މެންޗެސްޓާ (އޭޕްރީލް 15) - އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ ލީގުގެ ފުލުގައި އޮތް ވެސްޓް ބްރޮމް އަތުން 1-0 އިން ލީގުގެ ދެ ވަނައިގައި އޮތް މެންޗެސްޓާ ޔުނައިޓެޑް ބަލިވުމުން ލީގު ޗެމްޕިއަންކަން މެންޗެސްޓާ ސިޓީ އަށް ކަށަވަރުވެއްޖެ އެވެ.
16 އެޕްރީލް 2018
މެންޗެސްޓާ (އޭޕްރީލް 15) - އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ ލީގުގެ ފުލުގައި އޮތް ވެސްޓް ބްރޮމް އަތުން 1-0 އިން ލީގުގެ ދެ ވަނައިގައި އޮތް މެންޗެސްޓާ ޔުނައިޓެޑް ބަލިވުމުން ލީގު ޗެމްޕިއަންކަން މެންޗެސްޓާ ސިޓީ އަށް ކަށަވަރުވެއްޖެ އެވެ.
ސިޓީން ލީގު ޗެމްޕިއަންކަން ހޯދީ ބާކީ ފަސް މެޗު ނުކުޅެ އޮއްވަ އެވެ. ސިޓީ އަށް ލީގު ޔަގީންވީ ދެން ކުޅޭ މެޗުތަކުން ކޮންމެ ނަތީޖާއެއް ނުކުތް ނަމަވެސް އެއްވެސް ޓީމަކަށް ސިޓީއާ އަރާހަމަނުކުރެވޭނެތީ އެވެ. ސިޓީ އަށް 33 މެޗުން 87 ޕޮއިންޓް ލިބިފައިވާއިރު، ޔުނައިޓެޑަށް ލިބިފައިވަނީ 33 މެޗުން 71 ޕޮއިންޓެވެ.
ރެލިގޭޝަން ޒޯނުގައި އޮތް ވެސްޓް ބްރޮމް އަށް މިރޭގެ މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު ޖެހީ ޖޭ ރޮޑްރިގޭޒް އެވެ. މިއީ ޖެނުއަރީ 12 ގެ ފަހުން ލީގުގައި ވެސްޓް ބްރޮމް އިން ހޯދި ފުރަތަމަ މޮޅެވެ. މިރޭގެ މެޗުގައި ވެސްޓް ބްރޮމް އަށް އިރުޝާދުދިނީ ވަގުތީ ކޯޗު ޑަރެން މޯ އެވެ. ވެސްޓް ބްރޮމްގެ ކޯޗުގެ މަގާމުގައި ހުރި އެލަން ޕާޑިއު ވަނީ ދާދި ފަހުން މަގާމުން ދުރުކޮށްފަ އެވެ.
ލީގުގައި ރޭ ޓޮޓެންހަމް އަތުން މޮޅުވި މެޗަށް ފަހު ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ބުނީ މިރޭ ޔުނައިޓެޑް ކުޅޭ މެޗު ނުބަލާނެ ކަމަށާއި އާއިލާއާ އެކު ޗުއްޓީ ހޭދަކުރުމަށް ރާވާފައިވާ ކަމަށެވެ. އޭނާ ރާވާފައި އޮތީ ގޮލްފް ކުޅޭށެވެ.
މިރޭގެ މެޗަށް ފަހު ޔުނައިޓެޑްގެ ކޯޗު ހޯސޭ މޮރީނިއޯ ބުނީ ސިޓީ އަށް ތަށި ލިބުނީ އެންމެ ރަނގަޅު ގޮތަށް ނޫން ކަމަށެވެ.
"އަހަރެން ވެސް ގިނަ ތަށިތަކެއް ހޯދިން. އެކަމަކު އަހަރެން އެންމެ އުފަލެއް ނުވާނެ އަހަރެން ތަށި ހޯދީ އެެހެން ބަޔަކު ކުޅުނު މެޗަކުން ބަލިވެގެން ކަމަށް ބުނުމުން،" މޮރީނިއޯ ބުންޏެވެ.
މިއީ ގާޑިއޯލާގެ އިރުޝާދުގެ ދަށުން ސިޓީން ހޯދި ދެ ވަނަ ތަށްޓެވެ. އެ ޓީމުން ވަނީ މި ސީޒަނުގައި އާސެނަލް ބަލިކުރުމަށް ފަހު އިނގިރޭސި ލީގު ކަޕް ކާމިޔާބު ކޮށްފަ އެވެ. އެފްއޭ ކަޕުން އެ ޓީމު ކެޓީ ވިގަން އެތުލެޓިކް އަތުންނެވެ. އަދި ޗެމްޕިއަންސް ލީގު ނިމުނީ ކުއާޓާ ފައިނަލުގައި ލިވަޕޫލްގެ އަތްދަށު ވުމުންނެވެ.
މިއީ ގާޑިއޯލާގެ ކޯޗިން ކެރިއަރުގައި އޭނާ ހޯދި 23 ވަަނަ ތަށްޓެވެ. މީގެ ކުރިން ގާޑިއޯލާ ވަނީ ބާސެލޯނާ އާއި ބަޔާން މިއުނިކާ އެކު ގިނަ ކާމިޔާބީތަކެއް ހޯދައިފަ އެވެ.
މިރޭ އާސެނަލް ކުޅުނު މެޗުން ވަނީ ރަށުންބޭރުގައި 2-1 އިން ނިއުކާސަލް ޔުނައިޓެޑް އަތުން ބަލިވެފަ އެވެ. މިއީ 1984 ވަނަ އަހަރަށް ފަހު ލީގުގައި ރަށުންބޭރުގައި ކުޅުނު ފަސް މެޗުން ޖެހިޖެހިގެން އާސެނަލް ބަލިވި ފުރަތަމަ ފަހަރެވެ. އަދި މިއީ އާސެން ވެންގާގެ އިރުޝާދުގެ ދަށުން ލީގުގެ އެއް ސީޒަނުގައި އާސެނަލް 11 މެޗުން ބަލިވި ދެ ވަނަ ފަހަރެވެ.
ސިޓީ ތަށި އުފުލާލާ މަންޒަރު ބަލަން ކެރޭނެ: މޮރީނިއޯ
މޮރީނިއޯ ފާޑުކީއިރު، ގާޑިއޯލާ މައާފަށް އެދެފި
ދެ ކޯޗުންނަށް ހާއްސަ ބޮޑު ދެ ކްލަބުގެ ކުރިމަތިލުމެއް
"ފޮޑެން އަކީ ޕްރިމިއާ ލީގުގެ އެންމެމޮޅު ކުޅުންތެރިޔާ"
މެޗު ހަމަކޮށްގެން ސިޓީ އަށް ހަތަރު ޕޮއިންތްގެ ލީޑެއް
ޔުނައިޓެޑް ބަލިވިއިރު ރޮނާލްޑޯއަށް އެހީ ނުވެވުނު
"ސިޓީ ނޫނީ ޔުނައިޓެޑްގެ ރެކޯޑަށް ނިމުމެއް އަންނާނެ"
ޔުނައިޓެޑާ އޮތީ ހީކުރި ވަރަށް ވުރެ ބޮޑު ދުރުމިނެއް
ސިޓީއާ ދެމެދު އޮތް ފަރަގާ މެދު ނުވިސްނަން: މޮރީނިއޯ
މޮރީނިއޯގެ ވާހަކަތަކަށް ގާޑިއޯލާ ރައްދުދީފި