ސަރުކާރުން ވައްކަން ކުރާ ކަމަށް ބުނެ އެމްޑީޕީ އަށް އެކަމުން ނުރެކެވޭނެ ކަމަށް ވިދާޅުވެ، މާވަށު ދާއިރާގެ ޕީޕީއެމްގެ މެމްބަރު މުހައްމަދު ސައީދު، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް މިއަދު ރައްދު ދެއްވައިފި އެވެ.
27 މާޗް 2021
ސަރުކާރުން ވައްކަން ކުރާ ކަމަށް ބުނެ އެމްޑީޕީ އަށް އެކަމުން ނުރެކެވޭނެ ކަމަށް ވިދާޅުވެ، މާވަށު ދާއިރާގެ ޕީޕީއެމްގެ މެމްބަރު މުހައްމަދު ސައީދު، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް މިއަދު ރައްދު ދެއްވައިފި އެވެ.
މި ސަރުކާރު ހިންގާ ކޯލިޝަންގެ މައި ޕާޓީ އެމްޑީޕީގެ ރައީސް ނަޝީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ވައްކަންކުރާ ސަރުކާރަކާ އެކީ އޮންނަން އެ ޕާޓީ ނޭދޭނެ ކަމަށެވެ. އެކަން ބަދަލުކުރަން ޖެހޭނެ ކަމަށާއި ރައްޔިތުންނާ އެކީ އެ މަނިކުފާނު ވެސް ހުންނެވީ ދޫދެއްވާކަށް ނޫންކަމަށް ވިދާޅުވި އެވެ.
ނަޝީދު އެހެން ވިދާޅުވީ، ކޮވިޑް-19 ގެ ފަރުވާ އަށް ވެންޓިލޭޓަރު ގެންނަން ދުބާއީގެ ކުންފުންޏަކާ ހަވާލުކުރުމުގައި ހިންގާފައިވާ ކަމަށް ތުހުމަތު ކުރެވޭ ކަންކަންމާ ގުޅިގެން ދައުވާ ނުކުރައްވަން ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް ނިންމެވުމުންނެވެ.
ނަަޝީދުގެ އެ ވާހަކަފުޅަށް ރައްދު ދެއްވައި، އިދިކޮޅު ޕީޕީއެމްގެ ސައީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެކަމުގައި [ވެންޓިލޭޓަރު ތަކުގެ މައްސަލައިގައި] ޕްރޮސެކިއުޓާ ޖެނެރަލް ޝަމީމުގެ އިތުބާރު ނެތްކަމަށް ކަނޑަައަޅާނެ ހިތްވަރެއް އެމްޑީޕީގެ ނުހުންނާނެ ކަމަށެވެ.
ނަޝީދުގެ އެ އާދަޔާ ހިލާފު ވާހަކަފުޅާ ބެހޭ ގޮތުން ސައީދު މިރޭ "މިހާރު" އަށް ވިދާޅުވީ އެއީ ލޯކަލް ކައުންސިލްތަކުގެ އިންތިހާބަށް ގާތްގަނޑަކަށް 14 ދުވަހަށް ވުމުން އެމްޑީޕީން އަރުވާ "ސައިބޯނި ބޮކި" ކަމަށެވެ. އޭނާ ވިދާޅުވީ ޔޫޓީއެފްގެ އެއްބަސްވުމުގެ ތަފްސީލު ރައްޔިތުންގެ މަޖިލީހަށް ގެންދަން ވެސް ނަޝީދަށް ކެރިވަޑައިނުގެންނެވި ކަމަށާއި އެއީ ގާނޫނުއަސާސީއާ ހިލާފު އެއްބަސްވުމެއް ކަމަށެވެ.
