12 ސެޕްޓެމްބަރ 2018
ސާފް ސުޒުކީ ކަޕްގެ ފައިނަލުން ފުރަތަމަ ފަހަރަށް ފުރުސަތު ހޯދުމަށް ނޭޕާލުން މިއަދު ރާއްޖެއާ ދެކޮޅަށް ނުކުންނައިރު ވަރަށް ބޮޑަށް ބަރޯސާވާން ޖެހޭ ދެ ކުޅުންތެރިން އެބަތިއްބެވެ. އެއީ ރާއްޖޭގެ ޓީސީ ސްޕޯޓްސް ކްލަބަށް ކުޅޭ ގޯލްކީޕަރު ކިރަން ޝެމްޝޮން އާއި ފޯވާޑް ނަވާޔުގް ޝްރެސްތާ އެވެ.
ސާފް ސުޒުކީ ކަޕްގެ ފައިނަލުން ފުރަތަމަ ފަހަރަށް ފުރުސަތު ހޯދުމަށް ނޭޕާލުން މިއަދު ރާއްޖެއާ ދެކޮޅަށް ނުކުންނައިރު ވަރަށް ބޮޑަށް ބަރޯސާވާން ޖެހޭ ދެ ކުޅުންތެރިން އެބަތިއްބެވެ. އެއީ ރާއްޖޭގެ ޓީސީ ސްޕޯޓްސް ކްލަބަށް ކުޅޭ ގޯލްކީޕަރު ކިރަން ޝެމްޝޮން އާއި ފޯވާޑް ނަވާޔުގް ޝްރެސްތާ އެވެ.
މިދިޔަ އަހަރު ޓީސީ އަށް ގެނައި ކިރަން ވަނީ އެ ޓީމަށް މޮޅު ކުޅުމެއް ދައްކައިފަ އެވެ. އަދި މި އަހަރު ޓީސީން ވަނީ ޖޫން ޓްރާންސްފާގައި އަލުން ކިރަން އެ ޓީމަަށް ގެެނެސްފަ އެވެ. ރާއްޖޭ ލީގުގައި އީގަލްސް އަށް ކުޅޭ ސްރީލަންކާގެ ކީޕަރު ސުޖަން ޕެރޭރާގެ ބޭނުން ހިފައި، އެ ޓީމުން ވަނީ ގްރޫޕް ސްޓޭޖުގައި ރާއްޖެ ހުއްޓުވައިފަ އެވެ. ސެމީ ފައިނަލުގައި ރާއްޖެއާ ދެކޮޅަށް ނުކުންނައިރު ކިރަން ޓީމުގައި ހުރުމަކީ ހިތްވަރެއްތޯ ނޭޕާލް ކޯޗު ބާލް ގޯޕާލް މަހާރަޖަންއާ ސުވާލުކުރުމުން އޭނާ ސީދާ ޖަވާބެއް ދޭން ބޭނުމެއްނުވި އެވެ.
"ޓީމުގައި އެބަތިބި އަހަރެެމެންނަށް ބަރޯސާވެވޭނެ ކުޅުންތެރިން. އޭގެ ތެރޭގައި ތިބި ކުޅުންތެރިންގެ ނަމެއް ހާމަކުރުމެއް ނޫން މުހިއްމީ. މުހިއްމީ މުޅި ޓީމު އެކުވެގެން އެ ކުޅުންތެރިންނާ އެކު މަސައްކަތްކުރުން. މި ޓީމުގައި އެބަތިބި އެހެން ލީގުތަކުގައި ވެސް ކުޅޭ ކުޅުންތެރިން،" ބާލް ގޯޕާލް ބުންޏެވެ.
ގްރޫޕް ސްޓޭޖުގައި ފުރަތަަމަ މެޗުން ޕާކިސްތާން އަތުން ފަހު ވަގުތު ބަލިވި ނަމަވެސް ދެން ކުޅުނު ދެ މެޗުގައި ނޭޕާލް ވަނީ ބޫޓާނާއި މުބާރާތް ބާއްވާ ބަންގްލަދޭޝް ބަލިކޮށްފަ އެވެ. ޖުމްލަކޮށް ގްރޫޕް ސްޓޭޖުގެ ތިން މެޗުގައި ވެސް ކިރަން ވަނީ މޮޅު ކުޅުމެއް ދައްކައިފަ އެވެ.
