23 އޯގަސްޓް 2018
އަދާލަތު ޕާޓީގެ ނަމުގައި ބަޔަކު ނޫސްވެރިންގެ ބައްދަލުވުމެއް ބޭއްވި މައްސަލައެއް ބެލުމަށް އެ ޕާޓީން ފުލުހުންނަށް މިއަދު ހުށަހަޅައިފި އެވެ.
އަދާލަތު ޕާޓީގެ ނަމުގައި ބަޔަކު ނޫސްވެރިންގެ ބައްދަލުވުމެއް ބޭއްވި މައްސަލައެއް ބެލުމަށް އެ ޕާޓީން ފުލުހުންނަށް މިއަދު ހުށަހަޅައިފި އެވެ.
އެ ޕާޓީގެ ނައިބު ރައީސް އަލީ ޒާހިރު ސޮއިކުރައްވައި، އެކްޓިން ޕޮލިސް ކޮމިޝަނަރު އަބްދުﷲ ނަވާޒަށް ފޮނުއްވި ސިޓީގައި ވިދާޅުވެފައިވަނީ އަދާލަތު ޕާޓީ އަށް ނިސްބަތްނުވާ މެމްބަރުންތަކެއް، އެ ޕާޓީގެ ނަމުގައި މިިދިޔަ ހަފުތާގެ ހޯމަ ދުވަހު ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވާފައިވާ ކަމަށެވެ. އެހެންވެ އެއީ ޝަހްސު އޮޅުވާލުމެއް ކަމަށް ބަލައި ޖިނާއީ ތަހުގީގެއް ހިންގައިދިނުމަށް ވަނީ އެދިވަޑައިގެންފަ އެވެ.
ނޫސްވެރިންގެ ބައްދަލުވުމުގައި ބައިވެރިވި ހަތަރު ފިރިހެނެއްގެ ވަނަވަރު ވެސް ފުލުހުންނަށް އެ ޕާޓީން ދީފައި ވެ އެވެ.
އެ މީހުން ނޫސްވެރިންގެ ބައްދަލުވުން ބޭއްވީ އަދާލަތު ޕާޓީގެ އާންމު މެމްބަރުން ކަމަށް ބުނެ އެވެ. ނަމަވެސް ޝީ ބިލްޑިންގައި ބޭއްވި އެ ބައްދަލުވުމުގައި ބައިވެރިވީ ކުރިން އަދާލަތު ޕާޓީގައި މަސައްކަތް ކުރުމަށްފަހު މިހާރު އެހެން ޕާޓީތަކާ ގުޅިގެން އުޅޭ އަދި ދުވަހަކު ވެސް އެ ޕާޓީއަށް ސޮއިނުކުރާ ބަޔަކު ކަމަށް އަދާލަތުގެ އިސް އޮފިޝަލަކު ވިދާޅުވި އެވެ.
އަދާލަތު ޕާޓީއަށް ވަރަށް ބޮޑަށް ފާޑު ކިޔައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަމުން އެ މީހުން ބުނެފައިވަނީ އެ ޕާޓީ އަށް ބައިވަރު ފައިސާ ލިބޭ ކަމަށެވެ. ނަމަވެސް ފައިސާ އަށް ވާނުވާއެއް ނޭނގޭ ކަމަށާއި އަދާލަތު ޕާޓީ ހިންގަމުން ދަނީ ދެތިން މީހަކު ބޭނުންވާ ގޮތަކަށް ކަމަށް ވެސް އެ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަމުން ބުނެފައި ވެ އެވެ.
"..އަދާލަތު ޕާޓީގެ ފަރާތުން ކަމަށް ބުނެ މީޑިއާތަކަށް ގުޅައި، އަދާލަތު ޕާޓީއަށް ނިސްބަތްނުވާ ބަޔަކު، އަދާލަތު ޕާޓީގެ ނަމުގައި ނޫސްކޮންފަރެންސެއް އިންތިޒާމްކޮށް، އަދާލަތު ޕާޓީގެ މެމްބަރުންގެ ނަމުގައި މީޑިއާތަކަށް މައުލޫމާތު ދީފައި ވެ އެވެ. މިކަމުގެ ސަބަބުން އަދާލަތު ޕާޓީގެ ޝަހްސަށް ލިބިގެންވާ ގާނޫނީ ރައްކާތެރިިކަން ނިގުޅައިގަނެ، ގާނޫނުންއުގޫބާތުގެ 312 ވަނަ މާއްދާގެ (ހ)(1)(3) އަދި 312 ވަނަ މާއްދާގެ (ހ)(2)(1) އިން ބަޔާންކުރާ ކުށަށް އަރައިގެންފައިވާތީ، މި މައްސަލައިގެ ޖިނާއީ ތަހުގީގެއް ހިންގުމަށް އެދި ހުށަހެޅީމެެވެ،" ފުލުހަށް ފޮނުވި ސިޓީގައި ވެ އެވެ.
ނޫސްވެރިންގެ ބައްދަލުވުމެއްގައި ޕީޕީއެމްގެ ދިދަ ބޭނުންކުރި ކަމަށް ބުނެ، ދިއްގަރު ދާއިރާގެ މެމްބަރު ފާރިސް މައުމޫނަށް ޝަހްސު އޮޅުވާލުމުގެ ދައުވާއެއް އުފުލި އެވެ. އެ މައްސަލަ ސާބިތުވެ ހަތަރު މަހަށް ޖަލަށް ލުމަށް ވެސް ކޯޓުން ހުކުމް ކުރި އެވެ.
ޝެއިހް އިލްޔާސްގެ ޕާސްޕޯޓު ހިފަހައްޓައިފި
އިލްޔާސް ނުފިލާ، ރާއްޖެ އައިސް ބަޔާން ދޭނެ
މިނިވަން އިންތިޚާބަކަށް ގޮވާލައި އީސީ ދޮށަށް އެއްވެއްޖެ
ނަޒީރުގެ ޕާސްޕޯޓް ހިފަހައްޓަން އަނެއްކާވެސް އަމުރެއް
މެމްބަރު އަމީތާއި އަބުޅޯ ހައްޔަރުކޮށްފި
ސަރުކާރުން އުޅެނީ ގާސިމްގެ ވިޔަފާރި ބަނގުރޫޓުކޮށްލަން
އެ ދުވަހު ސިފައިންނާއި ފުލުހުން ވެސް ގޯސް
"ސުޕްރީމްކޯޓަށް ހުށަހެޅި މައްސަލަ ލަސްވާތީ ކަންބޮޑުވޭ"
އިންސާފުވެރިކަމާ އެކު މައްސަލަ ތަހުގީގުކޮށްދީ: އިބޫ
ކުނޫޒު އޮތީ ހިސޯރުކޮށްފައި: އިދިކޮޅު ޕާޓީތައް