"ކޯލިޝަނުގެ މައި ޕާޓީ އަކީ އެމްޑީޕީ. އެމްޑީޕީގެ ސަރުކާރެއް މިއީ. އެމްޑީޕީގެ ސަރުކާރެއްގައި އެމްޑީޕީން ވައްކަން ކޮށްފައި ސަރުކާރު ވައްކަން ކުރާ ވާހަކަ ދައްކާފައި އެމްޑީޕީން އެއިން ސަލާމަތްވެވޭވެ ގޮތެއް ނޯންނާނެ،" އޭނާ ވިދާޅުވި އެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އިކޮނޮމިކް މިނިސްޓަރުކަން ކުރެއްވި ސައީދު ވިދާޅުވިގޮތުގައި ހައުސިން މަޝްރޫއުތައް ފެއިލްވީ ކުރީގެ ރައީސް މައުމޫނު އަބްދުލްގައްޔޫމުގެ ޕާޓީގެ ބޭފުޅަކަށް ވުމުން [އައިމިނަތު އާތިފާ] ކަމަށް އެމްޑީޕީން ކުރިން ބުނި ކަމަށާއި އެ ވާހަކައިގެ ހަގީގަތް އެނގޭނީ ފިޝަރީޒް މިނިސްޓަރު ޒަހާ ވަހީދުގެ އިތުބާރު ނެތްކަމަށް ފާސްކުރަން އިދިކޮޅުްނ ވޯޓުދޭއިރު ކަމަށެވެ. އޭނާ ވިދާޅުވީ ސަރުކާރު ހިންގާ ކޯލިޝަންގައި ހިމެނޭ އެމްއާރުއެމްގެ ޒަހާއާ ދެކޮޅަށް ވޯޓުދޭން އެމްޑީޕީ އަށް ނުކެރޭނެ ކަމަށެވެ.
ދުބާއީގެ އެގްޒެކިއުޓާސް ކުންފުންޏާ ހަވާލުކޮށްގެން 75 ވެންޓިލޭޓަރު ގަންނަން ސަރުކާރުން ފައިސާ ދެއްކި އެވެ. ނަމަވެސް މިހާތަނަށް ލިބުނީ އެންމެ 10 ވެންޓިލޭޓަރެވެ. އަނެއް ބައި ލިބޭނެކަމުގެ ޔަގީންކަމެއް ސަރުކާރަކަށް ވެސް ނެތެވެ.
އެ މުއާމަލާތުގައި އެޑްވާންސްކޮށް ފައިސާ ދެއްކުމުގައި ކޮރަޕްޝަނުގެ އަމަލުތައް ހިންގާފައިވާ ކަމަށް ތުހުމަތުކޮށް، އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ޕީޖީ އަށް މައްސަލަ ފޮނުވުމުން ޕީޖީ ޝަމީމް ނިންމެވީ ދައުވާކުރެވޭ ވަރުގެ ހެއްކެއް ނެތް ކަމަށެވެ.
ނަޝީދު ވަނީ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ވަޓްސްއެޕް ގުރޫޕުގައި ވެސް އެ މަނިކުފާނުގެ ހިތްޕުޅުހަމަނުޖެހުން ފާޅުކުރައްވައިފަ އެވެ. އެގޮތުން ޕީޖީ ޝަމީމާއި އޭސީސީގެ ރައީސް މަރިޔަމް ޝިއުނާގެ އިތުބާރު ނެތްކަމުގެ ވޯޓު ނަގަން ފެނިވަޑައިގަންނަވާ ކަމަށް ވެސް އެ ގްރޫޕްގައި ނަޝީދު ވިދާޅުވި އެވެ.
އެ ވާހަކަފުޅަށް ވަޓްސެޕް ގްރޫޕުގައި ބައެއް މެންބަރުން ތާއީދު ވެސް ކުރެއްވި އެވެ
މި މޮޅަކީ ރައީސްގެ ވަރުގަދަ ފެށުމެއް!
މަޖިލީހުގައި ނަޝީދުގެ ފެކްޝަނާއި އިދިކޮޅު އެއްގަލަކަށް!
ބައި އިލެކްޝަނުން ދެއްކީ 2023 ގެ "މަގުޗާޓް"؟
ބާގަނޑު ބޮޑުވެ، ސުޕަ މެޖޯރިޓީ ގެއްލެނީތަ؟
ރައްޔިތުންގެ އަޣުލަބިއްޔަތު ހޯދޭނެ ލީޑަރެއް އެބަހުރި؟
"އިންޑިއާ އައުޓް" އިން ގެއްލުން ލިބޭނެ ވަރު ބަލަނީ
މަޖިލިސް ހަރާބުކުރެއްވި ކަމުގެ ތުހުމަތު އަފީފަށް
ނަޝީދުގެ ފަހަތަކަށް ޕީޕީއެމް ނާރާނެ: އަބްދުއްރަހީމް
މުއިއްޒަށް އެއްބާރުލުން ދޭނަން: ނަޝީދު
އިންސާފުވެރި ނަމަ ސަރުކާރު ބަލިކުރާނަން: އިދިކޮޅު