06 ސެޕްޓެމްބަރ 2018
ރައީސް އަބްދުﷲ ޔާމީނަށް ކޮރަޕްޝަންގެ ބޮޑެތި ތުހުމަތުތަކެއްކޮށް، އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް އިދިކޮޅު އެމްޑީޕީން މައްސަލައެއް ހުށަހެޅީ، މި މަހު 23 ގައި ބާއްވާ ރިޔާސީ އިންތިޚާބުގެ ވޯޓަށް ނުފޫޒު ފޯރުވައި، އެ މަނިކުފާނުގެ އިންތިޚާބީ ހައްގުތަކަށް އަރައިގަތުމަށް ކަމަށް ރައީސް އޮފީހުގެ ތަރުޖަމާން އިބްރާހިމް މުއާޒް އަލީ މިއަދު ވިދާޅުވެއްޖެ އެވެ.
ރައީސް އަބްދުﷲ ޔާމީނަށް ކޮރަޕްޝަންގެ ބޮޑެތި ތުހުމަތުތަކެއްކޮށް، އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް އިދިކޮޅު އެމްޑީޕީން މައްސަލައެއް ހުށަހެޅީ، މި މަހު 23 ގައި ބާއްވާ ރިޔާސީ އިންތިޚާބުގެ ވޯޓަށް ނުފޫޒު ފޯރުވައި، އެ މަނިކުފާނުގެ އިންތިޚާބީ ހައްގުތަކަށް އަރައިގަތުމަށް ކަމަށް ރައީސް އޮފީހުގެ ތަރުޖަމާން އިބްރާހިމް މުއާޒް އަލީ މިއަދު ވިދާޅުވެއްޖެ އެވެ.
ހަތަރު ކަމެއް ފާހަގަކޮށް އެމްޑީޕީން އޭސީސީ އަށް ހުށަހެޅި އެ މައްސަލައިގައި ތުހުމަތު ކުރަނީ އެމްއެންޑީއެފްގެ ކުރީގެ ކާނަލެއް ކަމަށްވާ އަހްމަދު ޒިޔާދުގެ ކުންފުންޏެއް ކަމަށްވާ ގްރީން ބޮކްސް އިން ރާއްޖެ އިން ބޭރުގައި ތެލުގެ ވަގު ވިޔަފާރި ކުރާ ކަމަށާއި އެ ކުންފުންޏާއި ރައީސް ޔާމީނާ ގުޅުން އޮންނަ ކަމަށެވެ.
މިދިޔަ ހޯމަ ދުވަހު ބޭއްވި ޕްރެސް ކޮންފަރެންސެއްގައި، އެމްޑީޕީގެ އިސް ބައެއް ބޭފުޅުން ރައީސް ޔާމީނަށް މި ތުހުމަތުކޮށް ވާހަކަ ދެއްކެވުމުންނާއި އެ ވާހަކަތައް ރާއްޖެ ޓީވީން ލައިވްކުރުމުން، އެމްޑީޕީ އަށާއި ރާއްޖެ ޓީވީއާ ދެކޮޅަށް އަބުރުގެ ދައުވާ ކުރައްވަން ރައީސް ޔާމީން ވަނީ ނިންމަވައިފަ އެވެ.
މުއާޒް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ރިޔާސީ އިންތިޚާބު ކައިރިވެފައި ވަނިކޮށް، ރައީސް ޔާމީނާ ގުޅުވައި ސީރިއަސް ތުހުމަތުތަކެއް ކަމަށް ދައްކަން އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފް ނިއުސް ކޮންފަރެންސް ބާއްވައި އޭސީސީ އަށް މައްސަލަ ވެއްދުމުގެ ބޭނުމަކީ ވޯޓަށް ނުބައި ނުފޫޒު ފޯރުވުން ކަމަށެވެ. އެއީ، ސިޔާސީ ގޮތުން ދައްކާ ވާހަކައިގައި އަބުރާ ބެހުމަށް ވުރެ ވެސް ސީރިއަސް މައްސަލައެއް ކަމަށް އޭނާ ވިދާޅުވި އެވެ.
"އަދި، ރައީސް ޔާމީންގެ އިންތިޚާބީ ހައްގަކަށް އަރައިގަތުމަށް ކޮށްފައިވާ ކަމެއް،" މުއާޒް ވިދާޅުވި އެވެ.
"Riyaasee inthikhaabu kairivefai vanikoh, serious thuhumathuthakeh kamah dhakkan MDP ge Chairperson noos conference eh baavvai, adhi Raees Yameen ge corruption ge amalu vaakan rayyithunnah kashavaru kohdhinumahtakai mikan balaidhinumah ACC ah massala veddhumuge beynumaky..
