މި މަހުގެ 23 ގައި ބާއްވާ ރިޔާސީ އިންތިޚާބުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމާ ގުޅޭ ޚާއްސަ އޮޕަރޭޝަނެއް ފުލުހުން މިއަދު ފަށައިފި އެވެ.
03 ސެޕްޓެމްބަރ 2018
މި މަހުގެ 23 ގައި ބާއްވާ ރިޔާސީ އިންތިޚާބުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމާ ގުޅޭ ޚާއްސަ އޮޕަރޭޝަނެއް ފުލުހުން މިއަދު ފަށައިފި އެވެ.
"އޮޕަރޭޝަން ބްލޫ ވޭވް 2018" ގެ ނަމުގައި ކުރިއަށް ގެންދާ މި އޮޕަރޭޝަން ރަސްމީކޮށް ފަށާފައިވަނީ، އިސްކަންދަރު ކޮށީގައި ބޭއްވި ފުލުހުންގެ ކޮމާންޑަރުންގެ ބައްދަލުވުމެއްގަ އެވެ.
އެ ބައްދަލުވުމަގައި ވާހަކަ ދައްކަވަމުން އެކްޓިން ޕޮލިސް ކޮމިޝަނަރު އަބްދުﷲ ނަވާޒް ވިދާޅުވީ، ރިޔާސީ އިންތިޚާބުގެ ތައްޔާރީތަކާ އެކު ފުލުހުންގެ އާއްމު އޮޕަރޭޝަންތަކަށް ބަދަލުތަކެއް އަންނާނެ ކަމަށެވެ. އަދި އޮޕަރޭޝަންގެ ތެރޭގައި، ހުރަސްތަކާ ކުރިމަތިވި ނަމަވެސް ހިތްވަރާ އެކު މަސައްކަތުގައި ސާބިތުވެ ތިބުމަށް އޭނާ ވަނީ ފުލުހުންގެ ކިބައިން އެދިވަޑައިގެންފަ އެވެ.
އިންތިޚާބުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމަށްޓަކައި، މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ފުލުހުން ހަަރަކާތްތެރިވާނެ އެވެ. އެގޮތުން، މާލޭގައި މިހާރު ވެސް ޚާއްސަ މަސައްކަތްތަކެއް ކުރަމުން އަންނައިރު ރަށްތަކުގައި އަމާންކަން ބެލެހެއްޓުމަށް އިތުރު ސަމާލުކަމެއް ދީގެން ހަރަކާތްތެރިވަމުން އަންނަ ކަމަށް ފުލުހުންގެ ވެބްސައިޓުގައި ބުންޏެވެ.
ބްލޫ ވޭވް އޮޕަރޭޝަން ފެށުމުގެ ރަސްމިއްޔާތުގައި، އެ އޮޕަރޭޝަންގެ ކޮމާންޑަރު އެސިސްޓެންޓް ކޮމިޝަނަރު އޮފް ޕޮލިސް ހަމްދޫން ރަޝީދާއި ފުލުހުންގެ އިސްވެރިންގެ އިތުރުން ވީޑިއޯ ކޯލް މެދުވެރިކޮށް ޕޮލިސް ޑިވިޝަންތަކުގެ ކޮމާންޑަރުން ވެސް ބައިވެރިވެވަޑައިގަތެވެ.
މި އިންތިޚާބުގައި ސަލާމަތީކަންކަން ވަރުގަދަވާނެ: ޕޮލިސް
ރިޔާސީ ކެންޑިޑޭޓުންނަށް ސެކިއުރިޓީ ދޭން ފަށައިފި
އީސީގެ ސެކްރެޓަރީ ޖެނެރަލަށް މަރުގެ އިންޒާރު ދީފި
ކެންޑިޑޭޓުންނަށް ސެކިއުރިޓީ ދޭން ފަށަނީ
ނަގަނީ ވަކި މީހެއްގެ ޕޯސްޓަރަކަށް ވާތީއެއް ނޫން:ޕޮލިސް
ސެކިއުރިޓީންނަށް ވަޒީފާ ދިނުމުގައި ސަމާލުވާން އެދެފި
އިންތިހާބަށް 3،000އަށް ވުރެ ގިނަ ފުލުހުން ނެރޭނެ
ފޯމުތަކުގެ މައްސަލަ ބަލަން އެމްޑީޕީން ވެސް އެދިއްޖެ
ފޯޖަރީގެ ތުހުމަތު، މިކަން ނުބަލަންވީ ކީއްވެ؟
ހުރިހާ ޕާޓީތަކަށް ފައިސާ ދޭން ގާނޫނު ބަދަލުކުރަނީ