Roadha Mihaaru

ޝީޝާގެ މި ފަހަރުގެ ޕްރޮމޯޝަންގައި ޒޫމާ އެކްސް

ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ސައިކަލްގެ ވިޔަފާރި ކުރާ، ހޮންޑާގެ ސޯލް އޮތޮރައިޒް ޑިސްޓިބިއުޓަރު ޝީޝާ އިން "ޒޫމާ އެކްސް" މަރުކާގެ ސައިކަލްގެ "ސަޅި ޑީލެއް" ތައާރަފްކޮށްފި އެވެ.

ޝީޝާގެ މި ފަހަރުގެ ޕްރޮމޯޝަންގައި ޒޫމާ އެކްސް
ނަސްވާ ހަސަން
ނަސްވާ ހަސަން

06 ސެޕްޓެމްބަރ 2018

ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ސައިކަލްގެ ވިޔަފާރި ކުރާ، ހޮންޑާގެ ސޯލް އޮތޮރައިޒް ޑިސްޓިބިއުޓަރު ޝީޝާ އިން "ޒޫމާ އެކްސް" މަރުކާގެ ސައިކަލްގެ "ސަޅި ޑީލެއް" ތައާރަފްކޮށްފި އެވެ.

ޒުވާނުންގެ މެދުގައި ބޮޑު މަގުބޫލު ކަމެއް ހޯދާފައިވާ، ދުއްވާލަން ފަސޭހަ ޒޫމާ އެކްސް އަކީ އެހެން މޮޑެލްތަކާއި އަޅައިބަލާއިރު އަގު ހެޔޮ ސައިކަލެކެވެ.

ރާއްޖޭގައި އެންމެ ފުޅާދައިރާއެއްގައި ސައިކަލް ވިއްކާ ޝީޝާ އިން ބުނީ، މި ޕްރޮމޯޝަންގައި ގަންނަ އެ މޮޑެލްގެ ސައިކަލަކާ އެކު ޔޫ ބޮކްސްއެއް ހިލޭ ލިބޭނެ ކަމަށެވެ. އަދި އެއް ފަހަރާ ފައިސާ ދައްކައިގެން ގަންނަ ސައިކަލަކުން 4000ރ. ގެ ޑިސްކައުންޓެއް ލިބޭ އިރު އިންސްޓޯލްމެންޓް ޗާޖަށް ވެސް ވަނީ ބަދަލު ގެނެސްފަ އެވެ. އެ ގޮތުން ޕްރޮމޯޝަންގައި ގަންނަ އިންސްޓޯލްމެންޓް ޗާޖަކީ އެންމެ ޕަސެންޓެކެވެ.

މާލެ، ހުޅުމާލެ، އައްޑޫ އަދި ކުޅުދުއްފުށީގައި ކުރިޔަށް ގެންދާ މި ޕްރޮމޯޝަންގައި، ސައިކަލު ގަންނަން ބޭނުންވާ މީހުންނަށް އެ ކުންފުނީގެ ވެބްސައިޓް މެދުވެރިކޮށް އިންސްޓޯލްމެންޓް ޕްލޭންތަކުގެ މައުލޫމާތު ލިބެން ހުންނާނެ އެވެ.