ބޭރު ގައުމުތަކުން ސީދާ ހަނިމާދު އަށް އަންނަ މަތިންދާބޯޓުތަކަށް ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓަށް ޖެއްސޭ ވަރަށް، އިދިކޮޅު ކޯލިޝަންގެ ވެރިކަމެއްގައި އެ އެއާޕޯޓް ތަރައްގީ ކޮށްދެއްވާނެ ކަމަށް އިދިކޮޅު ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) މިއަދު ވިދާޅުވެއްޖެ އެވެ.
06 ސެޕްޓެމްބަރ 2018
ބޭރު ގައުމުތަކުން ސީދާ ހަނިމާދު އަށް އަންނަ މަތިންދާބޯޓުތަކަށް ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓަށް ޖެއްސޭ ވަރަށް، އިދިކޮޅު ކޯލިޝަންގެ ވެރިކަމެއްގައި އެ އެއާޕޯޓް ތަރައްގީ ކޮށްދެއްވާނެ ކަމަށް އިދިކޮޅު ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) މިއަދު ވިދާޅުވެއްޖެ އެވެ.
ހއ. އަތޮޅުގެ ރަށްތަކަށް ކުރައްވާ ކެމްޕެއިން ދަތުރުގައި މިއަދު ހަވީރު އިބޫ އާއި ކޯލިޝަންގެ ޓީމް ކެލަ އަށް ވަޑައިގަތުމުން ފުރަތަމަ މަރުހަބާ ދެންނެވީ ކޯލިޝަން ޕާޓީތަކުގެ ދިދަތަކުން ޒީނަތްތެރިކޮށްފައިވާ އެރަށު ބަޔަކު ޑިންގީތަކުގައި ގޮސް ކަނޑުމަތިންނެވެ.
އެއަށް ފަހު އިބޫ ރަށަށް ވަޑައިގަތުމުން އިބޫ އަށް ތާއީދުކޮށް ހަދާފައިވާ ފޯރިގަދަ ލަވައަކާ އެކު އެ ރަށުގެ އަންހެނުންގެ ދަނޑި ޖެހުމުގެ ނެށުމެއް ބޭއްވި އެވެ. ރަށު ތެރޭގައި ހުންނަ އެމްޑީޕީގެ ޖަގަހައާ ހަމަ އަށް އިބޫ ވަޑައިގަތީ ބޮޑުބެރާއި ދަނޑިޖެހުމުގެ ހަރަކާތްތަކުގެ ފަހަތުންނެވެ.
އިބޫއަށް ކެލާއިން މަރުހަބާ ދެއްނެވުން-- ފޮޓޯ: އެމްޑީޕީ
ގިނަ އަދަދެއްގެ ގެސްޓް ހައުސްތައް ހިންގާ ކެލާގެ ރައްޔިތުންނާ ބައްދަލު ކުރައްވައި އިބޫ ވިދާޅުވީ ހަނިމާދޫ އެއާޕޯޓުގެ ނަން އިންޓަނޭޝަނަލް އަށް ބަދަލުކުރި ނަމަވެސް، އެންމެ އެކަށޭނަ ހިދުމަތް އެ ތަނުން ނުލިބޭ ކަމަށެވެ. އޭނާގެ ވެރިކަމެއްގައި އެކަން ހައްލުކޮށްދެއްވައި ރާއްޖެ އިން ބޭރުން ސީދާ އަންނަ ފްލައިޓްތައް ޖެއްސޭ ފެންވަރުގެ އެއާޕޯޓަކަށް އެ ތަން ބަދަލުކުރައްވާނެ ކަމަށް ވިދާޅުވި އެވެ.
މިއަތޮޅުގެ ރަށްތަކުގައި ގެސްޓް ހައުސް ހިންގާ އިރު އެ ތަންތަނަށް ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ ފްލައިޓް ޓިކެޓަށް ކުރަން ޖެހޭ ހޭދަ ބޮޑުވުމުން ޓޫރިސްޓުން އަންނަ އަދަދު މަދުވުމެވެ. މި ސަރަހައްދުގެ ވިޔަފާރިވެރިންނާއި ގެސްޓް ހައުސްތައް ހިންގާ މީހުން ބުނާ ގޮތުގައި އެ ކަމަށް އޮތް ހައްލަކީ ހަނިމާދޫ އެއާޕޯޓުން ކޮލޮމްބޯ އަށް ދަތުރުތައް ފެށުމެވެ.