— ɪʙʀᴀʜɪᴍ ᴍᴜᴀᴢ ᴀʟɪ (@SpokespersonMV) September 6, 2018
1/2
Vote ah nubai nufoozu foaruvun kamah dhekeythee, mikan migothah kurumaky siyaasee gothun dhakkaa vaahakaigai aburaa behumah vure serious kameh. Adhi Raees Yameen ge inthikhaabee haggakah araigathumah kohfaivaa kameh" -im
— ɪʙʀᴀʜɪᴍ ᴍᴜᴀᴢ ᴀʟɪ (@SpokespersonMV) September 6, 2018
2/2
ރައީސް ޔާމީންގެ ލީގަލް ޓީމުން ރޭ ނެރުނު ބަޔާނެއްގައި ބުނީ، އަބުރާ ބެހުމުގެ ސަބަބުން ލިބުނު ގެއްލުމުގެ ބަދަލު ހޯދުމަށް އެމްޑީޕީގެ މައްޗަށް ދައުވާ ކުރުމަށާއި އަބުރުގެ ގާނޫނުގެ ދަށުން ފިޔަވަޅު އަޅައިދިނުމަށް އެދި ކަމާ ބެހޭ މުއައްސަސާތަކަށް ހުށަހަޅަން ނިންމާފައިވާ ކަމަށެވެ.
މީގެ އިތުރުން، އެމްޑީޕީގެ ފަރާތުން ވާހަކަ ދެއްކެވި ބޭފުޅުން، ގާނޫނުއަސާސީ އާއި އަބުރުގެ ގާނޫނާ ޚިލާފަށް ރައީސް ޔާމީންގެ ހައްގަށް އަރައިގެންފައިވާތީ، އަބުރާ ބެހުމުގެ ސަބަބުން ލިބޭ ގެއްލުމުގެ ބަދަލު ހޯދުމަށް އެ ބޭފުޅުންގެ މައްޗަށް މަދަނީ ދައުވާ އާއި އަބުރުގެ ގާނޫނުގެ ދަށުން ފިޔަވަޅު އަޅައި ދިނުމަށް ދައުލަތުގެ ކަމާބެހޭ ފަރާތްތަކަށް ހުށަހެޅުމަށް ނިންމާފައިވާ ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.
އެމްޑީޕީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އާންމުކުރި މައުލޫމާތުތައް އަބުރުގެ ގާނޫނާ ޚިލާފަށް ބްރޯޑްކާސްޓްކޮށްފައި ވާތީ ގާނޫނުއަސާސީ އާއި އަބުރުގެ ގާނޫނުގެ ދަށުން ރާއްޖެ ޓީވީގެ މައްޗަށް، ގެއްލުމުގެ ބަދަލު ހޯދައިދިނުމުގެ ދައުވާ ކުރުމަށް މުއައްސަސާތަކަށާއި ބްރޯޑްކާސްޓިން ކޮމިޝަނަށް ހުށަހެޅުމަށް ވެސް ރައީސް ޔާމީންގެ ލީގަލް ޓީމުން ވަނީ ނިންމައިފަ އެވެ.
ރައީސް ކުރައްވާ ކެމްޕޭނަށް ދައުލަތުން ހޭދަ ނުކުރާނެ
މާލީ ބަޔާން ހުށަހަޅާ މުއްދަތަށް ބަދަލު ގެންނަން ނާންގާ
"ރައީސްގެ މާލީ ބަޔާން ހުށަހަޅަން ވަނީ ފުރުސަތުދީފައި"
އެއީ "ރައީސް އަމިއްލަ ނަފުސާ ކުރައްވާ ބަހުސެއް!"
ރައީސްގެ އަބުރާ ބެހުނު މައްސަލަ ކޯޓަށް ހުށަހަޅައިފި
ރައީސްގެ އަބުރާ ބެހުނު މައްސަލަ ބުދަ ދުވަހު ހުށަހަޅަނީ
ރައީސްގެ އަބުރާ ބެހުނު ކަމަށް ބުނެ ދައުވާ ކުރަނީ
ބަރުލަމާނީ ނިޒާމުގައި އޮންނާނީ ހަމަނުޖެހުން: ޝަހީމް
ވައުދުތަކުގެ ދުވަސްވަރު، ވިސްނާލުން ރަނގަޅު!
އާދިއްތަ އަކީ ސަރުކާރު ބަންދު ދުވަހެއް