މި މަހުގެ 23 ގައި އޮންނަ ރިޔާސީ އިންތިޚާބުގައި ވާދަ ކުރެއްވުމުގެ ފުރުސަތު ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ޖުމްހޫރީ ޕާޓީގެ ކުރީގެ ލީޑަރު ގާސިމް އިބްރާހީމަށް ނުދެއްވީ އެމަނިކުފާނު ކަމަށް ރައީސް އަބްދުﷲ ޔާމީން މިރޭ ވިދާޅުވެއްޖެ އެވެ.
08 ސެޕްޓެމްބަރ 2018
މި މަހުގެ 23 ގައި އޮންނަ ރިޔާސީ އިންތިޚާބުގައި ވާދަ ކުރެއްވުމުގެ ފުރުސަތު ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ޖުމްހޫރީ ޕާޓީގެ ކުރީގެ ލީޑަރު ގާސިމް އިބްރާހީމަށް ނުދެއްވީ އެމަނިކުފާނު ކަމަށް ރައީސް އަބްދުﷲ ޔާމީން މިރޭ ވިދާޅުވެއްޖެ އެވެ.
މި ވެރިކަމުގެ ފަސް އަހަރުގެ ތެރޭގައި ރައްޔިތުންނަށް ގެނެސްދިން ތަރައްގީގެ މަޝްރޫއުތަކުގެ ކާމިޔާބީ ފާހަގަކުރަން އަލިމަސްކާނިވަލުގައި ބޭއްވި ޖަލްސާގައި ރައީސް ޔާމީން ވިދާޅުވީ އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) އާއި ފައިސަލް ނަސީމަށް ރިޔާސީ ޓިކެޓް ލިބިވަޑައިގަތީ، ނަޝީދާއި ގާސިމަށް އިންތިޚާބުން ޖާގަ ނުދެއްވުމުން ކަމަށެވެ. އެކަން، ރައީސް ޔާމީން ސިފަކުރެއްވީ، އިބޫ އާއި ފައިސަލް އަށް އެމަނިކުފާނު ކޮށްދެއްވި "ވަރަށް ބޮޑު ހެޔޮކަމެއް"ގެ ގޮތުގަ އެވެ.
ނަޝީދާއި ގާސިމަށް އިންތިޚާބުގައި ވާދަ ނުކުރެއްވުނީ މި ސަރުކާރުގައި އެ ދެ ބޭފުޅުންނަށް އިއްވާފައިވާ ހުކުމްތަކާ ހެދި އެވެ. ކްރިމިނަލް ކޯޓުގެ ކުރީގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ބަންދުކުރި މައްސަލައިގައި، 13 އަހަރުގެ ޖަލު ހުކުމެއް ނަޝީދަށް އިއްވިއިރު، ގާސިމަށް ތިން އަހަރުގެ ހުކުމެއް އިއްވީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންތަކަކަށް ރިޝްވަތު ދެއްވި ކަމަށް އުފުލި ދައުވާގަ އެވެ. ސިޔާސީ ހިމާޔަތް ހޯއްދަވައިގެން ރާއްޖެ އިން ބޭރުގައި މިހާރު ދިރިއުޅުއްވާ ދެ ބޭފުޅުންނަށް ވެސް އިންތިޚާބުން ފުރުސަތު ގެއްލުވާލީ ކަމަށް އެއްބަސްވެވަޑައިގަތްއިރު، ނަޝީދާއި ގާސިމް ތަކުރާރުކޮށް ވަނީ ރައީސް ޔާމީނަށް އެ ތުހުމަތު ކުރައްވައިފަ އެވެ.
ނަޝީދާއި ގާސިމް ވެސް ވިދާޅުވަމުން ގެންދަވަނީ، ނުހައްގުން ދައުވާ އުފުލައި، ހުކުމް އިއްވާފައި ވަނީ ވެސް ބޭއިންސާފުން ކަމަށެވެ.
ރައީސް ނަޝީދަށް ޖާގަ ނުދިނީ އަޅުގަނޑު. ގާސިމް އިބްރާހީމަށް ޖާގަ ނުދިނީ އަޅުގަނޑު. އެ ދެ ބޭފުޅުން [އިބޫ އާއި ފައިސަލް އަށް] ޓިކެޓް ލިބިގެން އުޅެނީ އެހެންވެގެން. --ރައީސް ޔާމީން
ސެޕްޓެމްބަރު 7، 2018- ރައީސް ޔާމީން ހިންގެވި ތަރައްގީގެ މަޝްރޫއުތަކުގެ ކާމިޔާބީ ފާހަގަކުރަން، "ބްރިޖު ސަޅި" ނަމުގައި އަލިމަސްކާނިވަލުގައި ކުރިއަށްދިޔަ ޖަލްސާގެ ތެރެއިން---ފޮޓޯ: އަހުމަދު ނިޝާތު/މިހާރު
ރައީސް ޔާމީން ވިދާޅުވި ގޮތުގައި، ޓިކެޓު ލިބިވަޑައިގަތް ގޮތުގެ ވާހަކަ އިބޫ އާއި ފައިސަލް ނުދައްކަވައި އެމަނިކުފާނަށް ޝުކުރު އަދާކުރައްވަ އެވެ.