REPORT: Emme uthurah Lanka ge dhathuru muhimmu vefai!
The most trusted news source in the Maldives
Mihaaru
ހަނިމާދޫ އެއާޕޯޓް ތަރައްގީ ކުރަން އެދުން--
ހަނިމާދޫ އެއާޕޯޓް އިންޓަނޭޝަނަލް ކުރިތާ އަހަރުތަކެއް ވެފައިވާ އިރު ބައިނަލްއަގުވާމީ ދަތުރުގެ ގޮތުގައި އެ އެއާޕޯޓުން ކުރަމުން އަންނަނީ އިންޑިއާގެ ޓްރެވަންޑްރަމަށް ކުރާ ދަތުރު އެކަންޏެވެ. އެ އެއާޕޯޓު ތަރައްގީ ކުރާނެ ކަން އެކި ސަރުކާރުތަކުން އިއުލާން ކުރި ނަމަވެސް މިހާތަނަށް އަމަލީ މަސައްކަތެއް ނުފަށަ އެވެ.
ރީތި މޫދާއި ހިތްގައިމު ގޮނޑުދޮށެއް އޮންނަ މި ރަށަކީ ޓޫރިޒަމަށް ފައްކާވެފައިވާ ރަށެއް ކަމަށް އިބޫ ވިދާޅުވި އެވެ. އެ އިންޑަސްޓްރީ ކުރިއެރުވޭނެ ޖާގަ މި ރަށުގައި އޮތް އިރު އިދިކޮޅު ކޯލިޝަންގެ ވެރިކަމެއްގައި އެ ބާރުތައް ކައުންސިލަށް ދީ މާލީ އެހީތެރިކަން ސަރުކާރުން ފޯރުކޮށްދޭނެ ކަމަށް ވެސް އިބޫ ވިދާޅުވި އެވެ.
އިބޫއަށް ކެލާއިން މަރުހަބާ ދެއްނެވުން-- ފޮޓޯ: އެމްޑީޕީ
ޓޫރިޒަމްގެ އިތުރުން ދަނޑުވެރިކަން ވެސް ކުރާ މި ރަށުގައި މާރުކޭޓެއް ހަދައި ރަށުގެ މަގުތައް ޒަމާނީ ފެންވަރަކަށް ތަރައްގީކޮށްދެއްވާނެ ކަމަށް ވެސް އިބޫ ވިދާޅުވި އެވެ.
ކެލާގެ ގިނަ އަދަދެއްގެ ރައްޔިތުންނާއެކު ބޭއްވި ބައްދަލުވުމުގައި އިބޫ ވަނީ އޭނާގެ ސަރުކާރެއްގައި ބޯހިޔާވަހިކަން ފޯރުކޮށްދެއްވާނެ ގޮތުގެ ތަފްސީލު ދެއްވައިފަ އެވެ. އެ ގޮތުން އެސްއެމްއީ ބެންކެއް ހަދައި ގެދޮރު ހަދަން ލޯން ދޫކުރާނެ ކަމަށާއި އެ ލޯނުގެ އިންޓްރެސްޓް ރޭޓް ހަ ޕަސެންޓަށް ވުރެ އިތުރުނުވާނެ ކަމަށް ވިދާޅުވި އެވެ. އަދި އެ ލޯންތައް ދެއްކުމުގައި މަހަކު 5،000 ރުފިޔާ އަށް ވުރެ ބޮޑު އަދަދެއް ނުނަގާނެ ކަމަށް އިބޫ ވިދާޅުވި އެވެ.
އިބޫއަށް ކެލާއިން މަރުހަބާ ދެއްނެވުން-- ފޮޓޯ: އެމްޑީޕީ
އިބޫ މިއަދު މެންދުރު މިއަތޮޅު އުތީމަށް ވެސް ވަޑައިގަތެވެ. އެ ރަށު ރައްޔިތުންނާ ބައްދަލު ކުރައްވައި އިބޫ ވަނީ ރާއްޖޭގެ ތަރިކަ އާއި މިނިވަންކަން ދަމަހައްޓައި އިސްލާމް ދީން ފިޔަވައި އެހެން ދީނަކަށް ރާއްޖެ އިން ފުރުސަތު ނުދެއްވާނެ ކަމަށް ވިދާޅުވެފަ އެވެ.
