Roadha Mihaaru
ސިނަމާލެ ބްރިޖާ އެކު ތާރީހު ބަދަލުކޮށްލައިފި

ކުލަގަދަ ހަފުލާއެއްގައި ސިނަމާލެ ބްރިޖް ހުޅުވައި، ތާރީހު ބަދަލުކޮށްލައިފި

30 އޯގަސްޓް 2018

ހުޅުލެ އާއި މާލެ ގުޅާލާ ބްރިޖް ހުޅުވުމުގެ ރަސްމިއްޔާތާއި އެ މުނާސަބާއާ ގުޅިގެން މިރޭ ބާއްވަން ހަމަޖެހިފައިވާ އަލިފާނުގެ ކުޅިވަރުތައް ބެލުމަށް އެތައް ހާސް ބަޔަކު އާޓިފިޝަލް ބީޗް ސަރަހައްދަށް ޖަމާވެއްޖެ އެވެ.

ބްރިޖް ހުޅުވުމުގެ ރަސްމިއްޔާތު މިހާރު ވަނީ ފަށައިފަ އެވެ. މި ރަސްމިއްޔާތު ބާއްވާނީ އާޓިފިޝަލް ބީޗް ސަރަހައްދުގައި އެކަމަށް ހާއްސަކޮށް މިއަދު ތައްޔާރުކުރި ތަނެއްގަ އެވެ. މި ރަސްމިއްޔާތުގައި ރައީސް އަބްދުﷲ ޔާމީނާއި ޗައިނާ އާއި ދިވެހި ސަރުކާރުގެ އިސް ބޭފުޅުން ބައިވެރިވެ ވަޑައިގަންނަވަ އެވެ.

އޮގަސްޓް 29، 2018- މާލެ އާއި ހުޅުލެއާ ދެމެދު އަޅާފައިވާ ސިނަމާލެ ބްރިޖު މާދަމާރޭ ރަސްމީކޮށް ހުޅުވުމަށް ތައްޔާރުވެފައިވާއިރު، ބްރިޖް ރޭގަނޑު ދިއްލާފައި އޮންނަ މަންޒަރު ބަލާލުން.---ފޮޓޯ: ނިޝާން އަލީ/މިހާރު

ބްރިޖް މަޝްރޫއުގެ ހުލާސާ

- މާލެ އާއި ހުޅުލެ ގުޅުވާލި ބްރިޖު އެޅުމުގެ މަސައްކަތުގެ ފުރަތަމަ މަރުހަލާ އަކީ އެކަމަށް ބޭނުންވާ މެޝިނަރީޒްތައް ބޭރުން ގެނައުން. ބޮޑެތި ކްރޭންތަކާއި އެހެން ވެސް ސާމާނު ގެނައި.

- ފައުންޑޭޝަންގެ މަސައްކަތް ކުރަން ޕްލެޓްފޯމެއް އެޅީ މެއި، 2016 ގައި.

- އެންމެ ގޮންޖެހުން ބޮޑު މަސައްކަތަކީ ބްރިޖުގެ ފައުންޑޭޝަނަށް ބޭނުންވާ ހޮޅިތައް ފެއްތުން. ބްރިޖުގެ މައި ހަތް ތަނބު އިންނައިރު، އެ ތަނބުތަކުގައި ޖަހާފައިވާ ބިޔަ 35 ހޮޅި ވަނީ ކަނޑު އަޑިއަށް ފައްތާފައި.

- މެއި، 30، 2017، ގައި ބްރިޖުގެ ކޮންކްރީޓް ތަނބުތައް ފެނުން މައްޗަށް އެރި.

- މާލެ އާއި ހުޅުލޭ ކޮޅުން ބްރިޖް، މައި ކަނޑާ ހަމައަށް ގެންދިޔައީ ކޮންކްރީޓް ޝީޓްތަކުން. އެކަމަކު ކަނޑުގައި ޖަހާފައިވާ ބިޔަ ތަނބުތަކުގެ ދެމެދުން ބްރިޖް ގުޅުވާލީ، ޗައިނާގައި ތައްޔާރުކޮށްގެން ގެނައި "ސުޕަސްޓްރަކްޗާ" އިން. އޭގެމަތީގައި ތާރުއަޅައި، ލައިޓްތައް ވަނީ ހަރުކޮށްފައި.

- ގަޑިއަކު 60 ކިލޯ މީޓަރަށް ދުއްވާ ގޮތަށް ޑިޒައިންކޮށްފައިވާ ބްރިޖުން ގާތްގަނޑަކަށް ތިން މިނެޓުން ހުޅުލެ އާއި މާލެ ހުރަސްކޮށްލެވޭނެ.

- ވެހިކަލްތަކަށް ހަތަރު ލޭން އޮންނާނެ، އެއީ ހުޅުލޭ ކޮޅަށް ޚާއްސަ ދެ ލޭނާއި މާލޭ ކޮޅަށް ދެ ލޭން. މާލޭ ކޮޅުގެ ދެ ލޭންގައި، 3.5 މީޓަރު ހުންނައިރު، އަނެއް ދެ ލޭންގައި 3.2 މީޓަރު ހުންނާނެ.

- ބްރިޖްގެ މަސައްކަތަށް 200 މިލިއަން ޑޮލަރު ޚަރަދުވާ އިރު އޭގެ ތެރެއިން 116 މިލިއަން ޑޮލަރަކީ ޗައިނާ ސަރުކާރުގެ ހިލޭ އެހީ. އަދި 72 މިލިއަން ޑޮލަރަކީ ޗައިނާގެ ލޯނު އެހީ. މި މަޝްރޫއަށް ދިވެހި ސަރުކާރުން 12 މިލިއަން ޑޮލަރު ހޭދަކުރޭ.

- ބްރިޖު ދަތުރުތަކަށް އާއްމުކޮށް ހުޅުވާލާނީ އަންނަ މަހުގެ 7 ގައި.