Roadha Mihaaru
"އިބޫއާ ދެކޮޅަށް ކެމްޕެއިން ކުރައްވަނީ ރައީސް ނަޝީދު"

"ޕީޕީއެމަށް ވުރެ ބޮޑަށް އިބޫއާ ދެކޮޅަށް ކެމްޕެއިން ކުރައްވަނީ ރައީސް ނަޝީދު"

26 އޯގަސްޓް 2018

އިދިކޮޅު ކޯލިޝަންގެ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) އާ ދެކޮޅަށް އެންމެ ބޮޑަށް ކެމްޕެއިން ކުރައްވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދު ކަމަށް އެމްޑީޕީގެ ކުރީގެ ޗެއާޕާސަން އަދި މިހާރު ޕީޕީއެމްގެ މެމްބަރު ރީކޯ މޫސާ މަނިކު މިރޭ ވިދާޅުވެއްޖެ އެވެ.

އަހުމަދު ސާއިލް އަލީ އަހުމަދު ސާއިލް އަލީ

އިދިކޮޅު ކޯލިޝަންގެ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) އާ ދެކޮޅަށް އެންމެ ބޮޑަށް ކެމްޕެއިން ކުރައްވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދު ކަމަށް އެމްޑީޕީގެ ކުރީގެ ޗެއާޕާސަން އަދި މިހާރު ޕީޕީއެމްގެ މެމްބަރު ރީކޯ މޫސާ މަނިކު މިރޭ ވިދާޅުވެއްޖެ އެވެ.

އަންނަ މަހުގެ 23 ގައި ބާއްވާ ރިޔާސީ އިންތިޚާބުގައި ރިޔާސީ ދެވަނަ ދައުރަކަށް ޕީޕީއެމްގެ ފަރާތުން ވާދަކުރައްވާ ކެންޑިޑޭޓް، ރައީސް އަބްދުﷲ ޔާމީންގެ ރަނިން މޭޓް ޑރ. މުހައްމަދު ޝަހީމް އަލީ ސައީދާ އެކު ލ. ގަމު ރައްޔިތުންނާ ބައްދަލު ކުރައްވައި ވާހަކަ ދައްކަވަމުން، މޫސަ ވިދާޅުވީ، މިހާރު ވެސް އިދިކޮޅު ކޯލިޝަންގެ ތެރޭގައި މައްސަލަތައް އުޅޭ ކަމަށެވެ. އަދި އޭނާ ވިދާޅުވީ، ވެރިކަން ކުރާ ޕާޓީ ޕީޕީއެމަށް ވުރެ ބޮޑަށް އިބޫގެ ކެމްޕެއިނާ، ނަޝީދު ދެކޮޅު ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސްކަން ވެސް ކުރައްވާ މޫސަ، އޭގެ ސަބަބެއް ކަމަށް ވިދާޅުވީ ރާއްޖޭގެ ރިޔާސީ އިންތިޚާބުގެ ނަތީޖާ އޮޅުވާލައިފި ނަމަ އަވައްޓެރި އިންޑިއާއިން ރާއްޖެ ހިފަން ޖެހޭނެ ކަމަށް ވިދާޅުވެ، އެ ގައުމުގެ ރައްޔިތުންގެ މަޖިލިހުގެ މެމްބަރު ސުބްރަމާނިއަމް ސުވާމީ ގޮވާލެއްވި ގޮވާލެއްވުމެވެ. އޭނާ އެގޮތަށް ގޮވައިލެއްވީ ނަޝީދާ ބައްދަލު ކުރައްވައި ރާއްޖޭގެ ސިޔާސީ މަސްރަހާ ގުޅޭގޮތުން ވާހަކަ ދެއްކުވުމަށް ފަހު އެވެ.

Inthikhaabu olhuvaalaifi nama India in raajje hifan jeheyne: Subramanian

Inthikhaabu olhuvaalaifi nama India in raajje hifan jeheyne: Subramanian

The most trusted news source in the Maldives

Mihaaru

އިންތިހާބު އޮޅުވާލައިފި ނަމަ ރާއްޖެ ހިފަން ގޮވާލުން--

"އެއީ ތަންތަނުން ސުވާމީންނާ އަނެކައްޗަކާ ބުދު ދީނުގެ މީހުންނާ ނަސާރާއިންގެ ތެރެއިން އެންމެ އަޅުގަނޑުމެން ރުޅި އަންނަ މީހުންނާ އެކީގައި ނިއްކުރީގައި ތިކި ޖަހައިގެން އަރާ ހަޅޭއްލަވައި [ހެދުން]،" އެންމެ ބޮޑު އިދިކޮޅު ޕާޓީ، އެމްޑީޕީ އުފެއްދުމުގައި ވެސް އިސްކޮށް އުޅުއްވި މޫސަ ވިދާޅުވި އެވެ.

ލ. ގަމުގައި މިރޭ ބޭއްވި ކެމްޕެއިން ބައްދަލުވުމުގައި މޫސަ ވާހަކަ ދައްކަވަނީ.