ފޯޗްގީޒުންގެ އަޅުވެތި ކަމުން ރާއްޖެ ސަލާމަތް ކުރެއްވި އުތީމު ތިން ބެއިން އުޅުއްވި ގެކޮޅު، "އުތީމު ގަނޑުވަރަށް" އިބޫ މިއަދު ވަޑައިގެން އެ ތަން ބައްލަވައިލެއްވި އެވެ.
ކޯލިޝަންގެ ވެރިކަމެއްގައި އާސާރީ ތަންތަނާއި ސަގާފަތް ހިމާޔަތް ކުރެއްވުމަށް ހާއްސަ މިނިސްޓްރީއެއް އުފައްދަވައި އާސާރީ ތަރިކަ ރައްކާތެރި ކުރުމަށް ހާއްސަ ސަމާލުކަމެއް ދެއްވާނެ ކަމަށް ވެސް ވިދާޅުވި އެވެ.
"ދިވެހި ގައުމިއްޔަތު އަޅުގަނޑުމެން ހިމާޔަތް ކުރާނަން. ދިވެހި ރާއްޖޭން އަޅުގަނޑުމެން ބިން ނުވިއްކާނަން،" އިބޫ ވިދާޅުވި އެވެ.
މިއަދުގެ އެންމެ ފަހު ރަށަކަށް އިބޫ ވަޑައިގަތީ މިއަތޮޅުގެ އަތޮޅުވެރިކަން ކުރާ ދިއްދޫއަށެވެ. އިރުއޮއްސުނު ވަގުތު ކެލާއިން އިބޫ ދިއްދޫއަށް ވަޑައިގެންނެވިއިރު މަރުހަބާ ދެއްނެވުމަށް އެމްޑީޕީގެ ދިދަތަކުން ޒީނަތްތެރިކޮށްފައިވާ 10 ވަރަކަށް ދޯންޏާއި ޑިންގީތައް ރަށު ބޭރުގައި މަޑުކޮށްގެން އޮތެވެ. ދިއްދޫ ބަނދަރު ސަރަހައްދުގައި އިބޫއާ ސަލާމް ކުރެއްވުމަށް ދިގޫ ކިޔޫއެއް ހަދާފައި އޮތެވެ.
އިދިކޮޅު ކޯލިޝަންގެ އިސް ބޭފުޅުންނާއި އިބޫ ބައިވެރިވެ ވަޑައިގަންނަވާ ޖަލްސާއެއް މިރަށު ބަނދަރު ސަރަހައްދުގައި މިރޭ ބޭއްވުމަށް ވަނީ ނިންމާފަ އެވެ. ޖަލްސާގައި ބައިވެރިވުމަށް އަތޮޅުގެ ގިން ރަށްތަކަކުން މިރަށަށް މީހުން އަންނަމުން އެބަދެ އެވެ.
ތަރައްގީގައި ސިޔާސީ ފިކުރެއް ނެތް މަންޒަރެއް
ރައީސް އަންނަ ހަފުތާގައި އުތުރުގެ 4 ރަށަކަށް
100 ވަނަ ރަށުން އިބޫއަށް ޕެރޭޑެއް!
އޭދަފުށީ ސަލީމާއި ހުސައިން މަނިކު ހުންނެވީ އިދިކޮޅާއެކު
އަޚުލާގު ރަނގަޅު ދީންވެރި ކެންޑިޑޭޓަކީ އިބޫ: އަނާރާ
ޓީޗަރުންގެ މުސާރަ ބޮޑު ކުރާނަން: އިބޫ
އިބޫގެ މައްޗަށް ތަހުގީގެއް ހިންގަން އުޅެނީ ބިރުދައްކަން
ކުރިމަތިން ފެންނަނީ ނާމާން، ބަނަ ދުވަސްތަކެއް: އިބޫ
ފާޑުކިޔުން ކުށަކަށް ހެދުމަކީ ކަންބޮޑުވާކަމެއް: އިބޫ
ފައްޔާޒު އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވަނީ