ތެހެރާން (އޮގަސްޓް 7) - ދެހާސް ދިހަ ވަނަ އަހަރުން ފެށިގެން ހައްޔަރުކޮށްފައިވާ އީރާނުގެ ނިއުކްލިއާ ސައެންސްވެރިޔާ އަށް މަރުގެ އަދަބު ދީފައިވާ ކަމަށް އޭނާގެ އާއިލާ އިން ބުނެފި އެވެ.
07 އޯގަސްޓް 2016
ތެހެރާން (އޮގަސްޓް 7) - ދެހާސް ދިހަ ވަނަ އަހަރުން ފެށިގެން ހައްޔަރުކޮށްފައިވާ އީރާނުގެ ނިއުކްލިއާ ސައެންސްވެރިޔާ އަށް މަރުގެ އަދަބު ދީފައިވާ ކަމަށް އޭނާގެ އާއިލާ އިން ބުނެފި އެވެ.
ޝަހުރާމް އާމިރީގެ މަންމަ ބުނީ އޭނާގެ ދަރިފުޅުގެ ހަށިގަނޑު އެ މީހުން ދިރިއުޅޭ ޓައުނަށް ގެނެސްފައިވާ ކަމަށާއި އޭނާގެ ކަރުގައި ވާގަނޑެއް އައްސާފައިވާ ކަމުގެ ނިޝާންތައް ފެންނަން ހުރި ކަމަށެވެ. އެހެންވެ ބެލެވެނީ އޭނާ މަރާލާފައި ވަނީ ދަންޖައްސައިގެން ކަމަށް ވެސް މަންމަ ބުންޏެވެ. ފަހުން ވަނީ އާމިރީ ވަޅުލައިފަ އެވެ.
އާމިރީ ހައްޔަރުކުރީ އޭނާ އެމެރިކާ އިން އީރާނަށް ދިޔަ ތަނުންނެވެ. އޭގެ ފަހުން އޭނާ ބަންދުކޮށްފައި ހުރީ ސިއްރު ތަނެއްގަ އެވެ. ބައެއް ރިޕޯޓްތައް ބުނާ ގޮތުގައި އީރާނުގެ ނިއުކްލިއާ ޕްރޮގްރާމާ ބެހޭ ވަރަށް ސިއްރު މައުލޫމާތު ވެސް އޭނާ އަށް އެނގޭނެ އެވެ. އާމިރާ ބުނެފައި ވަނީ އޭނާ ގަދަކަމުން އެމެރިކާ އަށް ގެންގޮސްފައި ވަނީ ސީއައިއޭ އިން ކަމަށެވެ.
ނަވާރަ ސަތޭކަ ހަތްދިހަ ހަތް ވަނަ އަހަރު އުފަންވެފައިވާ އާމިރީ ގެއްލުނީ 2009 ވަނަ އަހަރުގެ ހައްޖުގެ އަޅުކަމަށް މައްކާ އަށް ދިޔަ ފަހުންނެވެ. އޭގެ އަހަރެއް ފަހުން އޭނާގެ ޚަބަރެއްވީ އެމެރިކާ އިންނެވެ. އާމިރީ ބުނީ ސިއްރު މައުލޫމާތުތަކެއް ހާމަކުރުމަށް އޭނާ އަށް ސީއައިއޭ އިން މަޖްބޫރުކޮށްފައިވާ ކަމަށެވެ. ވީޑިއޯ މެސެޖެއްގައި އާމިރީ ބުނެފައި ވަނީ އޭނާ ނުވަސް ދަންނަ ތަނަކަށް ގެންގޮސް ހޭނައްތާ އިންޖެކްޝަނެއް ޖަހާފައިވާ ކަމަށެވެ. އެހެން ވީޑީއޯއެއްގައި އޭނާ ބުނެފައި ވަނީ އެމެރިކާ އިން ފިލައިގެން އީރާނަށް ދިޔައީ ކަމަށެވެ. އަދި އީރާނުން ވަނީ އޭނާ އަށް ހޫނު މަރުހަބާއެއް ކިޔައިފަ އެވެ. އެމެރިކާ އިން ބުނެފައި ވަނީ އޭނާ އައީ އަމިއްލަ އިޚްތިޔާރުގައި ކަމަށާއި އަދި މުހިންމު މައުލޫމާތުތަކެއް ވެސް ހިއްސާކޮށްފައިވާ ކަމަށެވެ. އޭނާ އެނބުރި އީރާނަށް ދިއުމުން ދިގު މުއްދަތުގެ ޖަލު ހުކުމެއް އިއްވި ކަމަށް ވެސް ވެ އެވެ.
އީރާންގެ ކުރީގެ ރައީސް ރަފްސަންޖާނީ އަވަހާރަވެއްޖެ
މަރަން ހުކުމްކުރި އީރާނުގެ ބިލިއަނަރުގެ މުދާތައް ނީލަން ކިޔަނީ
ސިއްރު ނިއުކްލިއާ ފެސިލިޓީއެއް ނުހުންނާނެ: އީރާން
ނިއުކްލިއާ ސައިޓްތައް ވަރުގަދަޔަށް ހަދާނަން: އީރާން
މެދުއިރުމަތީގެ ހަމަޖެހުމަށް ރާއްޖޭގެ އެހީތެރިކަން ލިބޭނެ
އިރާނުގެ ދައުލަތުގެ ޓީވީ އަށް އިޒްރޭލުން ހަމަލާ ދީފި
ހަމަލާދީފާނެތީ އީރާންގެ ނިއުކްލިއާ ފެސިލިޓީ ބަންދުކޮށްފި
ނޯވޭގެ ޓޭންކަރަކަށް ހޫތީންގެ މިސައިލް ހަމަލާއެއް
އިޒްރޭލަށް ދާ ކޮންމެ ބޯޓަކީ އަހަރެމެންގެ އަމާޒެއް
ގާޒާ ހަނގުރާމަ ފުޅާވެދާނެ، އީރާން ތައްޔާރު