ލ. ގަމުގައި މިރޭ ބޭއްވި ކެމްޕެއިން ބައްދަލުވުމުގައި މޫސަ ވާހަކަ ދައްކަވަނީ.

އޭނާ ވިދާޅުވިގޮތުގައި، އިންޑިއާއިން ރާއްޖެއަށް ދެރަ ގޮތެއް ނުހަދާނެ އެވެ. އަދި އެފަދަ އިންޒާރުތަކަކީ އިބޫއަށް ޖެއްސުން ކުރެއްވުމަށް ނަޝީދު ކުރައްވާ ކަންކަން ކަމަށް މޫސަ ވިދާޅުވި އެވެ. ދުނިޔޭގެ ބޮޑެތި ގައުމުތަކުން ރާއްޖެއަށް ބިރު ދެއްކި ނަމަވެސް އަޅުވެތި ކުރިޔަ ނުދެއްވާނެ ކަމަށް މޫސަ ވިދާޅުވެ ނަޝީދަށް ވަރަށް ބޮޑަށް ފާޑުވިދާޅުވި އެވެ.

ކުރީގައި އެކުގައި އުޅުއްވި ނަޝީދަކީ އިންސާނިއްޔަތުކަމެއް ނެތް، އަމިއްލަ އެދުމުން ފޯވެފައިވާ ބޭފުޅެއް ކަމަށް ވެސް މޫސަ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ނަޝީދުގެ އަމަލުތަކުގެ ސަބަބުން އެމްޑީޕީގެ ތެރެއިން ވެސް އެމަނިކުފާނަށް ކުރިމަގުގައި ފުރުސަތު ލިބިވަޑައިނުގަންނަވާނެ ކަމަށެވެ.

ނަޝީދު މަަކަރު ނުހައްދަވާ އިންތިޚާބެއްގައި ވާދަ ކުރެއްވިތޯ އެމަނިކުފާނަށް ސުވާލު ކުރިމަތި ކުރައްވައި މޫސަ ވަނީ 2008 ވަނަ އަހަރު އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ކަނޑައަޅަން ބޭއްވި ޕްރައިމަރީގެ ނަތީޖާއާ މެދު ސުވާލު އުފައްދަވައިފަ އެވެ. ޕާޓީ ތެރޭގައި ހުރިހާ މަސައްކަތެއް ކުރެއްވިއިރު އޭނާ އަށް 15 ވޯޓް ލިބިވަޑައިގެންނެވއިރު، ނަޝީދު 15،000 ވޯޓް ހޯއްދެއްވި ކަމަށާއި އެ ޕްރައިމަރީން މަކަރު ހެދީ ކޮން ބައެއްކަން އެނގިވަޑައިގަންނަވާ ކަމަށް މޫސަ ވިދާޅުވި އެވެ.

އިދިކޮޅު ފަރާތްތަކަށް އަމާޒު ކުރައްވައި، މޫސަ ވިދާޅުވީ އެމްޑީޕީގެ މީހުންގެ ގޮތް އެނގިވަޑައިގަންނަވާ ކަމަށާއި އެބޭފުޅުންނަށް އިތުބާރު ކުރަން ނުވާނެ ކަމަށެވެ. ވެރިކަމަށް ޝައުގުވެރިކަން ފާޅުކުރި ހިސާބުން ވެސް އެމްޑީޕީން ބޭރަށް "އެއްލައިލި" ކަމަށް މޫސަ ވިދާޅުވި އެވެ.

މޫސަ ވިދާޅުވި ގޮތުގައި، އޭނާގެ ސިޔާސީ ކުރިމަގަށް ނަޝީދާއި އެމްޑީޕީއަށް ހުރަހެއް ކުރިމަތި ނުކުރެއްވޭނެ އެވެ. އަދި ނަޝީދާއި އެމްޑީޕީ އަށް ގޮންޖައްސަވައި މޫސަ ވިދާޅުވީ މި ރިޔާސީ އިންތިޚާބުން އެ ޕާޓީ ބަލިކުރަައްވާނެ ކަމަށެވެ.

"އަޅުގަނޑު އެމްޑީޕީއަށްޓަކައި ކުރި މަސައްކަތާއި އެ ޕާޓީ، ޕާޓީއަކަށް ހެދުމަށްޓަކައި ވި ގުރުބާނީ ނުދަންނަ މީހަކު ނުހުންނާނެ. އެންމެ ކުޑަމިނުން ގައިން ލޭއޮހޮރިގެން ދިޔަ. ރައީސް ނަޝީދު ހިމާޔަތް ކުރަން އުޅުމުގެ ތެރެއިން،" ފެބްރުއަރީ 7، 2012 ގައި ނަޝީދު އިސްތިއުފާ ދެއްވުމުން ޖެހިގެން އައި ދުވަހު މާލޭގައި އެމްޑީޕީން ހިންގި ހަމަނުޖެހުމުގައި ފުލުހުން އާންމުންނާ ކުރިމަތިލުމުން އަނިޔާ ލިބުނު މޫސަ ވިދާޅުވި އެވެ.