ސިޓީ އަށް ހަތަރު ޕޮއިންތްގެ ލީޑެއް
މެންޗެސްޓާ ޔުނައިޓެޑް ކުއާޓާ އަށް
"ޔުނައިޓެޑާ ހަވާލުވެވުމުން ހިތާމައެއް ނުކުރަން"