Roadha Mihaaru
އޭސް ހާޑްވެއާގެ ރޯދަ ސޭލްގެ މުއްދަތު އިތުރުކޮށްފި

އޭސް ހާޑްވެއާގެ ރޯދަ ސޭލްގެ މުއްދަތު އިތުރުކޮށްފި

09 އެޕްރީލް 2023

އޭސް ހާޑްވެއާއިން ފެބްރުއަރީ 5 އިން އޭޕްރިލް 4 ވަނަ ދުވަހުގެ ނިޔަލަށް ފެށި ރޯދަ ސޭލްގެ މުއްދަތު މި މަހުގެ 21 ވަނަ ދުވަހުގެ ނިޔަލަށް އިތުރުކޮށްފި އެވެ.

އައިޝަތު ޖަޒްލީ އައިޝަތު ޖަޒްލީ

އޭސް ހާޑްވެއާއިން ފެބްރުއަރީ 5 އިން އޭޕްރިލް 4 ވަނަ ދުވަހުގެ ނިޔަލަށް ފެށި ރޯދަ ސޭލްގެ މުއްދަތު މި މަހުގެ 21 ވަނަ ދުވަހުގެ ނިޔަލަށް އިތުރުކޮށްފި އެވެ.

އޭސް ހާޑްވެއާއިން ބުނި ގޮތުގައި އެ ސޭލްގެ މުއްދަތު އިތުރުކުރީ ސޭލަށް ލިބެމުން އަންނަ ތަރުހީބު ބޮޑުވެ ގިނަ ކަސްޓަމަރުންތަކެއް އެކަމަށް އެދިފައިވުމުންނެވެ. އެ ސޭލަކީ އޭސް ހާޑްވެއާއިން ވިއްކާ ޕްރޮޑަކްޓުތަކަށް 50 ޕަސެންޓާ ހަމައަށް ޑިސްކައުންޓް ލިބޭ ޕްރޮމޯޝަނެކެވެ. މި ޕްރޮމޯޝަނުގައި ޑިސްކައުންޓު ލިބޭނީ ޕްރޮމޯޝަނަށް ކަނޑައަޅާފައިވާ ވަކި އައިޓަމްތަކަކުންނެވެ.

ޕްރޮމޯޝަނަށް ކަނޑައަޅާފައިވާ އައިޓަމްތަކުގެ ތެރޭގައި ރޯދަ މަހު ބަދިގެއަށް ބޭނުންވާނެ ގިނަ އައިޓަމްތަކެއް ހިމެނޭނެ ކަމަށް އޭސް ހާޑްވެއާއިން ބުނެ އެވެ.

އޭސް ހާޑްވެއާގެ ރޯދަ ސޭލްގެ ދަށުން 350ރ. އިން މަތިން ކުރާ ކޮންމެ ވިޔަފާރިއަކަށް ކޫޕަނެއް ލިބޭނެ އެވެ. މި ސޭލަށް ހުށަހަޅާފައިވާ ދެ އިނާމު ލިބޭ ދެ ފަރާތް ހޮވާނީ ކޫޕަން ފުރިހަމަކޮށް ލަކީޑްރޯގައި ބައިވެރިވާ ކަސްޓަމަރުންގެ މެދުގަ އެވެ.

މި ޕްރޮމޯޝަނަށް ހުށަހަޅާފައި ވަނީ އެއާ ބްލޭޑްގެ 2023 އެޑިޝަންގެ ސައިކަލަކާއި ސްކޫޕީ ކްލަބް 12ގެ ސައިކަލެކެވެ.

މި ސޭލް އޭސް ހާޑްވެއާގެ ހުރިހާ ފިހާރަތަކެއްގައި ކުރިއަށް ދާނެ އެވެ.