28 ޖޫން 2018
މި އަހަރުގެ ރިޔާސީ އިންތިޚާބަށް އިދިކޮޅު އެމްޑީޕީން ފަށާފައިވާ ކެމްޕެއިންގައި، އެ ޕާޓީ އަށް ތާއީދު ކުރާ މީހުންގެ ގޭގެ ފާރުތަކުގައި ހިއްޕާ ޕޯސްޓަރުތައް ނަގަނީ އެއީ ވަކި މީހެއްގެ އެއްޗަކަށް ވާތީ ނޫން ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.
މި އަހަރުގެ ރިޔާސީ އިންތިޚާބަށް އިދިކޮޅު އެމްޑީޕީން ފަށާފައިވާ ކެމްޕެއިންގައި، އެ ޕާޓީ އަށް ތާއީދު ކުރާ މީހުންގެ ގޭގެ ފާރުތަކުގައި ހިއްޕާ ޕޯސްޓަރުތައް ނަގަނީ އެއީ ވަކި މީހެއްގެ އެއްޗަކަށް ވާތީ ނޫން ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.
ސެޕްޓެމްބަރު މަހު އޮންނަ ރިޔާސީ އިންތިޚާބުގައި، އިދިކޮޅު އެންމެ ބޮޑު ޕާޓީ އެމްޑީޕީގެ ޓިކެޓު ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ދީފައިވާއިރު، އެމަނިކުފާނުގެ "ޖަޒީރާ ރާއްޖެ" ޖަހާފައިވާ ޕޯސްޓަރުތައް މާލެ އިން ނަޝީދަށް ތާއީދުކުރާ މީހުންގެ ގޭގެ ފާރުތަކުގައި ކޮންމެ ދުވަހެއްގެ ހަވީރު އަންނަނީ ހިއްޕަމުންނެވެ. ނަމަވެސް ހިއްޕާ ޕޯސްޓަރުތައް ފުލުހުން ދަނީ ވަގުތުން ނައްޓަމުންނެވެ. ސަބަބެއް ކަމަށް ބުނަނީ ގާނޫނާ ޚިލާފަށް ކުރާ ކަމަކަށް ވާތީ އެވެ.
ރިޔާސީ އިންތިޚާބުގެ ތައްޔާރީތަކާ ގުޅޭ މައުލޫމާތު ދިނުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ޗީފް ސުޕްރިޓެންޑެންޓް އޮފް ޕޮލިސް އަހުމަދު ޝިފާން ވިދާޅުވީ، ފުލުހުން ނުކުމެ އެމްޑީޕީގެ ކެމްޕެއިން ޕޯސްޓަރު ހިއްޕުން ހުއްޓުވަނީ ގާނޫނާ އެއްގޮތަށް އެކަން ކުރިއަށް ގެންދިއުމުގެ ފުރުސަތު ދިނުމަށެވެ.
ނަޝީދު ނުވަތަ އެމްޑީޕީ އަށް ތާއީދުކުރާ މީހުންގެ ގޭގެ ވެރިންގެ ހުއްދައާ އެކު ޕޯސްޓަރު ހިއްޕަން ފުރުސަތު ނުދެނީ ކީއްވެގެންތޯ ނޫސްވެރިއަކު ސުވާލު ކުރުމުން ޝިފާން ވިދާޅުވީ، މަގުމަތީގައި އެފަދަ ހަރަކާތްތައް ހިންގަން ގޭގެ އިން އާއްމުންނަށް ނޭންގޭނެ ކަމަށެވެ.
"ވަކި ޕޯސްޓަރެއް ހިއްޕާތީކީ ނޫން ނައްޓުވަނީ. ބަޔަކު ޕޯސްޓަރެއް ހިއްޕާތީ ނުވަތަ ހަވީރު [ޕޯސްޓަރު ހިއްޕަން] ނިކުންނާތީއެއް ނޫން. ފުލުހުން އެ ކަންކަން ކުރަނީ ގާނޫނުގެ ތެރެއިން ހުރިހާ އެންމެންގެ އަމަލުތައް ބައްޓަން ކުރުމަށްޓަކައި އޯޑާ ކުރަން،" ޝިފާން ވިދާޅުވި އެވެ.