ބަންގުބަންދު ގޯލްޑް ކަޕްގައި ރާއްޖޭގެ ސަމުއްޓެ (ކ) ކައިރިން ނަވާޔުގް ޝްރެސްތާ ބޯޅަ ހިފައިގެންދަނީ. -- ފޮޓޯ: އިމޭޖަސް.އެމްވީ
ނޭޕާލުން ވަނީ އެންމެ ފަހުން ކުޅުނު ދެ ސެމީ ފައިނަލުން ރާއްޖެ އަތުން މޮޅުވެފަ އެވެ. ފުރަތަމަ މޮޅުވީ 2016 ވަނަ އަހަރު ބަންގްލަދޭޝްގައި އޮތް ބަންގުބަންދު ގޯލްޑް ކަޕްގެ ސެމީ ފައިނަލުން 4-1 އިންނެވެ. އަދި އެ އަހަރުގެ ސައުތު އޭޝިއަން ގޭމްސްގައި ރާއްޖޭގެ ޒުވާން ޓީމު އަތުން ފަހު ވަގުތު ނޭޕާލް މޮޅުވީ 4-3 އިންނެވެ. މި ދެ މެޗު ވެސް ނޭޕާލްގެ ނަވާޔުގް ޝްރެސްތާ އަށް ހާއްސަ އެވެ. އެއީ އެ ދެ މެޗުގައި ވެސް އޭނާ ރާއްޖެ ކޮޅަށް ހެޓްރިކް ހަދާފައިވުމުންނެވެ.
މި ފަހަރުގެ މުބާރާތުގައި ނަވާޔުގް ޝްރެސްތާ ޖެހި ހަމައެކަނި ލަނޑަކީ ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި ބަންގްލަދޭޝް ކޮޅަށް ފަހު ވަގުތު ޖެހި ގޯލެވެ. އެ މެޗުގެ މޮޅު ކުޅުންތެރިއަކީ ވެސް އޭނާ އެވެ. މެޗަށް ފަހު އޭނާ ވަނީ ކުރިއަށް އޮތް މެޗުތަކުގައި އޭނާގެ މޮޅު ކުޅުން ފެންނާނެ ކަމަށް ބުނެފަ އެވެ.
ނޭޕާލުން އެންމެ ފަހުން ނެރުނު ފުރަތަމަ އެގާރައިގައި ނަވާޔުގް ޝްރެސްތާ އަށް ޖާގައެއް ނެތެވެ. އެކަމަކު ސެމީ ފައިނަލުގައި ޓީމަށް ބަދަލުތަކެއް ގެންނާނެ ކަމަށް އެ ޓީމުން ބުނެ އެވެ. އޭގެ ތެރެއިން އެއް ބަދަލަކީ ނަވާޔުގް ޝްރެސްތާ އަލުން ފުރަތަމަ އެގާރައިގައި ހިމެނުން ކަމަށް ވުމުގެ ފުރުސަތު ބޮޑެވެ.
ނޭޕާލާއި ރާއްޖެ ކުޅޭ ސެމީ ފައިނަލް މެޗު ފަށާނީ ރާއްޖެ ގަޑިން 3 ޖަހާއިރު އެވެ.
ނޭޕަލަށް މި ގެއްލުނީ ރަނުގެ ފުރުސަތެއް: ކޯޗު
ފައިނަލަށް ގޮސް ރާއްޖޭން މާޔޫސްކަން ފިލުވާލައިފި
ކެޓުމުގެ ޒިންމާ ނަގާނީ މުޅި ޓީމު: ބަންގްލަދޭޝް ކޯޗު
ބަންގްލަދޭޝް ކަޓުވާލައި ނޭޕާލް ސެމީ އަށް
ނޭޕާލަށް ކޮންމެ ޓީމެއް ވެސް ބަލިކުރެވޭނެ: ކޯޗު
ހައްގު މޮޅަކާ އެކު ދިރުން ލިބިއްޖެ: ނޭޕާލް ކޯޗު
ފަސް އަހަރަށް ފަހު ނޭޕާލަށް ސާފްގައި މޮޅެއް
ނޭޕާލަށް ހުރިހާ ދޮރެއް އަދި ބަންދެއް ނުވޭ: ކޯޗު
ކުރި އިންތިޒާރަށް ލިބުނީ އުފާވެރި އާ ފެށުމެއް: ކޯޗު
ފަހު ވަގުތު ޕާކިސްތާނުން ނޭޕާލް ބަލިކޮށްފި