"އިބޫ ކީއްވެގެންތޯ އަޅުގަނޑަށް ޝުކުރު އަދާކުރަނީ. އެއީ، ރައީސް ނަޝީދަށް ޖާގަ ނުދިނީ އަޅުގަނޑު. ގާސިމް އިބްރާހީމަށް ޖާގަ ނުދިނީ އަޅުގަނޑު. އެ ދެ ބޭފުޅުން [އިބޫ އާއި ފައިސަލް އަށް] ޓިކެޓް ލިބިގެން އުޅެނީ އެހެންވެގެން. އެހެންވެގެން އެ ބޭފުޅުން އަޅުގަނޑަށް ޝުކުރިއްޔާއޭ ވިދާޅުވަނީ،" ރައީސް ޔާމީން ވިދާޅުވި އެވެ.
ރައީސް ޔާމީން ވިދާޅުވި ގޮތުގައި ރިޔާސީ ކެންޑިޑޭޓެއްގެ ގޮތުގައި އިބޫގެ ނަން އައީ، ބާލިދީ އާއި އުވަގަށާ މެޝިނުގައި ވޯޓު ކަރުދާސް ގުނުމަށް ފަހު އެވެ. ފައިސަލް ރަނިން މޭޓަކަށް ހަމަޖެއްސީ، ގާސިމްގެ ނުރުހުމުގައި ކަމަށް ވިދާޅުވި އެވެ.
އިބޫ އާއި ފައިސަލް އެކުގައި: --ފޮޓޯ/މިހާރު
ފައިސަލް އަށް ތާއީދު ނުކުރައްވާ ކަމަށް ގާސިމް ވިދާޅުވި ކަމަށާއި ފުރުސަތު ލިބިވަޑައިގަތް ނަމަ ރައީސާއި ނައިބު ރައީސް ކަމަށް ކުރިމަތިލައްވަން ވެސް ގާސިމް ބޭނުންވާނެ ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ.
"އެއީ، ހަގީގަތް ދެއްތޯ؟ އަޅުގަނޑު ވެސް ދެފައި ތުރުތުރު އަޅާފައި އެ ކުށްވެރިން ދޫކޮށްލި ނަމަ މިއިން މީހަކަށް ދޮންކަޅު ވެސް ނުފެންނާނެ. ޓިކެޓު ކީއްކުރަންތޯ ކަރުދާސްކޮޅެއް ވެސް ނުފެންނާނެ،" ރައީސް ޔާމީން ވިދާޅުވި އެވެ.
މިވަގުތަކީ، ރައީސް ޔާމީން ވިދާޅުވި ގޮތުގައި، އިބޫ އާއި ފައިސަލްގެ ލޯބި އެމަނިކުފާނަށް އިންތިހާއަށް ބޮޑުވެފައި އޮތް ވަގުތެކެވެ. އެހެންވިޔަސް "ދޭއް އަންނާނީ އެކަކަށް ފަހު" ކަމަށް ވިދާޅުވި އެވެ.
ރައީސް ޔާމީނަށް ކެންޑިޑޭޓު ނަމްބަރު އެކެއް ލިބިވަޑައިގަތްއިރު، ކެންޑިޑޭޓު ނަމްބަރު ދޭއް ލިބިވަޑައިގަތީ އިބޫ އާއި ފައިސަލް އަށެވެ.
ރައީސް ޔާމީން، މިރޭގެ ޖަލްސާގައި ގާތްގަނޑަކަށް 45 މިނެޓް ވާހަކަ ދެއްކެވިއިރު، މުޅިން ވެސް ފާޑުވިދާޅުވީ ނަޝީދަށެވެ. މި ވެރިކަމުގެ ފަސް އަހަރާއި ނަޝީދުގެ ތިން އަހަރުގެ ވެރިކަން އަޅާކިޔުއްވަމުން ވިދާޅުވީ "ކޮންކްރީޓް ތަރައްގީ މާ ސަޅި" ކަމަށެވެ. އެ ތަރައްގީ ރައްޔިތުން ބަލައިގަނެފައިވާ ކަމަށް ވެސް ވިދާޅުވަމުން ވިދާޅުވީ "ސަޅި ނޫނީ، ނަޝީދުގެ ވިސްނުންފުޅު" ކަމަށެވެ.
ރައްޔިތު މީހާ އަށް ފައިދާއެއް ނުލިބި، ރައީސް ޔާމީން ގެނެސްދެއްވަނީ ކޮންކްރީޓް ތަރައްގީ ކަމަށް ވިދާޅުވެ އެންމެ ބޮޑަށް ފާޑުވިދާޅުވާ އެއް ބޭފުޅަކީ ނަޝީދެވެ.
އިބޫ އެއްވެސް ރައްޔިތަކަށް އަނިޔާވެރި ނުވާނެ: ރިޔާޒް
ނަތީޖާ ބަދަލުކުރަން އުޅުމަކީ މޮޔަ ވިސްނުމެއް: ގާސިމް
ކާމިޔާބު ފޯމިއުލާއަކީ ކޯލިޝަން: ޖަމީލް
ރައީސް ޔާމީން ހޮވާނީ ސަރުކާރު ވަސީލަތް ބޭނުންކޮށްގެން
ބައި އިލެކްޝަނުން ދެއްކީ 2023 ގެ "މަގުޗާޓް"؟
މައުމޫނަށް ދިމާވި ހާލަތަކީ ރައީސާއި ނަޝީދަށް އިބުރަތެއް
ނިޒާމީ ވޯޓުގައި އިދިކޮޅުގެ ސްޓޭންޑް ނޭނގި ހިމޭނުން!
ރައީސް ވެރިކަމުން ދުރުކުރަން އުޅެނީ ނަޝީދު: ޕީޕީއެމް
އިބޫ ހުވާ ކުރައްވާނެ ދުވަހެއް ކަނޑައަޅަން ކޮމިޓީއަށް
ރައްޔިތުންގެ ނިންމުމާ ކުޅެން ނޫޅުއްވާ!