ވެރިކަން ކުރާ ޕާޓީ، ޕީޕީއެމުން ތަފާތު އިވެންޓުތައް ބާއްވާއިރު، މަގުމަތި ބެލެހެއްޓުމަށް ޓްރެފިކް ފުލުހުން ހަރަކާތްތެރިވަނީ ޝިފާން ވިދާޅުވި ގޮތުގައި، އޮންނަ އުސޫލާއި ހަމަތަކުގެ ތެރެއިން އެ ކަންކަން ކުރާތީ އެވެ.
"އޮންނަ އުސޫލުގެ ތެރެއިން އެ ހަމަތަކުގެ ތެރެއިން ކުރެވޭ މަސައްކަތްތައް ފުލުހުން އަދި ޓްރެފިކް ޕޮލިސް ވެސް އަދި އެހެނިހެން ފުލުހުން ނުކުމެ ވެސް ރަނގަޅު ކުރަން މަސައްކަތް ކޮށްދޭނެ. ފުލުހުންނަކީ މަގުމަތީގެ ކަންކަން އޯޑާކޮށް، ރައްޔިތުން ކުރާ ކަންކަން ހަމަ މަގަށް އަޅުވަން ތިބި ބައެއް. ރަނގަޅަށް ކުރާ ކަންކަމުގައި، އޮންނަ އުސޫލުގެ ތެރެއިން ކަމެއް ހިނގާ ނަމަ އެކަމަށް އެއްބާރުލުން ދޭނަން،" ޝިފާން ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ރިޔާސީ އިންތިޚާބުގެ ސަލާމަތީ ކަންކަން ބަލަހައްޓަން، މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ފުލުހުން ހަރަކާތްތެރިވާނެ ކަމަށެވެ. އިންތިޚާބުގެ ތެރޭގައި ހަމަޖެހުން ނަގާލަން އެއްވެސް ޖާގައެއް ނުދޭނެ ކަމަށް ޝިފާން ވިދާޅުވި އެވެ.
ފަހަކަށް އައިސް، މާލެ އާއި ރާއްޖޭގެ ބޮޑެތި ރަށްރަށުގައި ހަމަޖެހުން ނަގާލަން ބަޔަކު މަސައްކަތް ކުރާ ކަން ފާހަގަކުރެވޭ ކަމަށް ޝިފާން ވިދާޅުވި އެވެ. އަދި، އިންތިޚާބުގެ ހަމަޖެހުން ނަގާލަން އެއްވެސް ބަޔަކަށް ޖާގައެއް ނުދޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ފުލުހުން އޮތީ ތައްޔާރަށް، ހަމަނުޖެހުން ނުހިންގާތި: ޝިފާން
ވޯޓުލާ މީހުންގެ މޫނު ދެނެގަންނަ ސިސްޓަމެއް ބޭނުންކުރަނީ
އިބޫގެ ތަހުގީގެއް ފެށުމުން ޖަރުމަނުން ކަންބޮޑުވެއްޖެ
އިބޫއާ ގުޅުވައި ފުލުހުން ބިރުދެއްކުން ހުއްޓާލާ:އިދިކޮޅު
ސިޔާސީ ނަޒަރަކުން ފުލުހުންނާ މެދު ނުބަލަން އެދިއްޖެ
ބަހައްޓަނީ އެ މަރުކަޒަކަށް ވޯޓު ލާ މީހުންގެ ލިސްޓް
އިންތިހާބު ބާއްވަނީ ހަމަނުޖެހުންތަކަށް މަގުފަހިވާ ގޮތަށް
އެޗްއާރުސީއެމްގެ މަސައްކަތްތަކަށް އިދިކޮޅުގެ ތައުރީފް
ސަރުކާރުގެ ވަސީލަތް ބޭނުން ކުރާ މައްސަލަ ޕޮލިހަށް
މިނިވަން އިންތިޚާބަކަށް ގޮވާލައި އީސީ ދޮށަށް އެއްވެއްޖެ