Roadha Mihaaru
އިލްޔާސް ނުފިލާ، ރާއްޖެ އައިސް ބަޔާން ދޭނެ

އިލްޔާސް ނުފިއްލަވާ، ރާއްޖެ ވަޑައިގެން ބަޔާން ދެއްވާނެ: ވަކީލުން

12 ސެޕްޓެމްބަރ 2018

އަނިޔާވެރި ގޮތަކަށް އަވަހާރަ ކޮށްލާފައިވާ، ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ ކުރީގެ މެމްބަރު ޑރ. އަފްރާޝީމް އަލީގެ މަރާ ބެހޭ ގޮތުން ޝެއިޚް އިލްޔާސް ހުސައިން ދެއްކެވި ވާހަކަތަކަށް ފަހު، ފުލުހުންގެ އިދާރާއަށް ހާޒިރުވާން އަންގާފައިވާތީ، އެ އިދާރާއަށް އިލްޔާސް ހާޒިރުވެ ވަޑައިގަންނަވާނެ ކަމަށް އޭނާގެ ގާނޫނީ ވަކީލުން މިއަދު ބުނެފި އެވެ.

އަހުމަދު ސާއިލް އަލީ އަހުމަދު ސާއިލް އަލީ

އަނިޔާވެރި ގޮތަކަށް އަވަހާރަ ކޮށްލާފައިވާ، ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ ކުރީގެ މެމްބަރު ޑރ. އަފްރާޝީމް އަލީގެ މަރާ ބެހޭ ގޮތުން ޝެއިޚް އިލްޔާސް ހުސައިން ދެއްކެވި ވާހަކަތަކަށް ފަހު، ފުލުހުންގެ އިދާރާއަށް ހާޒިރުވާން އަންގާފައިވާތީ، އެ އިދާރާއަށް އިލްޔާސް ހާޒިރުވެ ވަޑައިގަންނަވާނެ ކަމަށް އޭނާގެ ގާނޫނީ ވަކީލުން މިއަދު ބުނެފި އެވެ.

ޑރ. އަފްރާޝީމްގެ މަރާ ބެހޭ ގޮތުން އިލްޔާސް ދެއްކެވި ވާހަކަތަކާ ގުޅިގެން އޭނާ ފުލުސް އޮފީހަށް ހާޒިރުވާން މި މަހުގެ ފަސްވަނަ ދުވަހު އެންގިއިރު ހުންނެވީ މެލޭޝިއާގަ އެވެ.

އިލްޔާސްގެ ގާނޫނީ ވަކީލް އަދި ކުރީގެ ޑިޕިއުޓީ ޕްރޮސިކިއުޓާ ޖެނެރަލް ހުސައިން ޝަމީމް ވިދާޅުވީ އިލްޔާސް ފިއްލެވީ ނޫން ކަމަށާއި އެއީ ކުރިން ވެސް ތާވަލް ކޮށްފައިވާ ދަތުރެއް ކަމަށެވެ. އަދި، އިލްޔާސް ވަރަށް އަވަހަށް ރާއްޖެ ވަޑައިގަންނަވާނެ ކަމަށް ޝަމީމް ވިދާޅުވި އެވެ.

Shaikh Ilyas fuluhah haaziru vaan angaifi

Shaikh Ilyas fuluhah haaziru vaan angaifi

The most trusted news source in the Maldives

Mihaaru

އިލްޔާސް ފުލުހަށް ހާޒިރުވާން އެންގުން--

ޝަމީމް ވިދާޅުވިގޮތުގައި އިލްޔާސް ފުލުހުންގެ އިދާރާއަށް ހާޒިރު ކުރަން ބޭނުންވާ ސަބަބެއް ކަމަށް ޗިޓުގައި ބުނެފައި ވަނީ އަފްރާޝީމްގެ މަރުގެ މައްސަލާގައި ތަހުގީގަށް ބަޔާން ނެގުމަށެވެ.

"ޗިޓުގައި ވާގޮތުން އަޅުގަނޑުމެންނަށް މާނަ ކުރެވެނީ ޑރ. އަފްރާޝީމް މަރާލުމުގެ ތުހުމަތު ކުރަނީއޭ. ކޮންކަހަލަ އޮޅުވާލުމެއްހޭ މިއީ،" ޝަމީމް ވިދާޅުވި އެވެ.

ފުލުހުންގެ އެ އަމަލަކީ ޖިނާއީ އިޖުރާތުގެ ނިޒާމް ސިޔާސީ ކުރުން ކަމަށް ޝަމީމް ވިދާޅުވި އެވެ.

އައްޑޫގައި ބޭއްވި ޖަލްސާއެއްގައި ވާހަކަ ދައްކަވަމުން، އަދާލަތު ޕާޓީގެ އިލްމުވެރިންގެ މަޖިލީހުގެ ރައީސް ވިދާޅުވީ އަފްރާޝީމް އަވަހާރަކޮށްލި ފަހުން، އެކަމާ ގުޅުން ހުރި ނުވަ ޒުވާނަކު، އެކި ފަހަރު މަތިން މަރާލާފައިވާ ކަމަށް ބުނާ ވާހަކަތަކެއް ސޯޝަލް މީޑިއާއިން ފެނިވަޑައިގެންނެވި ކަމަށެވެ. އަދި އެފަދަ ތުހުމަތުތަކެއް ކުރެވުނު ނަމަވެސް، ފުލުހުން ތަހުގީގު ނުކޮށް، އެކަމުގެ ޖަވާބު ފުލުހުން ހޯދާފައި ނުވާތީ އެކަމާ މެދު އޭނާ ސުވާލު ކުރެއްވި އެވެ.

ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް، އަހުމަދު ޝިފާން ވިދާޅުވެފައި ވަނީ އިދިކޮޅު ފަރާތްތަކުން ބޭއްވި ބައްދަލުވުމެއްގައި، ޑރ. އަފްރާޝީމްގެ މަރާ ގުޅޭ ގޮތުން އިލްޔާސް ދެއްކެވި ވާހަކަތަކަކީ މިހާތަނަށް ފުލުހުންނަށް ލިބިފައިނުވާ މައުލޫމާތުތަކެއް ނޫން ކަމަށެވެ.

ޝިފާން އެގޮތަށް ވިދާޅުވުމުގެ ކުރިން އިލްޔާސްގެ އެ ވާހަކަތައް ތަހުގީގު ކުރަން އޭނާ ފުލުސް އޮފީހަށް ހާޒިރު ކުރަން ޖެހޭނެ ކަމަށް ވިދާޅުވެ، ޕީޕީއެމްގެ ޕާލިމެންޓްރީ ގުރޫޕުގެ ލީޑަރު އަދި ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު ނިހާން ވަނީ ޓްވީޓެއް ވެސް ކުރައްވައިފަ އެވެ.