ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، އަންނަ ހަފުތާގައި އުތުރުގެ ހަތަރު ރަށަކަށް ދަތުރުފުޅެއް ކުރެއްވުމަށް ހަމަޖެހިފައިވާ ކަމަށް ރައީސް އޮފީހުން މިއަދު ބުނެފި އެވެ.
22 ސެޕްޓެމްބަރ 2022
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، އަންނަ ހަފުތާގައި އުތުރުގެ ހަތަރު ރަށަކަށް ދަތުރުފުޅެއް ކުރެއްވުމަށް ހަމަޖެހިފައިވާ ކަމަށް ރައީސް އޮފީހުން މިއަދު ބުނެފި އެވެ.
އެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ތަރުޖަމާނު މިއުވާން މުހައްމަދު ވިދާޅުވީ އެ ދަތުރުފުޅުގައި ރައީސް ވަޑައިގަންނަވާނީ ހއ. އުތީމު، ހއ. ދިއްދޫ، ހދ. ފިނޭ އަދި ހދ. ނައިވާދު އަށް ކަމަށެވެ.
އެ ދަތުރުފުޅަށް ރައީސް ފުރާވަޑައިގަންނަވާނީ އަންނަ ހޯމަ ދުވަހު އެވެ. އެ މަނިކުފާނު އެނބުރި މާލެ ވަޑައިގަންނަވާނީ އަންނަ ބުދަ ދުވަހު އެވެ.
އެ ރަށްރަށުގެ ކައުންސިލުތަކާއި އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީތަކާ ރައީސް ބައްދަލުކުރައްވާ ގޮތަށް ހަމަޖެހިފައިވާ ކަމަށާއި ރަށްރަށުގެ އާންމު ހާލަތާއި ރައްޔިތުންގެ ހާލު ބެއްލެވުމަށް ރައްޔިތުންނާ ވެސް ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވި އެވެ.
"މި ދަތުރުފުޅުގައި، މި ރަށްރަށުގައި ސަރުކާރުން ކުރިއަށް ގެންދާ ބައެއް މަޝްރުއޫތަކުގެ މަސައްކަތް ރައީސް ބައްލަވާލައްވާނެ. މިހާރު އުތުރުގައި ފަށާފައިވާ ކާމިޔާބު މަޝްރޫއުތަކާއި އާރުޓީއެލްގެ ދަތުރުތައް ކުރިއަށް ދާ ގޮތާއި ބައެއް ރަށްރަށުގެ ފެނާއި ނަރުދަމާގެ ނިޒާމުތަކުގެ މަސައްކަތް ކުރިއަށް ދާ ގޮތް ވެސް ބައްލަވާލައްވާނެ،" މިއުވާން ވިދާޅުވި އެވެ.
ރައީސްގެ އެ ދަތުރުފުޅުގައި، އަންނަ އަންގާރަ ދުވަހުގެ ރޭ، ހއ. އުތީމުގައި ބާއްވާ މި އަހަރުގެ ގައުމީ ދުވަހުގެ ރަސްމީ ޖަލްސާގައި ވެސް ބައިވެރިވެވަޑައިގަންނަވާނެ އެވެ. ގައުމީ ދުވަހުގެ ރަސްމީ ޖަލްސާ އެ ރަށުގައި ބާއްވާތީ، މި އަހަރުގެ ގައުމީ އިނާމު ދިނުމަށް ހާއްސަ ރަސްމިއްޔާތެއް އަންނަ މަހު 20 ގައި މާލޭގައި ބާއްވަން ވަނީ ނިންމައިފަ އެވެ.
ރައީސްގެ އެޑްވައިޒަރު ޝިހާބު އިސްތިއުފާދެއްވައިފި
ރައީސް ނުރަސްމީ ދަތުރުފުޅެއްގައި ސިންގަޕޫރަށް
ބޮމުގެ ހަމަލާއާ ރައީސާ ގުޅުވާ ނަމަ ފިޔަވަޅު އަޅަނީ
ސިޔާސަތާ ދެކޮޅަށް މަސައްކަތްކުރާ ނަމަ މަގާމު އަތުލާނެ
އަމްރު މަގާމުން ވަކިކުރަން ޕީސީބީއަށް ފޮނުވައިފި
"ރަޝީދުގެ މަރުގެ މައްސަލަ ރައީސް ގާތުން އެބަ ބަލާ"
އުތުރުގެ ބޮޑުބަދަލު ބައްލަވާލައްވަން ރައީސް ވަޑައިގެންފި
ޔާމީން ރާއްޖެއިން ބޭރަށް 30 ދަތުރުފުޅު ކުރެއްވި
ގައުމީ އިނާމު ދިނުން އަންނަ މަހަށް ފަސްކޮށްފި
ބޭރުގެ ފްލައިޓްތަކަށް ހަނިމާދޫ ތަރައްގީ ކޮށްދޭނަން