Roadha Mihaaru
އދ.ގެ ވާހަކަތައް މިއަންމާ އިން ދޮގުކޮށްފި

އދ.ގެ ވާހަކަތައް މިއަންމާ އިން ދޮގުކޮށްފި

29 އޯގަސްޓް 2018

ނޭޕީޑޯ (އޮގަސްޓް 29) - ރަކީން ސްޓޭޓުގެ މުސްލިމުންނާ ދެކޮޅަށް މިއަންމާގެ އަސްކަރިއްޔާ އިން ބޮޑެތި ޖަރީމާތައް ހިންގި މީހުންނާ ދެކޮޅަށް ދައުވާ ކުރަން ޖެހޭނެ ކަމަށް ބުނެ އދ.ގެ ފެކްޓް ފައިންޑިން މިޝަނުން އާއްމުކުރި ރިޕޯޓް މިއަންމާ ސަރުކާރުން ދޮގުކޮށްފި އެވެ.

ހަސަން އާމިރު ހަސަން އާމިރު

ނޭޕީޑޯ (އޮގަސްޓް 29) - ރަކީން ސްޓޭޓުގެ މުސްލިމުންނާ ދެކޮޅަށް މިއަންމާގެ އަސްކަރިއްޔާ އިން ބޮޑެތި ޖަރީމާތައް ހިންގި މީހުންނާ ދެކޮޅަށް ދައުވާ ކުރަން ޖެހޭނެ ކަމަށް ބުނެ އދ.ގެ ފެކްޓް ފައިންޑިން މިޝަނުން އާއްމުކުރި ރިޕޯޓް މިއަންމާ ސަރުކާރުން ދޮގުކޮށްފި އެވެ.

ސަރުކާރުގެ ތަރުޖަމާން ޒޯ ހުޓޭ ވިދާޅުވީ އދ.ގެ އިންސާނީ ހައްގުތަކާ ބެހޭ ކައުންސިލުން ހުށަހަޅާ އެއްވެސް ގަރާރެއް ގަބޫލް ނުކުރާނެ ކަމަށެވެ.

"އދ.ގެ ފެކްޓް ފައިންޑިން މިޝަން މިއަންމާ އަށް ވަންނާކަށް ހުއްދައެއް ނުދެން. އެހެންވެ ހިއުމަން ރައިޓްސް ކައުންސިލުގެ އެއްވެސް ނިންމުމެއް ގަބޫލެއް ނުކުރާނަން،" ޒޯ ހުޓޭ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މިއަންމާގައި ވެސް ވަނީ މިނިވަން ކޮމިޝަނެއް ގާއިމްކޮށްފައި ކަމަށާއި ބައިނަލްއަގުވާމީ އެޖެންސީތަކުން ހަދާ ދޮގުތަކަށް އެ ކޮމިޝަނުން ޖަވާބު ދޭނެ ކަމަށެވެ.

ޗައިނާ އިން ވަނީ މިއަންމާ ދިފާއުކޮށްފަ އެވެ. އެ ގައުމުން ބުނެފައި ވަނީ މިއަންމާ އަށް ޕްރެޝަރު ކުރުމަކީ ފައިދާ ހުރި ކަމެއް ނޫން ކަމަށެވެ. ޗައިނާ އިން ދަނީ މިއަންމާ އެކު ވިޔަފާރީގެ ގާތްގުޅުންތަކެއް ބާއްވަމުންނެވެ.