Roadha Mihaaru
ވިލިމާލެ2 އަށް 86މިލިއަން ޑޮލަރު ހަރަދުވާނެ: ޝައިނީ

ވިލިމާލެ-2 އަށް 86 މިލިއަން ޑޮލަރު، ފައިސާ ހަމަޖެހޭނެ: ޝައިނީ

01 ސެޕްޓެމްބަރ 2018

ތިން ލައްކަ މީހުންގެ އާބާދީއަކަށް އަމާޒުކޮށް ތަރައްގީކުރަން ނިންމާފައިވާ ވިލިމާލެ 2 މަޝްރޫއަށް 86 މިލިއަން ޑޮލަރު (1.3 ބިލިއަން ރުފިޔާ) ހަރަދުވާނެ ކަމަށް ޔޫތު އެންޑް އިކޮނޮމިކް ކައުންސިލްގެ ޗެއާމަން، ފިޝަރީޒް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީ މިއަދު ވިދާޅުވެއްޖެ އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ތިން ލައްކަ މީހުންގެ އާބާދީއަކަށް އަމާޒުކޮށް ތަރައްގީކުރަން ނިންމާފައިވާ ވިލިމާލެ 2 މަޝްރޫއަށް 86 މިލިއަން ޑޮލަރު (1.3 ބިލިއަން ރުފިޔާ) ހަރަދުވާނެ ކަމަށް ޔޫތު އެންޑް އިކޮނޮމިކް ކައުންސިލްގެ ޗެއާމަން، ފިޝަރީޒް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީ މިއަދު ވިދާޅުވެއްޖެ އެވެ.

"މިހާރު"އާ ވާހަކަދައްކަވަމުން ޝައިނީ ވިދާޅުވީ ބޭރުގެ ލޯނާއި ހިލޭ އެހީގައި ބިިލިއަން ޑޮލަރަށް ވުރެ ބޮޑެތި މަޝްރޫއުތައް ހިންގަމުން އަންނަ ކަމަށެވެ. އެހެންވެ 86 މިލިއަން ޑޮލަރު ހޯދައި އެ މަޝްރޫއު ކުރިއަށްގެންދިއުމަކީ މި ސަރުކާރަށް އުނދަގޫ ކަމެއް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.

ނަމަވެސް ބޯހިޔާވަހިކަމުގެ މައްސަލަތައް ހައްލުކޮށްދިނުމަށް ހިންގާ އެންމެ ބޮޑު މަޝްރޫއުއަށް ފައިސާ ހޯދާނެ ގޮތަކާ މެދު އަދި މަޝްވަރާ ކޮށްފައިނުވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"އެ މަޝްރޫއު ހިންގަން ފައިސާ ހޯދަން ސަރުކާރަށް އުނދަގުލެއް ނުވާނެ. އެއަށްވުރެ ބޮޑެތި މަޝްރޫއުތަކަށް ވެސް ފައިސާ ހޯދާފައި އެ ވަނީ. އެހެންވީމަ 86 މިލިއަން ޑޮލަރު ހޯދުމަކީ މި ސަރުކާރަށް އުނދަގޫ ކަމެއް ނޫން. އެ ގާބިލްކަން އެބަހުރި،" ޝައިނީ ވިދާޅުވި އެވެ.

ވިލިމާލެ 2 މަޝްރޫއު ކުރިއަށްގެންދަނީ ވިލިމާލޭގެ ހުޅަނގުން އޮންނަ ގުޅިފަޅާއި މާލޭގެ ދެކުނުން އިރުމަތީގައި، މާލެ އަތޮޅު ގުޅީ ކައިރީގައި އޮންނަ ބޮޑު ފަޅު ފުށިދިއްގަރު ފަޅު ހިއްކައިގެންނެވެ. މީގެ ތެރެއިން މާލެ އާއި ވިލިމާލެ އާއި ގުޅިފަޅު އަދި ތިލަފުށީ ބްރިޖްތަކުން ގުޅުވާލަން ވެސް ވަނީ ހަމަޖައްސައިފަ އެވެ.

ފިޝަރީޒް މިނިސްޓަރު ޝައިނީ: ތަރައްގީގެ ބޮޑެތި މަޝްރޫއުތައް ކުރިއަށްގެންދާއިރު އެކަންތައް ފީސިބްލް ވެގެންދާނީ މި ސަރަހައްދަށް ވަކި ބަޔަކު ޖަމާވެގެން ކަމަށް ވިދާޅުވި.--  ފޮޓޯ: ނިޝާން އަލީ/ މިހާރު

ފިޝަރީޒް މިނިސްޓަރު ޝައިނީ: ތަރައްގީގެ ބޮޑެތި މަޝްރޫއުތައް ކުރިއަށްގެންދާއިރު އެކަންތައް ފީސިބްލް ވެގެންދާނީ މި ސަރަހައްދަށް ވަކި ބަޔަކު ޖަމާވެގެން ކަމަށް ވިދާޅުވި.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

އެ މަޝްރޫއުގެ ފްލެޓާއި ގޯއްޗަށް ކުރިމަތިލުމުގެ ފުރުސަތު ހައުސިން މިނިސްޓްރީން މިހާރު ވަނީ ހުޅުވާލައިފަ އެވެ. ފްލެޓަށް ކުރިމަތިލާން އޮތީ އެންމެ ދެ ޝަރުތެވެ. އެއީ، 18 އަހަރު ފުރިފައިވާ ދިވެހި ރައްޔިތަކަށް ވުމާއި އެ މީހެއްގެ އަމިއްލަ ނަމުގައި 1،000 އަކަފޫޓުގެ ބިމެއް ނެތުމުވެ.

އަންނަ އަހަރުގެ ޖެނުއަރީ މަހާ ހަމައަށް ހުޅުވާލާފައިވާ އެ ފުރުސަތަށް އެދުމަށް 3000 އަށް ވުރެ ގިނަ މީހުން ވަނީ ފޯމް ނަގައިފަ އެވެ.