ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ އޮތް އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ތެރޭގައި މައްސަލަ ބޮޑުވެ، މަޖިލީހުގައި ނަގާ ވޯޓުތަކުގައި ވެސް ދެ ބައިވުން އުފެދި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދުގެ ފެކްޝަނުން އިދިކޮޅު ޕީޕީއެމާއި ޕީއެންސީއާ އެއްގަލަކަށް އަރައިފި އެވެ.
29 މާޗް 2022
ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ އޮތް އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ތެރޭގައި މައްސަލަ ބޮޑުވެ، މަޖިލީހުގައި ނަގާ ވޯޓުތަކުގައި ވެސް ދެ ބައިވުން އުފެދި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދުގެ ފެކްޝަނުން އިދިކޮޅު ޕީޕީއެމާއި ޕީއެންސީއާ އެއްގަލަކަށް އަރައިފި އެވެ.
އެމްޑީޕީގެ 65 މެމްބަރުންނާ އެކު މެޖޯރިޓީ އޮތް ޕާލަމެންޓްރީ ގްރޫޕުން މައްސަލަތަކުގައި ވިޕްލައިން ނެރެފައި އޮތަސް އިދިކޮޅުން ހުށަހަޅާ ގޮތަށް ބައެއް މެމްބަރުން ގެންދަވަނީ ވޯޓު ދެއްވަމުންނެވެ. ޕީޕީއެމާއި ޕީއެންސީ ބޭނުންވި ގޮތަށް އެމްޑީޕީގެ މެމްބަރުންތަކެއް މަޖިލީހުގައި އިއްޔެ ވެސް ވޯޓު ދެއްވި އިރު މިއަދު ވެސް ވަނީ ނަޝީދު ފެކްޝަންގެ މެމްބަރުންގެ ވޯޓާ އެކު މައްސަލައެއް ބަލައިގަތުމަށް ފާސްކޮށްފަ އެވެ.
އިދިކޮޅުން މިއަދު ކާމިޔާބުކުރީ ސަރުކާރުން ޓާޝަރީ ހޮސްޕިޓަލެއްގެ ގޮތުގައި ތަރައްގީކުރާ ލ. އަތޮޅު ރީޖަނަލް ހޮސްޕިޓަލުގެ ފެންވަރު ދަށް މައްސަލާގައި އިދިކޮޅު ޕީއެންސީގެ ފަރާތުން މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު ހުށަހެޅުއްވި މައްސަލަ އެވެ.
އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕުގައި ނަޝީދަށް ތާއީދު ކުރައްވާ މެމްބަރުން މިއަދު ވަކާލާތު ކުރެއްވީ ސައީދު ހުށަހެޅި މައްސަލަ ބަލައިގަނެ ކޮމިޓީ އަށް ފޮނުވުމަށެވެ. މި ނިންމުމާ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ތާއީދު ކުރައްވާ ބައެއް މެމްބަރުން ދެކޮޅު ހައްދަވައި، ވޯޓު ދެއްވީ އެކަމާ ބަހުސް ވެސް ނުކުރެއްވުމަށެވެ.
ނަމަވެސް އިދިކޮޅު ފަރާތްތަކާއި ނަޝީދަށް ތާއީދުކުރައްވާ މެމްބަރުންގެ ވޯޓުން އެ މައްސަލަ ބަލައިގަނެ ބަހުސް ކުރުމަށް ފާސްވި އެވެ. ބަހުސް މަރުހަލާ ނިމިގެން ދެން ވޯޓަށް އެހީ ކޮމިޓީއަށް ފޮނުވުމަށެވެ.
އެމްޑީޕީގެ މެމްބަރަކު ވިދާޅުވީ އެ މައްސަލަ ބޭރު ކޮށްލުމަށް އެ ޕާޓީގެ ޕީޖީން ވިޕެއް ވެސް ނެރުނު ކަމަށެވެ. އެ ވިޕާ އެއްގޮތަށް، ސައީދުގެ މައްސަލަ ބޭރުކޮށްލުމަށް ސަރުކާރަށް ތާއީދު ކުރާ 16 މެމްބަރަކު ވޯޓު ދެއްވި އެވެ.
ނަމަވެސް އިދިކޮޅުގެ އެހީއާ އެކު 18 ވޯޓު ހޯދައި އެންމެ ދެ މެމްބަރުންގެ ތަފާތުން އެ މައްސަލަ ފާސްކޮށް، މަޖިލީހުގެ ކޮމިޓީ އަކަށް ފޮނުވި އެވެ. އަދި އެ ވޯޓް ފާސްވުމާ އެކު އެމްޑީޕީގެ ނަޝީދު ފެކްޝަންގެ މެމްބަރުން މަޖިލީހުގައި އަތް ޖަހައި އުފާފާޅު ކުރި އެވެ.
މަޖިލީހުގައި އިދިކޮޅު މެމްބަރުންނާއި ނަޝީދު ފެކްޝަނުން ގުޅިގެން ސަރުކާރު ފެކްޝަނާ ދެކޮޅަށް ބަހުސްކޮށް ވޯޓު ވެސް ދިން މަންޒަރު އިއްޔެ ވެސް ފެނުނެވެ.
ދެ ވަޒީރަކު މަޖިލީހުގައި އިތުރުފުޅު ހެއްދެވި މައްސަލައެއް ބެލުމަށް ޕީއެންސީ އަށް ނިސްބަތްވާ، މަޑުއްވަރީ ދާއިރާގެ މެމްބަރު އަދަމް ޝަރީފް އުމަރު ހުށަހެޅުއްވުމުން އެކަމަށް ނަޝީދު ފެކްޝަން މެމްބަރުން ތާއީދު ކުރެއްވި އެވެ. އަދި އެ މައްސަލަ ބޭރު ކޮށްލަން ވޯޓު ދިނުމަށް ވިޕެއް ނެރެފައި ވަނިކޮށް ސަރުކާރު މެމްބަރުން މަޖިލީހުގެ ތަޅުމުގައި މަދު ވަގުތެއްގައި އިދިކޮޅު މެމްބަރުންނާއި ނަޝީދު ފެކްޝަންގެ މެމްބަރުން ގުޅިގެން ވަނީ އެ މައްސަލަ އަށް ބަހުސް ކުރުމަށް ވެސް ފާސް ކޮށްފަ އެވެ.
ނަމަވެސް އިއްޔެ މެންދުރު ފަހު އެކަމާ ގުޅޭ ގޮތުން ނެގި ވޯޓުގައި އެ މައްސަލަ އިތުރަށް ކުރިޔަށް ގެންދަން ފާހެއް ނުވި އެވެ.
އެމްޑީޕީގެ ތެރޭގައި ފެކްޝަނެއް އުފެދިފައިވާ ކަން މިހާރު ވަރަށް ފާޅުކަން ބޮޑު ގޮތެއްގައި ހާމަވެ މެމްބަރުން ވެސް އެ ވާހަކަ ދައްކަވަ އެވެ. މިދިޔަ ދެ ދުވަހު މަޖިލީހުގައި ބަހުސް ކުރެއްވި ނަޝީދު ފެކްޝަން މެމްބަރުންގެ ކަންބޮޑުވުމަކީ ވެސް ސަރުކާރުން ބޭނުންހާ ގޮތަކަށް އަމަލުކުރާ މެމްބަރުން މަޖިލީހުގައި ތިއްބެވުމެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެސް މީގެ ކުރިން ވިދާޅުވެފައިވާ ގޮތުގައި އެމަނިކުފާނު އަތްޕުޅުގައި މަޖިލީހުގެ ބާރު އެބައޮތެވެ. އެމަނިކުފާނާ ދެކޮޅަށް މަސައްކަތް ކުރާ މެމްބަރުން ވެސް އެނގިވަޑައިގަންނަވާ ކަމަށް ރައީސް ވިދާޅުވެފައިވެ އެވެ.
ބައި އިލެކްޝަނުން ދެއްކީ 2023 ގެ "މަގުޗާޓް"؟
މި މޮޅަކީ ރައީސްގެ ވަރުގަދަ ފެށުމެއް!
ބާގަނޑު ބޮޑުވެ، ސުޕަ މެޖޯރިޓީ ގެއްލެނީތަ؟
އިންސާފުވެރި ނަމަ ސަރުކާރު ބަލިކުރާނަން: އިދިކޮޅު
ސަރުކާރުގެ ވައްކަމުން އެމްޑީޕީއަކަށް ނުރެކެވޭނެ: ސައީދު
ރެސިޑެންސް ވިސާގެ އިސްލާހު އަނބުރާ ގެންދޭ:އިދިކޮޅު
ނަޝީދަކީ ޑިމޮކްރަސީއާ ބީރައްޓެހި ބޭފުޅެއް: އިދިކޮޅު
"ތެޔޮ ވިޔަފާރީގެ ވާހަކަ ދައްކަނީ ވަހީދު ދެކެ ބިރުން"
މައިނޯރިޓީގެ އަޑު ނެތި މަޖިލިސް ހިންގާތީ ކަންބޮޑުވެއްޖެ
ނަޝީދު މާފަށް އެދެންޖެހޭ: އާދަމް ޝަރީފް